Roadha Mihaaru
ރެޑްވޭވުން ހިލޭ މާސްކް ދޭ ޕްރޮމޯޝަނަށް ތަރުހީބު ބޮޑު

ރެޑްވޭވުން ހިލޭ މާސްކް ދޭ މޮލްފިކްސް ޕްރޮމޯޝަނަށް ތަރުހީބު ބޮޑު

06 އޯގަސްޓް 2021

ރެޑްވޭވުން ކުރިއަށް ގެންދާ ހިލޭ މާސްކް ލިބޭ "މޮލްފިކްސް" ނެޕީގެ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރެޑްވޭވުން ކުރިއަށް ގެންދާ ހިލޭ މާސްކް ލިބޭ "މޮލްފިކްސް" ނެޕީގެ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި ޕްރޮމޯޝަންގައި މޮލްފިކްސްގެ ކޮންމެ ނެޕީ ބޮނޑިއަކާ އެކު "އެވޮނީ" ބްރޭންޑްގެ ޑިސްޕޯސެބަލް 10 މާސްކުގެ ޕެކެއް ލިބެ އެވެ. މި ޕްރޮމޯޝަން މިހާރު ވެސް ރެޑްވޭވްގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް އެބަދެ އެވެ.

ރެޑްވޭވުން ބުނި ގޮތުގައި އެތަނުން އެތެރެކުރާ މޮލްފިކްސް ބްރޭންޑަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މެދުގައި މަގުބޫލުވި ބްރޭންޑެކެވެ. މި ނެޕީގައި ހުންނަ އެލޯވެރާ އަދި ކެމޮމައިލް އެކްސްޓްރެކްޓްސްގެ އިތުރުން "އެނެޓޮމިކް" ފިޓްގެ ސަބަބުން ތުއްތު ދަރިފުޅުގެ ހަންގަނޑަށް އަރާމުވާނެ އެވެ. އަދި ލީކްވުމުން ދުރު ކޮށްދޭނެ އެވެ.

ނެޕީ ތެތްވާ މިންވަރު އަންގައިދޭ އިންޑިކޭޓަރެއް ވެސް ހިމެނޭ މި ނެޕީ އަކީ ބާޒާރުގައި ހުރި އެހެން ބްރޭންޑްތަކަށް ވުރެ އަގުހެޔޮ އަދި ކޮލިޓީ ނެޕީއެއް ކަމަށް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކޮލިޓީ ރަނގަޅު ތަކެތި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.