31 ޑިސެމްބަރ 2022
މާލޭގެ މަގުތަކުގައި ކުނި ގިނަވެ، އުނދަގުލަކަށްވެ، އާންމުން ޝަކުވާ ކުރަން ފެށުމާ އެކު، މާލެ ސާފުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވެމްކޯއިން އިއްޔެ ފެށީ މާލެ ސިޓީ ކައުންސިލް ފެއިލް ވެގެން ނޫން ކަމަށާއި ވެމްކޯ އިން އެ ފެށީ އެ މީހުންގެ ހަގީގީ ޒިންމާ އަދާކުރަން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ މަގުތަކުގައި ކުނި ގިނަވެ، އުނދަގުލަކަށްވެ، އާންމުން ޝަކުވާ ކުރަން ފެށުމާ އެކު، މާލެ ސާފުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވެމްކޯއިން އިއްޔެ ފެށީ މާލެ ސިޓީ ކައުންސިލް ފެއިލް ވެގެން ނޫން ކަމަށާއި ވެމްކޯ އިން އެ ފެށީ އެ މީހުންގެ ހަގީގީ ޒިންމާ އަދާކުރަން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އޭނާ ރޭ އެހެން ވިދާޅުވީ، މާލޭގެ ގެތަކުން މަގުމައްޗަށް ނެރޭ ކުނިތައް ނެގުން ވެމްކޯ އިން ކުއްލި ގޮތަކަށް ހުއްޓާލުމާ ގުޅިގެން މަގުތައް ހަޑިވެ، އާންމުންގެ ޝަކުވާ ބޮޑުވުމުން އެ ކަން ހައްލު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފެށިއިރު، ސިޓީ ކައުންސިލް ބަދުނާމު ވާކަން ދޭހަވާ ގޮތަށް އެ ކުންފުނިން ޚަބަރު ފެތުރުމުންނެވެ.
މުއިއްޒު ވިދާޅުވިގޮތުގައި، މާލެތެރެ ސާފުކުރުމުގެ ބޮޑު އޮޕަރޭޝަނެއް ވެމްކޯ އިން ފެށީ ސިޓީ ކައުންސިލަށް ކަންކަން ނުވެގެނެއް ނޫނެވެ.
މޭޔަރު ވިދާޅުވީ ގޭބިސީތަކުން މަގުމައްޗަށް ނެރޭ ކުނި ނެގުމަކީ ކައުންސިލްގެ ޒިންމާއެއް ނޫން ކަމަށެވެ. އެއީ ސަރުކާރުން ވެމްކޯއާ ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ 24 ގަޑިއިރުތެރޭ އަޅުގަނޑުމެން މި އުކާލީ 100 ޓަނުގެ ކުނި. އެއީ މާލެ ގޭގެ އިން ނެރުނު ކުނި. ގޭގެއިން ނެރޭ ނުކި ނެގުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް ވެސް ނޫން. އެއީ ވެމްކޯއިން ކުރަން ޖެހޭ ކަމެއް. އެ މީހުންގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް އެއީ،" މުއިއްޒު ވިދާޅުވި އެވެ.
"މިދިޔަ ދެތިން ދުވަހު ވެމްކޯ އިން ކުނި ނުގެން ގޮސް ތިބެފައި، މިހާރު ހަމަ އެ މީހުން އެ މަސައްކަތް އެ ކުރަނީ."
މުއިއްޒު ވިދާޅުވީ، ގޭގޭގެ ދޮރުމަތީގައި ބަހައްޓާފައި ހުންނަ ކުނިތައް ވެމްކޯ އިން ނުގެންދާ ކަމުގެ ޝަކުވާ މިދިޔަ 2-3 ދުވަހު ވަރަށް ބޮޑަށް ސިޓީ ކައުންސިލަށް ލިބުނު ކަމަށެވެ.
"ކައުންސިލުން ހަވާލުވީ ގޭގެ އިން ތިރިއަށް ބާލާ ކުނި ނަގާކަށް ނޫން،" މޭޔަރު ވިދާޅުވި އެވެ.
މާލޭގެ މަގުތަކާއި މައިޒާންތަކާއި ޕާކުތައް ސާފުކުރުމުގެ ޒިންމާ ސިޓީ ކައުންސިލުން ކުރިން ހަވާލު ކޮށްފައި އޮތީ ވެމްކޯއާ ކަމަށް ވިޔަސް އެ ކުންފުނިން އެ ޒިންމާ ރަނގަޅަށް އަދާނުކުރުމުން މި މަހުން ފެށިގެން އެއްބަސްވުން އާ ނުކުރަން ކައުންސިލުން ނިންމީ އެވެ. އެއާއެކު ދެން ފެނުނީ ގޭގެ އިން މަގުމައްޗަށް ނެރޭ ކުނިތައް ނެގުން ވެމްކޯ އިން ހުއްޓާލި ތަނެވެ. އެކަމަކު، ސިޓީ ކައުންސިލާއެކު ހަދާފައިވާ އެއްބަސްވުން ދެމިއޮތް އިރު، ވެމްކޯ އިން އައީ ގޭގެ އިން މަގުމައްޗަށް ނެރޭ ކުނިތައް ވެސް ނަގަމުންނެވެ.
އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން، ގޭގެތަކުން މަގުމައްޗަށް ނެރޭ ކުނިތައް ވެމްކޯ އިން މިދިޔަ 2-3 ދުވަހު ގަސްދުގައި ނުގެންދާ ކަމުގެ ޝަކުވާ ބައެއް އާންމުން ވެސް ދަނީ ކުރަމުންނެވެ. އެކަމަކު، އެ ކުނިތައް މީގެ ކުރިން ބަރާބަރަށް ވެމްކޯގެ މުވައްޒަފުން ގެންދިޔަ ކަމަށް އެ މީހުން ބުނެ އެވެ.
Tenants of M. Sydney have been keeping their refuses outside for over a year. @WAMCOmv collects every night but last 2 nights they have deliberately left all these refuses unattended. Dishonesty won't help but creates problems. WAMCO please do your job & don't penalise tenants! pic.twitter.com/xKSCljWfrp
— Abdulla Nazeer (@NazeerP1) December 30, 2022
މާލޭގެ ގެއަކުން ބޭރަށް ނެރޭ ކުނިތައް ނެގުން ވެމްކޯ އިން ކުއްލި ގޮތަކަށް ހުއްޓާލުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު ފޮޓޯއާއެކު ކުރެއްވި ޓުވީޓެއް.
މުއިއްޒު ވިދާޅުވީ ކައުންސިލުންގެ ޒިންމާގައި ހިމެނޭ، މާލޭގެ މަގުތަކާއި ޕާކުތައް ސާފުކުރުން ކަމަށާއި ކައުންސިލުން އެ މަސައްކަތާ މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ހަވާލުވީ، ވެމްކޯ އަށް ބޮޑު ބަޖެޓެއް ދީގެން ވެސް އެ ކަން ބަރާބަރަށް ނުވެގެން ކަމަށެވެ.
މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި މާލެ އާއި ވިލިމާލޭގެ ޕާކުތަކާއި މައިޒާންތައް އަދި ރަށުތެރެ ސާފުކުރުމުގެ މަސައްކަތަށް ސިޓީ ކައުންސިލުން ވެމްކޯ އަށް ކޮންމެ މަހަކު ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ދޭން ޖެހުނެވެ. އޭގެ ތެރޭގައި ކުނި ހިފައިގެން ދާ ޕިކަޕްގެ ޗާޖު ވެސް ހިމެނޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"މާލޭގެ މަގުތަކާއި ޕާކުތަކާއި މައިޒާންތައް ސާފުކުރުމުގެ މަސައްކަތާ ވެމްކޯ އިން ހަވާލުވެ ތިބި ދުވަސްވަރު ވެސް އަޅުގަނޑުމެންގެ މުވައްޒަފުން ނެރެގެން އެ ތަންތަން ސާފުކުރަން ޖެހުނު ކިތަންމެ ދުވަހަކު. ސިޓީ ކައުންސިލްގެ މުވައްޒަފުން އެ ކަން ކުރަން ޖެހުނީ ވެމްކޯގެ ފަރުވާ ކުޑަކަމުން،" މުއިއްޒު ވިދާޅުވި އެވެ.
މާލެ ކުނި ވާ މައްސަލައިގައި އާންމުންނަށް އުނދަގޫވަމުން ދާތީ މާލެތެރެ ސާފުކުރުމަށް އީޕީއޭ އިން ސިޓީ ކައުންސިލަށް އިލްތިމާސް ކުރުމުން އެ އަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ، ގޭގެ އިން މަގުތަކަށް ކުނިތައް ޖަމާކޮށްފައި ހުއްޓަސް އެކަން މިނިސްޓްރީތަކުގެ ސަމާލުކަމަށް މީގެ ކުރިން ނާންނަ ކަމަށެވެ.
އެކަމަކު، މާލޭގެ މަގުތަކާއި މައިޒާންތަކާއި ޕާކުތައް ސާފުކުރުމާ ކައުންސިލުން ހަވާލުވުމުން، ކުއްލި ގޮތަކަށް އީޕީއޭ އިން ބަޔާން ނެރެ، ސިޓީ ކައުންސިލުން ޒިންމާއަދާނުކުރާ ކަން އާންމުންގެ ސިކުނޑި އަށް ވައްދަން މަސައްކަތް ކުރި ކަން މޭޔަރު ފާހަގަކުރެއްވި އެވެ.
ވެމްކޯ އިން އިއްޔެ ބުނީ، މާލޭގެ އެކި ތަންތަނަށް ޖަމާކޮށްފައި ހުރި ކުނިތައް ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ފެށީ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާގެ ލަފާގެ މަތިން ކަމަށެވެ.
މާލެ އިން ކުނި ސާފުކުރަން ވެމްކޯއިން ނުކުމެއްޖެ
ވެމްކޯއަށް ހަރުކަށި ފިޔަވަޅު އަޅާނަން: މުއިއްޒު
މަހަކު 2.5 މިލިއަން، އެކަމަކު ވެމްކޯ ޒިންމާ ނުނަގާ
މާލެތެރެއިން ކުނި ނެގުން ހަރުދަނާ ކުރަން އޮފީހެއް
މަސައްކަތް ހަވާލުނުކުރާނަމަ މަގުން ކުނި ނުނެގޭނެ:ވެމްކޯ
ކުނި ގިނަވާތީ އީޕީއޭގެ އިލްތިމާސް ސިޓީ ކައުންސިލަށް!
މަގުތައް، ޕާކުތަކުގެ ކުނިނެގުމާ ކައުންސިލުން ހަވާލުވަނީ
މަގުމަތީގައި ހުރި ކުނިތައް ސިޓީ ކައުންސިލުން ނަގަނީ
މުއިއްޒުގެ ވާހަކަތައް ވެމްކޯ އިން ދޮގުކޮށްފި
ކުރިއެކޭ އެއްގޮތަށް ގޭގެއަށް ވަދެ ކުނި ނަގަނީ