29 ޑިސެމްބަރ 2022
ލީޑްސް (ޑިސެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އިން ރަށުން ބޭރުގައި 3-1 އިން ލީޑްސް ޔުނައިޓެޑް ބަލިކުރި މެޗުގައި ސިޓީގެ އާލިން ހާލަންޑް ލަނޑު ޖަހައި، އޭނާގެ ބައްޕަ ޕްރިމިއާ ލީގުގައި ޖެހި ލަނޑުގެ އަދަދަށް ވުރެ އޭނާގެ ޖުމްލަ އިތުރުކޮށްފި އެވެ.
ލީޑްސް (ޑިސެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އިން ރަށުން ބޭރުގައި 3-1 އިން ލީޑްސް ޔުނައިޓެޑް ބަލިކުރި މެޗުގައި ސިޓީގެ އާލިން ހާލަންޑް ލަނޑު ޖަހައި، އޭނާގެ ބައްޕަ ޕްރިމިއާ ލީގުގައި ޖެހި ލަނޑުގެ އަދަދަށް ވުރެ އޭނާގެ ޖުމްލަ އިތުރުކޮށްފި އެވެ.
ފުރަތަމަ ހާފު ނިމެނިކޮށް ސިޓީ އަށް މެޗުގައި ލީޑު ނަގައިދިނީ މިޑްފީލްޑަރު ރޮޑްރީ އެވެ. އަދި ދެ ވަނަ ހާފުގެ ފުރަތަމަ 15 މިނިޓު ތެރޭ ހާލަންޑް ވަނީ ސިޓީ އަށް ދެ ގޯލު ޖަހައިދީފަ އެވެ. ހާލަންޑްގެ ދެ ގޯލު ޖަހަން އެހީވީ ވެސް ޖެކް ގްރީލިޝް އެވެ. ލީޑްސްގެ ހަމައެކަނި ގޯލު 73 ވަނަ މިނިޓުގައި ލިބުނު ކޯނަރެއްގައި ޖެހީ ޕެޓްރިކް ސްޓްރުއިކް އެވެ.
ދެ ގޯލާ އެކު ހާލަންޑް މިވަނީ ޕްރިމިއާ ލީގުގައި އެންމެ 14 މެޗުން 20 ގޯލު ހަމަ ކޮށްފަ އެވެ. އޭނާގެ ބައްޕަ އަލްފީ ޕްރިމިއާ ލީގުގައި ކުޅުނު 181 މެޗުން ޖަހައިފައި ވަނީ 18 ގޯލެވެ. އޭނާގެ ބައްޕަ ކުޅުނީ މިޑްފީލްޑަރަކަށެވެ.
ހާލަންޑްގެ ބައްޕަ އަލްފީ، ރޭގެ މެޗު ކުޅުނު ވަގުތު. -- ފޮޓޯ: އޭއެފްޕީ
މީގެ އިތުރުން ހާލަންޑް ވެފައި ވަނީ ޕްރިމިއާ ލީގުގައި އެންމެ އަވަހަށް 20 ގޯލު ހަމަކުރި ކުޅުންތެރިޔާއަށެވެ. މީގެ ކުރިން އެންމެ އަވަހަށް މި ރެކޯޑް ހެދީ 21 މެޗު ކުޅެގެން، ކުރީގެ އިނގިރޭސި ސްޓްރައިކަރު ކެވިން ފިލިޕްސް އެވެ.
ރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު ހާލަންޑް ވަނީ މި ސީޒަން ގައި މެންޗެސްޓާ ސިޓީ އަށް ބަދަލުވެ، މިހާތަނަށް ކުޅުނު 20 މެޗުން 26 ގޯލު ހަމަކޮށްފަ އެވެ. މިއާ އެކު އޭނާ ވެފައި ވަނީ ކޯޗު ޕެޕް ގާޑިއޯލާގެ ދަށުން ކުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ އަވަހަށް 25 ގޯލު ހަމަކުރި ކުޅުންތެރިޔާއަށެވެ. ހާލަންޑްގެ ކުރިން މި ރެކޯޑް އޮތީ 28 މެޗުން މި އަދަދު ހަމަކުރި، ލިއޮނެލް މެސީ އެވެ. އަދި ބާސެލޯނާ ގައި ސެމިއުލް އެޓޫ މި އަދަދު ހަމަކުރީ 30 މެޗުންނެވެ.
ހާލަންޑް އައުމުގެ ކުރިން ސިޓީ ގައި ގާޑިއޯލާ އާއެކު އެންމެ އަވަހަށް 25 ގޯލު ހަމަކޮށްފައި ވަނީ، ސިޓީގެ ލެޖެންޑް ސާޖިއޯ އަގުއެރޯ އެވެ. އޭނާ މި އަދަދު ހަމަކުރީ 35 މެޗު ކުޅެގެންނެވެ.
މި ނަތީޖާ އާއެކު ސިޓީ ވަނީ އަލުން ލީގުގެ ދެވަނައަށް ޖެހިލައި، އެއްވަނައިގައި އޮތް އާސެނަލް އާ ފަސް ޕޮއިންޓަށް އަލުން ލީޑު ކުޑަކޮށްފަ އެވެ. ސިޓީ ވަނީ 15 މެޗުން 35 ޕޮއިންޓް ހަމަކޮށްފަ އެވެ. އާސެނަލް އެއްވަނައިގައި އޮތީ 15 މެޗުން ހޯދި 40 ޕޮއިންޓާ އެކު އެވެ. ނިއުކާސަލް ޔުނައިޓެޑް ތިން ވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެން 33 ޕޮއިންޓް ހޯދައިގެންނެވެ.
ހާލަންޑްގެ ގޯލުން ލިވަޕޫލްގެ ފަހަތުގައި ވިއްދައިފި
ތިން ތަށި ހޯދުން ވާނީ އާދަޔާ ހިލާފުކަމަކަށް: ހާލަންޑް
ލީގުގައި 35 ގޯލު ޖަހައި ހާލަންޑް ރެކޯޑް ހަދައިފި
ތިން ތަށި ކާމިޔާބު ކުރެވޭނެ ކަމަށް ގާޑިއޯލާ ގަބޫލުކުރޭ
އާސެނަލް ވެއްޓިއްޖެ، ފުރިހަމަބާރާއެކު ސިޓީ އެއްވަނައަށް
އާސެނަލްގެ އުންމީދުތައް ފަނޑުކޮށް، ކޮންޓްރޯލް ސިޓީއަށް
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ
ލީގުގައި ހާލަންޑްގެ 30 ވަނަ ގޯލު ބައިސްކަލް ކިކަކުން
ހާލަންޑް ހަ މަސް ދުވަހުން ހަތަރު ހެޓްރިކް
ސިޓީގެ ވާދަވެރިންނަކީ އަބަދުވެސް ލިވަޕޫލް: ގާޑިއޯލާ