Roadha Mihaaru
އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާގެ މައްސަލަ ޕީޖީއަށް

އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާ އަށް ދައުވާ ކޮށްދިނުމަށް ޕީޖީގައި އެދިއްޖެ

22 ޑިސެމްބަރ 2022

އެންސްޕާ އިން ​​ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިން އަމިއްލަ ފަރާތަކާ ހަވާލުކުރި މައްސަލާގައި އެ އެޖެންސީގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އިއްޔެ ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެންސްޕާ އިން ​​ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިން އަމިއްލަ ފަރާތަކާ ހަވާލުކުރި މައްސަލާގައި އެ އެޖެންސީގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އިއްޔެ ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ 2015 ވަނަ އަހަރު ކުއްޔަށް ހިފި ފްލޯތަކުގެ އިންޓީރިއާ ޑިޒައިންގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުގެ ހުއްދަ އަށް އެދި މުޖުތަބާ ސޮއިކުރައްވައި ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ކަމަށެވެ.

އެ ސިޓީއާއެކު ފޮނުވި ކޯޓޭޝަންތަކަކީ އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅުން އޮންނަ އަދި މުޖުތަބާ ޖަލީލުއާ ވެސް ގުޅުން އޮންނަ ވިޔަފާރިތަކުން ހުށަހަޅާފައިވާ ކޯޓޭޝަންތަކެއްކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެހެންވެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، އޭގެ ފައިސާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ މުޖުތަބާގެ މައްޗަށް ކޮށްދިނުމަށް އޭސީސީން އެދުނެވެ.

މުޖުތަބާ މިހާރު ހުންނެވީ މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންސްޕާގެ ސީއީއޯ އަކަށް ހުންނަވަނިކޮށް، އެ މަގާމުން ވަކިކުރުމުން، މުޖުތަބާ އައްޔަން ކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.