12 ޑިސެމްބަރ 2022
އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި، އަފްޣާނިސްތާނު ސަރުކާރުގެ ހަނގުރާމަވެރިން އިއްޔެ ދިން ހަމަލާތަކެއްގެ ސަބަބުން، ޕާކިސްތާނުގެ އާންމުންގެ ހަ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.
އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި، އަފްޣާނިސްތާނު ސަރުކާރުގެ ހަނގުރާމަވެރިން އިއްޔެ ދިން ހަމަލާތަކެއްގެ ސަބަބުން، ޕާކިސްތާނުގެ އާންމުންގެ ހަ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދެ ފަރާތުގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހި އަދި އެއްވެސް ޒުވާބެއް ހިނގުމަކާ ނުލައި، އަފްޣާނިސްތާނު ސަރުކާރުގެ ހަނގުރާމަވެރިން ޕާކިސްތާނުގެ ތެރެއަށް ބޮޑުބަޑި އާއި ބަރު ހަތިޔާރުން ހަމަލާ ދޭން ފެށީ އެވެ. ޗަމަން ބޯޑަރު ކައިރީގައި އަފްޣާނު ސަރުކާރުގެ ހަނގުރާމަވެރިން ދިން ހަމަލާތަކަށް ޕާކިސްތާނުން ރައްދުގައި ހަމަލާ ދޭން ފެށި އިރު، ޕާކިސްތާނުގެ އާންމުންގެ ހަ މީހަކު މަރުވެއްޖެ އެވެ.
ޕާކިސްތާނުން ރައްދުގައި ދިން ހަމަލާތަކުގެ ސަބަބުން، އަފްޣާނިސްތާނު ސަރުކާރުގެ ހަނގުރާމަވެރިންގެ ތެރެއިން އެކަކު މަރުވި އެވެ. އަދި އަފްޣާނު ހަނގުރާމަވެރިންގެ ހަތް މީހަކާއި އާންމުންގެ ތިން މީހަކު ޒަޚަމްވި އެވެ. އަފްޣާނިސްތާނުން ދިން ހަމަލާތަކުގައި ޕާކިސްތާނުގެ ބަލުޗިސްތާނުން 17 މީހަކު ޒަޚަމްވި އެވެ.
އަފްޣާނިސްތާނުން ބުނި ގޮތުގައި ދެ ފަރާތުގެ މެދުގައި ކުރިމަތިލުން ހިނގަން މެދުވެރިވީ ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އަފްޣާނިސްތާނުން ޗެކް ޕޮއިންޓެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމުން، އެކަން ހުއްޓައިލުމަށް ޕާކިސްތާނު ސިފައިން އެންގުމުންނެވެ.
ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ޗަމަން ބޯޑަރު ވެސް، މި ހަމަލާތަކާ ގުޅިގެން އިއްޔެ އެތައް ގަޑިއެއް ވަންދެން ޕާކިސްތާނުން ބަންދުކުރި އެވެ. ނަމަވެސް މަސްރަހު ފިނިކުރުމުގެ ގޮތުން ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު، ބޯޑަރު މިހާރު ވަނީ ހުޅުވާފައި ކަމަށް ޕާކިސްތާނު ސަރުކާރުން ބުނެ އެވެ.
އަފްޣާނިސްތާނުގެ ހަނގުރާމަވެރިއަކު ހަތިޔާރާ އެކު، މިދިޔަ މަހުގެ ތެރޭގައި ޕާކިސްތާނަށް ވަދެ ޕާކިސްތާނުގެ ބޯޑަރު ބަލަހައްޓާ ސިފައިންނަށް ހަމަލާދީ އެކަކު ޕާކިސްތާނު ސިފައިންގެ މީހަކު މަރާލައި އިތުރު ދެ ސިފައިން ޒަޚަމްކޮށްލުމާ ގުޅިގެން، ހަފުތާއެއް ވަންދެން ބޯޑަރު ބަންދުކުރި އެވެ.
ޕާކިސްތާނުން ބުނި ގޮތުގައި އަފްޣާނިސްތާނު ސަރުކާރުގެ ހަނގުރާމަވެރިންގެ ފަރާތުން މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ތަކުރާރު ނުވާނެ ގޮތަކަށް ކަންތައް ހަމަޖެއްސުމަށް، ޕާކިސްތާނުން މިހާރު ވާނީ އަފްޣާނިސްތާނު ސަރުކާރަށް އަންގައިފަ އެވެ.
އަފްޣާން ޚާރިޖީ ވަޒީރު ޕާކިސްތާނަށް
ތާލިބާނުން ބާރާއެކު އަފްގާނިސްތާނު މަސްރަހު ހޫނުވަނީ
އަފްގާނިސްތާނާ ގުޅޭ ޕާކިސްތާނުގެ ބޯޑަރު ބަންދުކުރަނީ
ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 45 މަރު
ޕާކިސްތާންގެ ތާލިބާން ލީޑަރަކު މަރާލައިފި
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
ތާލިބާނުންގެ އަސްކަރީ ދައްކާލުމެއް ބާއްވައިފި
އަފްގާނުގައި އައިއެސް ފުޅާވާތީ އެމެރިކާ ކަންބޮޑުވޭ
އަފްގާނުގެ ކުރިމަގާ ގުޅޭ މަހާސިންތާއެއް އީރާނުގައި
އެމެރިކާ އާއި ޕާކިސްތާނުން އެއްބަސްވުމެއް ހަދަނީ