Roadha Mihaaru
ޒަމީރު، ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ޒަމީރު، ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

12 މެއި 2024

ގަތަރުގެ ބޮޑުވަޒީރު އަދި އެ ގައުމުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީއާ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ބައްދަލުކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގަތަރުގެ ބޮޑުވަޒީރު އަދި އެ ގައުމުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީއާ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރާއްޖެ އާއި ގަތަރުގެ ގުޅުމާ ގުޅޭ ގޮތުން ވާހަކަދައްކަވައިފަ އެވެ. އަދި އެ ބައްދަލުވުމުގައި ރާއްޖެއާއި ގަތަރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން ގަތަރަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުގައި ޒަމީރު ވަނީ އެ ގައުމުގެ ބޮޒުވަޒީރާ އެކު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖޭގެ އިގްތިސޯދަށް ގަތަރުން ފޯރުކޮށްދޭ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

ދުނިޔޭގެ ކަންބޮޑުވުން ހުރި ކަންކަމާ ގުޅޭ ފޯރަމްތަކުގައި މަޝްވަރާ ކޮށްގެން ކަންކަަން ހައްލު ކުރެއްވުމާ މެދު ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައި ވާއިރު، ފަލަސްތީނުގެ ގައްޒާ އަށް ގަތަރުން ދޭ އެއްބާރުލުމާއި އެހީތެރިކަމުގެ އަގު ޒަމީރު ވަޒަން ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.