Roadha Mihaaru
ވިލިމާލެ ވޯޓަ ސްޕޯޓްސް އޭރިއާ ތަރައްގީކުރަން ހޯދަނީ

ވިލިމާލެ ވޯޓަ ސްޕޯޓްސް އޭރިއާ ތަރައްގީކޮށް، ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

25 ޑިސެމްބަރ 2022

ވިލިމާލޭގެ ވޯޓަ ސްޕޯޓްސް އޭރިއާ ތަރައްގީކޮށް، ހިންގާނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިލިމާލޭގެ ވޯޓަ ސްޕޯޓްސް އޭރިއާ ތަރައްގީކޮށް، ހިންގާނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

އެ ކައުންސިލުން މިދިޔަ އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ވަނީ އަމިއްލަ ހަރަދުގައި ވޯޓަ ސްޕޯޓްސް އޭރިޔާ ޑިޒައިންކޮށް، އެ ތަން ހަދައި ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފަ އެވެ.

މިއީ، ސިޓީ ކައުންސިލްގެ އެކްޝަން ޕްލޭނުގައި ހިމެނޭ ކަމެކެވެ.

ގެޒެޓުކުރި މައުލޫމާތުތަކުގައިވާ ގޮތުން ތަރައްގީ ކުރަން ހުޅުވާލާފައިވަނީ ފަޅާއެކު ގިނަ ވެގެން 120،000 އަކަ ފޫޓުގެ ސަރަހައްދެކެވެ. އަދި އެ ޕްރޮޖެކްޓުގައި؛

- މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އާންމުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެވެން ޖެހޭނެ

ވޯޓަ ސްޕޯޓްސް އޭރިޔާ ތަރައްގީ ކުރުމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދިވެހި ކުންފުނިތަކުން 10،000ރ. އަދި ބޭރުގެ ފަރާތްތަކުން 2000 ޑޮލަރު ހުށަހަޅަންޖެހެ އެވެ.

ވިލިމާލެ ވޯޓަ ސްޕޯޓްސް އޭރިޔާ ސަރަހައްދު: މި ސަރަހައްދު ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފައި.-- ފޮޓޯ: މިހާރު

ވިލިމާލެ ވޯޓަ ސްޕޯޓްސް އޭރިޔާ ސަރަހައްދު: މި ސަރަހައްދު ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފައި.-- ފޮޓޯ: މިހާރު

ވިލިމާލޭގައި ތިމާވެށީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު "މިހާރު" އަށް ބުނީ މާލެ ސަރަހައްދުގައި ވޯޓަ ސްޕޯޓްސް އޭރިޔާގެ ގޮތުގައި ބޭނުންކުރާ ތަން ތަރައްގީކޮށް، ހިންގަން އެހެން ބަޔަކަށް ދިނުމަކީ ކަންބޮޑުވުމެކެވެ.

މިހާރު ވެސް އެ ތަނަށް ކޮންމެ ދުވަހަކު އަދި ހަފުތާ ބަންދުގައި ގިނަ އާއިލާތަކުން ޗުއްޓީ ހޭދަކުރުމަށް ދާއިރު، ވޯޓަ ސްޕޯޓްސް އޭރިޔާ ހިންގަން ހަވާލުކޮށްފިނަމަ ގިނަ ބަޔަކަށް ދަތިތައް ކުރިމަތިވާނެ ކަން ފާހަގަކުރި އެވެ.

"މި ހުރިހާ ކަމަކުން ދެން އަގު ނަގަން ފަށާނީ." އޭނާ ބުންޏެވެ.

މާލެ ސަރަހައްދުގައި ޑައިވިންނާއި ސްނޯކްލިން ކުރާ މީހުން އެންމެ ގިނައިން ގޮސް އުޅެނީ ވެސް ވިލިމާލެ ވޯޓަ ސްޕޯޓްސް ސަރަހައްދަށެވެ.