Roadha Mihaaru
އޮޅުންބޮޅުން: ދުވަސްވި ރައްޔިތުން

އޮޅުންބޮޅުން: ދުވަސްވި ރައްޔިތުން

16 ޖެނުއަރީ 2017

ވަރަށް ޢިލްމީ ބޭފުޅުންކޮޅެކެވެ. ތަފާތު ފަންނުގައި މަސައްކަތްކުރައްވާފައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންކޮޅެކެވެ. އެބޭފުޅުންގެ ރަސްމީ ޚިދުމަތުގެ ބާބު ވަނީ ނިންމަވާލައްވާފައެވެ. ބުރަ މަސައްކަތަކަށް ފަހުގައެވެ. ޤުރުބާނީތަކަކަށް ފަހުގައެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު އުޅުއްވަނީ ސިޔާސީ ކުލަތަކާ ވަރަށް ދުރުގައެވެ. ދުރުން ވެސް ކުލަ ވަކިނުކުރެވޭހާ ހިސާބުގައެވެ. އެބޭފުޅުން މިހާރު ބޭނުންފުޅުވާނެކަމަށް ބެލެވެނީ އަމާން އޮމާން ހިމޭން ދިރިއުޅުމެއް އާއިލާއާ އެކު ހޭދަކޮށްލުން ކަމަށް ބެލެވެއެވެ. އެހެންނަމަވެސް އެބޭފުޅުންނަށް ދޫނުކުރެއްވުނު އެއް ކަމެއް އަޅުގަނޑަށް ފާހަގަކުރެވުނެވެ. ދިވެހިންނެވެ. ދިވެހިންނާ މެދު ވިސްނެވުމެވެ. ދިވެހި ރައްޔިތުންގެ މުސްތަޤްބަލާ މެދު ވިސްނެވުމެވެ.

ވަރަށް ޢިލްމީ ބޭފުޅުންކޮޅެކެވެ. ތަފާތު ފަންނުގައި މަސައްކަތްކުރައްވާފައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންކޮޅެކެވެ. އެބޭފުޅުންގެ ރަސްމީ ޚިދުމަތުގެ ބާބު ވަނީ ނިންމަވާލައްވާފައެވެ. ބުރަ މަސައްކަތަކަށް ފަހުގައެވެ. ޤުރުބާނީތަކަކަށް ފަހުގައެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު އުޅުއްވަނީ ސިޔާސީ ކުލަތަކާ ވަރަށް ދުރުގައެވެ. ދުރުން ވެސް ކުލަ ވަކިނުކުރެވޭހާ ހިސާބުގައެވެ. އެބޭފުޅުން މިހާރު ބޭނުންފުޅުވާނެކަމަށް ބެލެވެނީ އަމާން އޮމާން ހިމޭން ދިރިއުޅުމެއް އާއިލާއާ އެކު ހޭދަކޮށްލުން ކަމަށް ބެލެވެއެވެ. އެހެންނަމަވެސް އެބޭފުޅުންނަށް ދޫނުކުރެއްވުނު އެއް ކަމެއް އަޅުގަނޑަށް ފާހަގަކުރެވުނެވެ. ދިވެހިންނެވެ. ދިވެހިންނާ މެދު ވިސްނެވުމެވެ. ދިވެހި ރައްޔިތުންގެ މުސްތަޤްބަލާ މެދު ވިސްނެވުމެވެ.

އެބޭފުޅުންގެ ކަންބޮޑުވުމެއްގެ ވާހަކައިގެ އަޑުއެހީމެވެ. އެއީ އަޅުގަނޑަށް ނީވެންވީ އަޑަކަށް ވެސް ވެދާނެއެވެ. އެއަޑު އިވިގެން އަޅުގަނޑު އެއްޗެއް ލިއުމަކީ ފަހަރުގައި ރަނގަޅު ކަމަކަށް ނުވެދާނެއެވެ. އެބޭފުޅުންގެ އިޒްނަ ނުހޯދޭތީވެއެވެ. އެހެންނަމަވެސް އެބޭފުޅުން ބޭނުންފުޅުވަނީ ސަރުކާރާއި ދިވެހި ރައްޔިތުންގެ ތެރެއިން ވެސް ކެރިފޯރާ ބަޔަކު އެބޭފުޅުންގެ ކަންބޮޑުވުމާ މެދު ވިސްނަވާ ހައްލެއް ހޯއްދަވައިދެއްވުމަށް ފިޔަވަޅެއް އަޅުއްވައިދެއްވުމެވެ. އެއީ ކޮން ކަމެއްކަމެއް ނޭނގޭ ކަމަށްވާ ނަމަ ފިޔަވަޅު އަޅަން ވެސް އަދި ވިސްނަން ވެސް ނޭނގޭނެއެވެ. މިވާހަކަ ތިޔަ ބޭފުޅުންނަށް ދަންނަވަން ނިންމީ މި ހިސާބުންނެވެ.

ރާއްޖޭގައި މިހާރު އޮތީ ވަރަށް ޒުވާން އާބާދީއެކެވެ. ކޮންމެ އިންތިޚާބެއްގައި ވެސް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު ވޯޓު ހޯދަން ދަނީ "ވޯޓު ބޭންކް" އަށެވެ. އެންމެ ގިނަ ވޯޓު ލިބެނީ ޒުވާނުންގެ "ވޯޓު ބޭންކް" އިންނެވެ. ކޮންމެ ދުވަހަކު ނުވަތަ ކޮންމެ މަހަކު އުމުރުން 18 އަހަރު ފުރިގެން އެބޭންކަށް މިގޮތަށް އިތުރުވާ ގިނަ މީހުންގެ ދުނިޔަވީ ތަޖުރިބާ ކުޑަކަމާ އެކު ޗާލާކީ އަމިއްލަ އެދުމުގެ ސިޔާސީ މީހުން ރީތި ކުލަތައް ދައްކައިގެން، ރީތި މަންޒަރު ދައްކައިގެން، ނުފުއްދޭނެ ބޮޑެތި ވަޢުދުތައް ކޮށްގެން ވޯޓު ހޯދުމުގެ ފުރުޞަތު ބޮޑެވެ.

އަޅުގަނޑު ކުރިން ދެންނެވި ބޭފުޅުން ކަންބޮޑުވެވަޑައިގަންނަވަނީ މުސްކުޅިވަމުން ދާނެ ދިވެހިރާއްޖެއާ މެދު އެވެ. މިހާރު މިއޮތް އާބާދީއަށް މީގެ ތިރީސް އަހަރު ފަހުން ވާނެ ގޮތަކާ މެދުގައެވެ. ރާއްޖެއިން ލިބޭ ސިއްޙީ ޚިދުމަތްތައް ރަނގަޅުވާން ފެށުމުން ރާއްޖޭގެ ރައްޔިތުންގެ އުމުރު ދިގުވަމުންދާކަން، ރާއްޖޭގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކައެވެ. ދުވަސްވި މީހުންގެ މި އާބާދީ އަކީ އަޅުގަނޑު ކުރިން ދެންނެވި 30 އަހަރު ފަހުން އަންނަ ދުވަސްވީ މީހުންގެ އާބާދީ އަށް އިތުރުވާނެ ބައެކެވެ. ދުވަސްވި ރައްޔިތުންނާ މެދު ކަންތައް ކުރާނެ ގޮތުގެ އެއްވެސް ރޭވުމެއް ޢާއްމުވެފައެއް ނުވެއެވެ. ދުވަސްވި ރައްޔިތުން ބެލޭނެ ގޮތެއް ސަރުކާރުން ނުވަތަ ހެޔޮއެދޭ އަމިއްލަ ފަރާތަކާ ގުޅިގެން ނަމަވެސް ކުރަން ވެއްޖެއެވެ. ރަށެއް، ފަޅެއް، ގިރިއެއް ވިއްކައިގެން ވެސް މިކަމަށް މަގެއް ފެނޭތޯ ބަލަން ވެއްޖެއެވެ. މިހާރު ހަމަޖެހިފައި އޮންނަ ގޮތަށް ސަރުކާރުން ބަލަން ޖެހޭ އެންމެން "އެއް މުޅޯއްޓަކަށް" ލައިގެންނެއް ނޫނެވެ.

ދުވަސްވީ މީހުންގެ މައްސަލައަކީ މުސްތަޤްބަލުގައި ރާއްޖޭގައި ބޮޑު މައްސަލައަކަށް ވެދާނެއެވެ. ރާއްޖޭގެ ގިނަ މީހުންގެ ދިރިއުޅުމުގެ ކަންތައް ރޭވިފައި ހުންނަ ގޮތުން ބައެއް މީހުންނަށް އުމުރުން ދުވަސްވީ މީހެއް ބެލެހެއްޓުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. ދުވަސްވީ ބަލިމީހަކަށް ވާ ނަމައެވެ. ގެދޮރުގެ ކަންތައް ހުންނަ ގޮތުންނެވެ. ޚާއްޞަކޮށް ތޮއްޖެހިފައި އޮންނަ ރަށްރަށުގައި ދެތިން ކޮޓަރީގެ ގޭގޭގައި ދިިރިއުޅޭ، މީހުން ގިނަ އާއިލާތަކަށް، އުމުރުން ދުވަސްވީ މީހާ އަށް ދޭން ޖެހޭ އަޅާލުމާއި އޯގާތެރިކަމާއި ހިމާޔަތް ނުދެވިދާނެއެވެ. ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުންނެވެ. ތެދުފުޅެކެވެ. އަޅުގަނޑުމެންގެ ދީނުގައި އޮންނަ ގޮތުން ތިމާއަށް ބަލަދުއަރާ މީހުން ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކަމެކެވެ. ދީނުގައި އަންގަވާ ގޮތަށް ހުރިހާ ކަމެއް ކުރެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް ބާވައެވެ؟ އުމުރުން ދުވަސްވި މީހާ ބެލެހެއްޓުމަށް ޚަރަދުކުރަން ތައްޔާރަށް ތިބޭ ތަންކޮޅެއް އަތްމަތި ތަނަވަސް މީހުންނަށް ވެސް ބައެއް ހާލަތުގައި އޮންނަނީ އެކަންތައް ނުކުރެވިފައެވެ. ޚިދުމަތް ދޭނެ ފަރާތެއް ނެތުމުންނެވެ.

އަޅުގަނޑު ދަންނަ މީހާ އޭނާގެ ގެ ވިއްކާލިއެވެ. އެފައިސާ ނުވަތަ އެފައިސާ އިން ބޮޑު ބައެއް ދިނީ އުމުރުން ދުވަސްވީ މީހުން ބަލާ ތަނަކަށެވެ. ފައިސާ ދިނުމުގެ ކުރިން އެއްބަސްވުމެއްގައި ސޮއިކުރަން ޖެހެއެވެ. އެ އެއްބަސްވުމުގައި ސޮއިކޮށް ކަނޑައެޅިފައި އޮތް އަދަދަށް ފައިސާ ދެއްކުމުން އެތަނުން ކޮށްދޭނެ ކަންތައްތައް ބަޔާންކޮށްފައި އޮވެއެވެ. ފައިސާ ދެއްކި މީހާގެ އުމުރުގެ ބާކީ އޮތް ބައިގައި އޭނާ ބަލަހައްޓާނީ އެތަނުންނެވެ.

އަޅުގަނޑުމެންގެ އަވައްޓެރި ޤައުމަކުން ދުވަސްވި މީހުން ބެލެހެއްޓުމަށް ހަމަޖައްސާފައި އޮތް ގޮތް އަޅުގަނޑަށް ވަރަށް ކަމުދިޔަ ޚިދުމަތެއްގެ ވާހަކަ ދަންނަވާލާނަމެވެ. އަޅުގަނޑު ދަންނަ މީހެކެވެ. އޭނާގެ އެއްބަނޑު ދައްތަގެ ވެސް ދަރިއެއް ނެތެވެ. އޭނާ ދުވަހަކު ވެސް ކައިވެންޏެއް ނުކުރެއެވެ. ދެބެން ވެސް ދިރިއުޅެނީ އަމިއްލަ ގޭގައެވެ. އެ ދެބެންނާ އާއިލީ ގޮތުން ދެން އެންމެ ގާތް މީހާ ދިރިއުޅެނީ އިނގިރޭސިވިލާތުގައެވެ. އެވެސް އަންހެނެކެވެ. ދެބެންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ. އެކަކު ބަލިވުމުން އަނެކަކު ބެލެހެއްޓުމުގެ ޒިންމާ އުފުލޭވަރެއްނުވެއެވެ. އަޅުގަނޑު ދަންނަ މީހާ އޭނާގެ ގެ ވިއްކާލިއެވެ. އެފައިސާ ނުވަތަ އެފައިސާ އިން ބޮޑު ބައެއް ދިނީ އުމުރުން ދުވަސްވީ މީހުން ބަލާ ތަނަކަށެވެ. ފައިސާ ދިނުމުގެ ކުރިން އެއްބަސްވުމެއްގައި ސޮއިކުރަން ޖެހެއެވެ. އެ އެއްބަސްވުމުގައި ސޮއިކޮށް ކަނޑައެޅިފައި އޮތް އަދަދަށް ފައިސާ ދެއްކުމުން އެތަނުން ކޮށްދޭނެ ކަންތައްތައް ބަޔާންކޮށްފައި އޮވެއެވެ. ފައިސާ ދެއްކި މީހާގެ އުމުރުގެ ބާކީ އޮތް ބައިގައި އޭނާ ބަލަހައްޓާނީ އެތަނުންނެވެ. މަރުވުމުން ވަޅުލާނެ ތަނަކާއި ލާނެ ވައްތަރުގެ ސަންދޯކެއް ވެސް އޭނާ އަށް ކަނޑައެޅިދާނެއެވެ. އަދި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަނުގައި އޭނާ ދިރިއުޅެން ފެށުމަށް ފަހު އޭނާ ބޭނުމިއްޔާ ރައްޓެހިންނާ ބައްދަލުކުރަން ބޭނުން އިރަކު އެތަނުން ބޭރަށް ވެސް ދެވިދާނެއެވެ. މިގޮތަށް ބޭރަށް ދާ ދިއުމުގައި ދެތިންދުވަހު އެކުވެރިންނާ އެކު ހޭދަކުރުމަށް ފަހު އެނބުރި އައުމަކީ ވެސް ހުއްދަ ކަމެކެވެ. އަދި މިގޮތަށް ބޭރަށް ގޮސް އުޅުމުގައި އަނިޔާއެއްވެގެން ނުވަތަ އެކްސިޑެންޓަކުން ކަމެއް ދިމާވިޔަސް ހޮސްޕިޓަލަށް ގެންދިއުމާއި ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ކުރަނީ އޭނާ ބަލަހައްޓާ ތަނުންނެވެ. މި މިސާލު ދަންނަވާލީ ދުވަސްވި މީހުން ބެލެހެއްޓުމުގެ ތަފާތު ގޮތްތައް ހުންނަކަން ދަންނަވާލުމުގެ ގޮތުންނެވެ. އަދި މިކަން ވެސް ތަރައްޤީވަމުން އަންނަވަރު ދަންނަވާލުމުގެ ނިޔަތުގައެވެ.

އައިޖީއެމްއެޗަށް ބަލިމީހަކާ ބައްދަލުކުރަން އަޅުގަނޑު ގޮސް އުޅެނިކޮށް އަޅުގަނޑުގެ ރައްޓެއްސަކާ ދިމާވިއެވެ. އޭނާ އުޅެނީ އޭނާގެ މުސްކުޅި ބައްޕަ ބަލިވެގެން ހޮސްޕިޓަލުގައި ބާއްވައިގެންނެވެ. ހާލު ކިހިނެއްތޯ އަހާލުުމުން އޭނާ ބުނީ ބައްޕަ ހޮސްޕިޓަލުން ދޫކޮށްލައިފި ކަމަށެވެ. ގެއަށް ނުގެންދެވިގެން އުޅެނީ ދަތިކަމުންނެވެ. ދިރިއުޅެނީ ފަސް ވަނަ ފަންގިފިލާގައެވެ. ލިފްޓެއް ނެތުމުން ބައްޕަ ގެންދަން ޖެހެނީ އުފުލައިގެންނެވެ. ނޫން ނަމަ ގޮނޑިއެއްގައި ބައިންދައިގެން އުފުލައިގެންނެވެ. ހަނި ސިޑިއަކަށް ވީމާ ސިޑިން އަރަން އެހާ އުނދަގުލެވެ. އޭނާގެ ބައްޕަގެ ބަލި ހާލު ހުރި ގޮތުން ގެއަށް ގެންދިއުމާ އެކު އަނބުރާ ހޮސްޕިޓަލަށް އަންނަން ޖެހިދާނެއެވެ. ރޭގަނޑު ދަންވަރަށް ވެއްޖެ ނަމަ އެހާލުގައި އޮތް މުސްކުޅި ބަލިމީހަކު ގޮވައިގެން ސިޑިން އެގޮތަށް ފޭބުމަކީ އުނދަގޫ އަދި ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. މިއީ އަޅުގަނޑަށް އާ ވާހަކައަކަށް ވިޔަސް އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އަބަދު ފެންނަ ތަންތަން ކަމަށް ވެދާނެއެވެ. ހޮސްޕިޓަލުގެ ނަޒަރުން ބަލާއިރު ތެދުފުޅެކެވެ. އެތަނަކީ ބަލިމީހުންނަށް ބޭސްފަރުވާކުރާ ތަނެކެވެ.

ރާއްޖޭގައި ވެސް ބޮޑެތި އަތޮޅުތަކުގައި ބޮޑެތި ރަށްރަށް އެބަ ހުއްޓެވެ. ކަމާ ބެހޭ ފަރާތްތަކުންނާއި ހެޔޮއެދޭ ފަރާތްތަކުން އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމަށް އާ ގޮތްތަކަކާ މެދު ވިސްނެވުމުގެ ދުވަސް ޖެހިއްޖެއެވެ. މިހާރަށް ވެސް ބޭނުމެވެ. މީގެ ތިރީސް އަހަރު ފަހުން "މުސްކުޅި ދިވެހިރާއްޖެ" އަށް މިއީ ޚަރަދު ބޮޑު އެހެނަސް ކުރަން ޖެހޭ ބޮޑު މަސައްކަތަކަށް ވާނެއެވެ. އަދި އިޖްތިމާޢީ ޒިންމާ ބޮޑު މައްސަލައަކަށް ވާނެއެވެ.