Roadha Mihaaru
ގުރައިދޫ ޕިކްނިކް އައިލެންޑް މާޗުގައި ހުޅުވަނީ

ގުރައިދޫ ކައިރީގައި ހަދާ ޕިކްނިކް އައިލެންޑް މާޗުގައި ހުޅުވަނީ

08 ޑިސެމްބަރ 2022

ކ. ގުރައިދޫގެ ފަޅު ހިއްކައިގެން ހަދާފައިވާ ޕިކްނިކް އައިލެންޑް އަންނަ އަހަރުގެ މާޗު މަހު ހުޅުވާނެ ކަމަށް އެ ރަށުގެ ކައުންސިލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. ގުރައިދޫގެ ފަޅު ހިއްކައިގެން ހަދާފައިވާ ޕިކްނިކް އައިލެންޑް އަންނަ އަހަރުގެ މާޗު މަހު ހުޅުވާނެ ކަމަށް އެ ރަށުގެ ކައުންސިލުން މިއަދު ބުނެފި އެވެ.

ކައުންސިލުގެ ރައީސް ހުސެއިން ޔާމީން މުހައްމަދު "މިހާރު" އަށް ވިދާޅުވީ މިހާރު ކުރިއަށް ގެންދަނީ ޕިކްނިކް އައިލެންޑްގެ ޑިޒައިންގެ ކަންކަން ކަމަށެވެ. ޑިޒައިން ނިންމައި، އެ ރަށަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕިކްނިކް އައިލެންޑަކަށް ބޭނުންވާ ހުރިހާ އާންމު ވަސީލަތަކެއް މިތަނުގައި ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ކައުންސިލުގެ ބަޖެޓުން ތަރައްގީ ކުރަން ނިންމާފައިވާ އެ ޕިކްނިކް އައިލެންޑުގައި ހަޓުތައް ބަހައްޓައި ދަތުރު ގޮސް އުޅޭ މީހުންނަށް ކައްކައި ކެވޭނެ އިންތިޒާމާއި ކަރަންޓާއި ފެނުގެ ހިދުމަތް ވެސް ލިބޭނެ ގޮތް ހަދާނެ އެވެ.

ގުރައިދޫގެ ޕިކްނިކް އައިލެންޑަކީ އެމްޓީސީސީން މިދިޔަ އަހަރު ގުރައިދޫގެ ބިން ހިއްކިއިރުގައި، އެ ރަށުގެ ފަޅުތެރޭގައި ހިއްކައިދިން 1.7 ހެކްޓަރުގެ ރަށެކެވެ. އެ ރަށް ހިއްކައި، ބޮޑުހިލައިގެ ރިވެޓްމަންޓާއި ގްރޮއިން ޖެހުމަށް ދައުލަތުގެ ބަޖެޓުން 13.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ.