Roadha Mihaaru
ފުއްގިރި މައްސަލާގެ ޝަރީއަތް މާދަމާ ބާއްވަނީ

ފުއްގިރި މައްސަލާގެ ޝަރީއަތް މާދަމާ ބާއްވަނީ

02 ޖެނުއަރީ 2023

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރާ މައްސަލާގެ ޝަރީއަތް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރާ މައްސަލާގެ ޝަރީއަތް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ހަފުތާގައި އިއްވި ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ.

އެ މައްސަލާގެ ޝަރީއަތް ބާއްވަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު އެވެ.

އެ މައްސަލާގައި ޔާމީނާއި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެ އެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ވެސް ކުރެ އެވެ.

ފުއްގިރި މައްސަލަ މިހާރު އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.

ފުއްގިރި މައްސަލަ ކުރިން ބެއްލެވީ އިސް ގާޒީ އަހުމަދު ޝަކީލް އެ މައްސަލައިން ތަނާޒުލްވުމުން އެ މައްސަލަ މިހާރު ބައްލަވަނީ ގާޒީ އަލީ ނަދީމެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ، ޔާމީންގެ މައްޗަށް މަދުވެގެން އިތުރު އަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.