Roadha Mihaaru
ދެ މާރާމާރީއެއްގައި ދެ މީހުން ޒަހަމްކޮށްލައިފި

މާލޭގައި އިއްޔެ ދެ މާރާމާރީއެއް ހިންގައި ދެ މީހުން ޒަހަމްކޮށްލައިފި

12 ޖެނުއަރީ 2017

މާލޭގައި އިއްޔެ ދެ މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމް ކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި އިއްޔެ ދެ މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުރަތަމަ މާރާމާރީ ހިންގި ކަން ރިޕޯޓުކޮށްފައިވަނީ ހަވީރު 3:50 ހާއިރު ކަމަށެވެ. ޖަނަވަރީ މަގުގައި ހިންގި އެ މާރާމާރީގައި ޒަހަމްވީ 29 އަހަރުގެ މީހަކެވެ. އޭނާ އަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ދެ ވަނަ މާރާމާރީ ހިންގާފައިވަނީ ވެސްޓަން ޔޫނިއަން ހުންނަ ގޯޅި ތެރޭގައި ރޭ 7:00 ހާއިރެވެ. އެ މާރާމާރީގައި ޒަހަމްވީ 22 އަހަރުގެ މީހެއް ކަމަށާއި އޭނާ އަށް ވެސް އޭޑީކޭގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މި ދެ މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ފޯނު ނުނަންގަވާތީ އެ ދެ މީހުންގެ ހާލު އަދި ސާފެއް ނުވެ އެވެ.