Roadha Mihaaru
ފުއްގިރި މައްސަލަ ދެ ހަފުތާއަށް ތާވަލްކޮށްފި

ފުއްގިރި މައްސަލަ ކުރިއަށް އޮތް ދެ ހަފުތާގައި ކުރިއަށް ގެންދަނީ

22 އެޕްރީލް 2023

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް އޮތް ދެ ހަފުތާގައި ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް އޮތް ދެ ހަފުތާގައި ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ.

އެ މައްސަލާގެ ޝަރީއަތުގެ މަރުހަލާ ކްރިމިނަލް ކޯޓުން އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖައްސާފައިވާއިރު، ހެކިބަސް ނެގުމުގެ އަޑުއެހުންތައް އޭގެ ތިން ދުވަސް ފަހުން ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ. ހެކިބަސް ނެގުމުގެ ދެ އަޑުއެހުމެއް ބާއްވަން މިވަގުތު ވަނީ ތާވަލްކޮށްފަ އެވެ.

އެ މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދަން އުޅޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ އިތުރުން އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާކުރެ އެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން އަދި ނުފަށަ އެވެ.