Roadha Mihaaru
އަހަރުގެ ފުރަތަމަ ޓޫރިސްޓަކީ ރަޝިޔާ ރައްޔިތެއް

އަހަރުގެ ފުރަތަމަ ޓޫރިސްޓަކީ ރަޝިޔާ ރައްޔިތެއް

01 ޖެނުއަރީ 2023

މި އަަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ފުރަތަމަ ޓޫރިސްޓަކަށް ރަޝިޔާގެ ރައްޔިތަކުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ފުރަތަމަ ޓޫރިސްޓަކަށް ރަޝިޔާގެ ރައްޔިތަކުވެއްޖެ އެވެ.

މިއަދު ހެނދުނު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި، މި އަހަރު ރާއްޖެ އައި ފުރަތަމަ ޓޫރިސްޓަށް އެމްއެމްޕީއާރްސީ އިން ވަނީ މަރުހަބާ ކިޔާފަ އެވެ. ރަޝިޔާގެ، ނިކޮލައި ސްރްޓިޗުކް އަށް ވަނީ ހަދިޔާއެއްގެ ގޮތުން ރީތިފަރު ރިސޯޓުގައި ފަސް ދުވަސް ހޭދަކުރަން ފުރުސަތު ދީފަ އެވެ.

މިއީ އާއިލާއާ އެކު ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އައި ނިކޮލައި ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އައީ 1.6 މިލިއަން ޓޫރިސްޓުންނެވެ. މިއަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ގެނައުމަށް ވަނީ ކަނޑައަޅާފަ އެވެ.

މި އަމާޒަށް ދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުންޏެވެ. ރާއްޖެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ބޭރުގެ ފެއާތަކާއި ރޯޑް ޝޯތަކުގައި ވެސް އެމްއެމްޕީއާރްސީ އިން ބައިވެރިވެ އެވެ.