Roadha Mihaaru
މަސްވެރިންގެ މައްސަލަތައް ފެށޭ އަހަރު ހައްލުވާނެ:ރައީސް

މަސްވެރިންގެ ބޮޑެތި މައްސަލަތައް އަންނަ އަހަރުގެ މެދަކާ ހިސާބުގައި ހައްލުވާނެ: ރައީސް

11 ޑިސެމްބަރ 2022

މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް ކުރިއަށް އޮތް އަހަރުގެ މެދަކާ ހިސާބުގައި ހައްލުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް ކުރިއަށް އޮތް އަހަރުގެ މެދަކާ ހިސާބުގައި ހައްލުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާ އަށް ވަޑައިގެން އެ ސަރަހައްދުގެ މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މަސްވެރިން ވަނީ ބާނާ މަސްތައް ކިރުމުގައި ހުރި ދަތިތަކާއި މަސްވެރިން ކިރުވާ މަހަށް ފައިސާ ލިބުން ލަސްވުމާއި އައިސް ލިބުމުގެ ދަތިތަކާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކުގެ ވާހަކަ ރައީސާ ހިއްސާކޮށްފަ އެވެ.

މަސްވެރިންގެ ފަރާތުން ހިއްސާކުރި އަނެއް ކަންބޮޑުވުމަކީ މަސް އުޅަނދުފަހަރުގައި ސެޓްލައިޓް ފޯނު ބޭނުންކުރުމުގައި ހުރި ދަތިތަކާއި ބޭންކް ލިމިޓްގެ ސަބަބުން މަސްވެރިންގެ މެދުގައި ފައިސާ ބެހުމުގައި ހުރި ދަތިތަކެކެވެ.

އެ ކަންކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ މަސްވެރި އުޅަނދުފަހަރު ތަރައްގީ ވަމުން އައި ވަރަށް ސަރުކާރުތަކުން ތައްޔާރުވެފައި ނެތުމުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެއް ކަމަށެވެ. ރައީސް ވަނީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި މަސްވެރިންގެ މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނެތް ކަމަށް ވިދާޅުވެފަ އެވެ.

އެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ބޮޑެތި މައްސަލަތައް އަންނަ އަހަރުގެ މެދަކާ ހަމައަށް ދާއިރު ހައްލު ވާނެ ކަމަށެވެ. މިހާރު ވެސް މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި މަސް ކުންފުނިތަކުގެ ކެޕޭސިޓީ އިތުރުކުރުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި ފާހަގަކުރަމުން އަންނައިރު މަސްވެރިކަމުގެ ސިނާއާތުގައި ހުވަދު އަތޮޅަކީ މުހިއްމު ސަރަހައްދެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ފަރެސްމާތޮޑާގައި މަސްވެރިންގެ ފޯރަމަކާއި ސްކޫލު ކުދިންނާއި ޒުވާނުންނަށް އަމާޒު ކޮށްގެން ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.