Roadha Mihaaru
އޮޅުން ބޮޅުން: ބާނާ މަހަށް، ނުލިބޭ ފައިސާ އިން އަގު

އޮޅުން ބޮޅުން: ބާނާ މަހަށް، ނުލިބޭ ފައިސާ އިން އަގު ދިނުން

31 އޮކްޓޯބަރ 2019

ފެލިވަރަކީ ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރި ދަޅުގައި ކަނޑު މަސް ބަންދު ކުރާ ކާރުޚާނާ އެވެ. ކާރުޚާނަ ވުޖޫދަށް އައީއްސުރެ ބައެއް މޫސުމުގައި ކާރުޚާނާ އަށް ބޭނުންވާ ވަރަށް މަސް ނުލިބޭ ވާހަކައިގެ ޝަކުވާގެ އަޑު އިވުނެވެ. ކާރުޚާނާއަށް ބައެއް ފަަހަރު ލިބޭ މަސް ކުޑަކަމުން މަސް ނުގަންނަ ކަމުގެ ޝަކުވާގެ އަޑު އިވުނެވެ. ކާރުޚާނާ އަށް މަސް ކިރުވަން ދާ ދޯނިފަހަރުން ވިއްކަން ގެންދާ ހުރިހާ މަސް، ބައެއް ފަހަރު ނުގަންނަ ވާހަކައިގެ ޝަކުވާގެ އަޑު އިވުނެވެ. ކާރުޚާނާއަށް ގަންނަން ބޭނުންވާ މަހުގައި ހުންނަންވާ ފެންވަރު ނެތިގެން ކަމަށް ބުނެ މަސް ނުގަތުމުގެ ޝަކުވާގެ އަޑު ވެސް، ބައެއް ފަހަރު، އިވުނެވެ. ރާއްޖެ އަށް ކާރުޚާނާ މާ ކުޑަކަމުގެ ޝަކުވާގެ އަޑު ވެސް އިވުނެވެ. ބިދޭސީ އަންހެނުން ކާރުޚާނާގައި މަސައްކަތް ކުރަމުން ދިއުމުގެ ޝަކުވާގެ އަޑު ވެސް އިވުނެވެ.

ފެލިވަރަކީ ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރި ދަޅުގައި ކަނޑު މަސް ބަންދު ކުރާ ކާރުޚާނާ އެވެ. ކާރުޚާނަ ވުޖޫދަށް އައީއްސުރެ ބައެއް މޫސުމުގައި ކާރުޚާނާ އަށް ބޭނުންވާ ވަރަށް މަސް ނުލިބޭ ވާހަކައިގެ ޝަކުވާގެ އަޑު އިވުނެވެ. ކާރުޚާނާއަށް ބައެއް ފަަހަރު ލިބޭ މަސް ކުޑަކަމުން މަސް ނުގަންނަ ކަމުގެ ޝަކުވާގެ އަޑު އިވުނެވެ. ކާރުޚާނާ އަށް މަސް ކިރުވަން ދާ ދޯނިފަހަރުން ވިއްކަން ގެންދާ ހުރިހާ މަސް، ބައެއް ފަހަރު ނުގަންނަ ވާހަކައިގެ ޝަކުވާގެ އަޑު އިވުނެވެ. ކާރުޚާނާއަށް ގަންނަން ބޭނުންވާ މަހުގައި ހުންނަންވާ ފެންވަރު ނެތިގެން ކަމަށް ބުނެ މަސް ނުގަތުމުގެ ޝަކުވާގެ އަޑު ވެސް، ބައެއް ފަހަރު، އިވުނެވެ. ރާއްޖެ އަށް ކާރުޚާނާ މާ ކުޑަކަމުގެ ޝަކުވާގެ އަޑު ވެސް އިވުނެވެ. ބިދޭސީ އަންހެނުން ކާރުޚާނާގައި މަސައްކަތް ކުރަމުން ދިއުމުގެ ޝަކުވާގެ އަޑު ވެސް އިވުނެވެ.

ފަހުން އިވެން ފެށީ ކާރުޚާނާގެ މެޝިނަރީތައް ބާވުމުގެ ސަބަބުން ބޭނުންވާ ފެންވަރަށް ނުވަތަ ބޭނުންވާ ވަރަށް އުފެއްދުންތެރިކަން ނުބެހެއްޓޭ ކަމުގެ ޝަކުވާގެ އަޑެވެ. ކާރުޚާނާގެ އުފެއްދުންތައް ވިލާތުގައި ވަރަށް މަޝްހޫރުކަމުގެ ޚަބަރު ވެސް ލިބެ އެވެ. ދިވެހި އުފެއްދުމުގެ ނަމުގައި ތައިލެންޑުން ރާއްޖޭގެ އުފެއްދުމެއްގެ ލޭބަލް ޖަހާފައި ދަޅުގައި ބަންދުކުރެވޭ މަސް އެހެން ގައުމުތަކަށް ފޮނުވޭ ޚަބަރު ވެސް ލިބުނެވެ. އެހެންނަމަވެސް ދަޅުގެ ކޮންމެވެސް ހިސާބެއްގައި ތައިލެންޑްގެ އުފެއްދުމެއް ކަމަށް ލިޔެފައި އޮވެ އެވެ. ދަޅުގެ އެތެރޭގައި ހުންނަނީ ރާއްޖޭގެ ކަނޑުން ބާނާފައި ހުންނަ މަސް ކަމުގައި ވެދާނެ އެވެ. ރާއްޖެ އިން ދަޅުގައި ބަންދުކޮށްފައި ބޭރުކުރާ ކަނޑު މަހުގެ ގަދަރު، ދަޅުގައި ބަންދު ކުރެވޭ ކަނޑު މަސް ވިއްކުމުގެ ބައިނަލްއަގުވާމީ މާރުކޭޓުގައި އުފުލިފައި އޮންނަ ކަމުގައި ވެ އެވެ. ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާތީ ވެއެވެ. އެއީ ތިމާވެއްޓާ ރައްޓެހި މަސްވެރިކަމަކަށް ވާތީ ވެ އެވެ.

މިހާރު ފެލިވަރުގެ ކާރުޚާނާ ވުޖޫދަށް އައިތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދިވެސް ޝަކުވާގެ އަޑެއް ނުކުޑެ އެވެ. މިހާރު ވެސް އިވެނީ ދާދި އެއް ޝަކުވާއެއްގެ އަޑެވެ. ފެލިވަރުގެ ކާރުޚާނާގެ ފެންވަރު ރަނގަޅުކޮށް އުފެއްދުންތެރިކަން ފުޅާކުރުމަށް ބައިނަލްއަޤްވާމީ ބޭންކްތަކުގެ އެހީ ލިބޭ ވާހަކަ ވެސް އެކި ފަހަރު އެކި ޚަބަރުން އިވިފައި ވެއެވެ. އަދި ފެލިވަރު ވުޖޫދަށް ގެނައުމަށް އެހީވެ ދިން ޖަޕާނު ސަރުކާރުން ވެސް ފެލިވަރު ކާރުޚާނާގެ ފެންވަރު ރަނގަޅު ކުރުމަށް ދޭތެރެދޭތެރެ އިން އެހީވާ ޚަބަރު ލިބެ އެެެވެ. ވެރިކަމުގައި އެއިރަކު އޮންނަ ސަރުކާރެއްގެ ޚަބަރު ފަތުރާ އިދާރާތަކުންނެވެ. އެހެންނަމަވެސް ފެލިވަރާ ކުރިމަތިވެފައި އޮތް ދަތިތަކުގެ ޝަކުވާގެ އަޑަށް ނިމުމެއް ނާދެ އެވެ.

ރޯ މަސް ގަނެ ވިއްކާ ސަރުކާރުގެ ކާރުޚާނާތަކުން ފައިދާ ނުވާތީވެ ކާރުޚާނާތަކުގެ ބެލެނިވެރިކަން ދޭތެރެ ދޭތެރެއިން ތަފާތު ފަރާތްތަކާ ހަވާލު ކުރެވެ އެވެ. ބައެއް ފަހަރު ސަރުކާރުގެ ހިއްސާ އޮންނަ ފައިދާވާ ކުންފުންޏަކާ އެވެ. އަނެއް ބައި ފަހަރު މަސްވެރިކަމުގެ ވިޔަފާރިއަށް އާ ކުންފުންޏެއް އުފައްދައިގެންނެވެ. މަސްވެރިކަމުގެ މަސައްކަތުން ސަރުކާރަށް ބޮޑު ނަފައެއް ނުވާ ކަމުގައި ވެއެވެ. އެހެންނަމަވެސް ރާއްޖޭގައި ދަޅުގައި ބަންދުކުރެވޭ ކަނޑު މަހަށް ބޭރުގެ މާރުކޭޓް ވަރަށް ދަހިކަމަށް ބުނެވެ އެވެ.

މި ލިއުން ލިއުމަށް، މަސް ގަންނަ ކުންފުނިތަކުގެ އެއްވެސް ބޭފުޅަކާ އަޅުގަނޑު ނުގުޅަމެވެ. އަޅުގަނޑު މައުލޫމާތު ހޯދާފައި ވަނީ އަމިއްލަ ހޯދުންތަކުންނެވެ. މި ގޮތަށް ހެދުމުގެ މައިގަނޑު ސަބަބަކީ މި ލިއުން ލިއުމުގެ މައިގަނޑު ބޭނުމަކީ އެ ކުންފުނިތައް ހިނގާ ގޮތް ދެއްކުން ނޫން ކަމުގައި ވުމެވެ. އަޅުގަނޑުގެ ބޭނުން މި ލިއުން ނިމެން ދެން ވިދާޅު ވެއްޖެ ނަމަ އެނގިވަޑައިގަންނަވާނެ އެވެ. ކުންފުނިތަކުގެ ވެރިންނާ ނުގުޅުމުގެ އަނެއް ސަބަބަކީ ފާއިތުވި އަހަރުތަކުގައި ވަރަށް ގިނަ ފަހަރު އެ ބޭފުޅުން ކުންފުންޏާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް ދައްކަވާފައި ވަނީ ފެހި މަންޒަރެކެވެ. ހަގީގީ މަންޒަރެއް ނޫނެވެ. އެސްޓީއޯގެ ދަށަށް މިފަދަ ކުންފުންޏެއް ދިޔަތާ ކުޑަ ދުވަސްކޮޅެއް ފަހުން، ކުންފުނިން އަމިއްލަ ފައިމައްޗަށް ތެދުވެވިއްޖެކަމާއި ދެން ކުންފުނިން ފެންނާނީ ފައިދާ ކަމަށް ކުންފުނީގެ އިސް ފަރާތަކުން ބުންޏެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެނގުނު ގޮތުގައި އެ ދެއްކެވީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމުގައި ވެއެވެ. ކުންފުނިން ދައްކަމުން ގެންދިޔައީ ގެއްލުމެވެ. އެ ގެއްލުން ކޮންމެވެސް ވަރަކަށް ފޫބެއްދީ މައި ކުންފުނިންނެވެ. އެހެނިހެން ގޮތް ގޮތުންނެވެ. އެ ކުންފުނިން ހޯދި އާމްދަނީއަކުން ނޫނެވެ.

މަސްވެރިކަމަކީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މުހިއްމު ބައެކެވެ. ބުރަކޮށް މަސައްކަތް ކޮށްގެން ބޮޑު އާމްދަނީއެއް ހޯދޭ މަސައްކަތެކެވެ. ޓައީ އަޅައިގެން ތިބެ ގަލަން ކޮއްޕާ މީހުންނަށް ލިބޭ އާމްދަނީ އަށް ވުރެ ބޮޑު އާމްދަނީއެއް މަސްވެރިކަމުގެ މޫސުމުގައި މަހަށް ދާ މީހުން މަސް ބާނައިގެން މަހެއްގެ މައްޗަށް ހޯދަ އެވެ. މަސްވެރިކަމުގެ ސިނާއަތަށް ހަނަފަސް ކަމެއް ނުއަންނާނެ ގޮތަށް ކޮންމެ ސަރުކާރަކުން ވެސް ވަރަށް މަސައްކަތް ކުރެއެވެ. އެހެންނަމަވެސް މަސްވެރިންގެ ޝަކުވާ ހުއްޓުވޭ ވަރަކަށް އެ މަސައްކަތް ކުރެވޭ ކަމަކަށް ނުފެނެ އެވެ. މަސްވެރިކަމަށް ކުރަން ޖެހޭ ޚަރަދު ބޮޑުވުމާއި، ކުރެވޭ ޚަރަދު އަނބުރާ ލިބޭ ވަރަށް މަސްވެރިކަމުން ސަރުކާރަށް އާމްދަނީ ނުލިބޭތީ ވެއެވެ.

އެސްޓީއޯއަކީ ރައްޔިތުންގެ ވެސް ހިއްސާ އޮންނަ ކުންފުންޏެކެވެ. މިހެން ވުމާ އެކު އިގުތިސާދީ ގޮތުން ބަލި، ސަރުކާރުގެ ހުރިހާ ކުންފުންޏެއް އެސްޓީއޯގެ ފުރާޅުގެ ދަށަށް ގެނައުމަކީ ވެސް ގަބޫލުކުރަން އުނދަގޫ ކަމެކެވެ.

މަސް ގަންނަ އަގު ކަންޓްރޯލު ކުރެވެނީ ބޭރުގެ މާރުކޭޓުތަކުގައި އަގު އޮންނަ ގޮތަކުންނެވެ. މަސްވެރިކަން ކުރާ ހުރިހާ ގައުމެއްގައި ވެސް މަސްވެރިކަން ރަނގަޅު ނަމަ ބޭރުގެ މާރުކޭޓްތަކުގައި މަސް ގަންނަ އަގު ދަށަށް ދެ އެވެ. މިހެންވުމާ އެކު މަސް ގަންނަ އަގަކީ ބަދަލުވެ ބަދަލުވެ އޮންނަ އަގެކެވެ. އެހެން ނަމަވެސް މިއީ ރާއްޖޭގައި އަބަދުވެސް ނާޒުކު މައްސަލައެކެވެ. ރައްޔިތުން ވޯޓު ލާން ޖެހޭ އިންތިޚާބެއް ކުރިމަތި ވެފައި އޮތް ކަމުގައި ވަނީ ނަމަ ވެރިކަމަށް އަންނަން އުޅޭ ބަޔަކު އަބަދުވެސް މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ބޮޑުކުރާނެ ކަމަށް ވާހަކަ ދައްކަ އެވެ. ވެރިކަމަށް އައުމުން އެ ކަމަކީ އެހާ ފަސޭހަ ކަމަކަށް ނޫންކަން އެނގެ އެވެ. މަސް ގަންނަ އަގު، ކަނޑައެޅުމުގައި ސަރުކާރުގެ ކަންޓްރޯލުން ބޭރު، ބައިވަރު ކަންތައްތަކާ ގުޅިފައި އޮންނާތީ ވެ އެވެ. ނަތީޖާއަކަށް ވަނީ މިހާރު ކަންތައް ކުރަމުން ދާ ގޮތަށް ކަންތައް ކުރުމެވެ. ރޯ މަސް އަގު ބޮޑުކޮށް ގަނެގެން، ބައިނަލްއަގުވާމީ މާރުކޭޓަށް އަގު ހެޔޮކޮށް ވިއްކުމެވެ. ގެއްލުންވާ ބައިގައި ހިފަނީ ކޮން ބައެއްތޯ އެވެ؟ އަޅުގަނޑުމެންނެވެ. ޓެކްސް ދައްކާ މީހުންނެވެ. މިކަން އަޅުގަނޑުމެންނަށް ސާފުވެގެން ދިޔައީ، މަސްވެރިކަމާ ބެހޭ ގޮތުން ރަނގަޅު ނޫން މައުލޫމާތު މީސް މީޑިއާގައި ޒުވާނުންތަކެއް ހާމަކުރުމުންނެވެ. ރޯމަސް ގަންނަ ކުންފުންޏެއްގެ އިސް ބޭފުޅަކު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވައިގެން ހަގީގަތް ހާމަކުރެއްވުމުންނެވެ.

މަސްވެރިން ހިތްހަމަޖައްސަން، އަަސްލު އަގަށް ވުރެ ބޮޑު އަގެއް ދީގެން މަސް ގަންނަނީ ޓެކްސް ދައްކާ މީހުންގެ ފައިސާ އިންނެވެ. އޭގެ ތެރޭގައި ސީދާ މަސްވެރިން ވެސް ހިމެނެ އެވެ. މަސް ޓަނަކުން އެތައް ސަތޭކަ ޑޮލަރު ގެއްލުންވާ ކަމުގައި ވެއެވެ. މިސާލަކަށް 1،000 ޑޮލަރަށް ވިކޭ މަސް 1،800 ޑޮލަރު ޚަރަދު ކޮށްގެން ބޭރުކުރާ ނަމަ އެއީ މައްސަލައެކެވެ. ޓެކްސް އަށް ދައްކާ ފައިސާ ކުންފުންޏެއް ކޮޅަށް ޖެހުމަށް ޚަރަދު ކުރެވިގެން ނުވާނެ އެވެ. މަސްވެރިންނަށް ލިބޭ ގެއްލުމަށް ސަރުކާރުން ޚަރަދު ކުރަން ބޭނުން ނަމަ މަޖިލީހުން ފާސްކޮށްގެން، އެފަދަ އިޖްތިމާއީ ބޭނުންތަކަށް ޚަރަދުކުުރަން ހުއްދަ ލިބިފައި އޮންނަ މިންގަނޑަކުން ޚަރަދުކުރެވެން ވީ އެވެ. މިހާރު ޚަރަދު ކުރެވޭ ގޮތަށް ރައްޔިތުންނަށް ފޮރުވިގެން ޚަރަދު ކުރެވިގެން ނުވާނެ އެވެ.

އެސްޓީއޯއަކީ ރައްޔިތުންގެ ވެސް ހިއްސާ އޮންނަ ކުންފުންޏެކެވެ. މިހެން ވުމާ އެކު އިގުތިސާދީ ގޮތުން ބަލި، ސަރުކާރުގެ ހުރިހާ ކުންފުންޏެއް އެސްޓީއޯގެ ފުރާޅުގެ ދަށަށް ގެނައުމަކީ ވެސް ގަބޫލުކުރަން އުނދަގޫ ކަމެކެވެ. ކިތަންމެ ކުޑަ އަދަދަކަށް ވިޔަސް ރައްޔިތުންގެ ހިއްސާ، އެސްޓީއޯގައި ހިމެނޭތީ ވެއެވެ. ކުރިއަށް އޮތް އަހަރު އިތުރު ޓެކްސް ނަގަން ފެށުމުން، މި އަޑު، އުފުލުން އަދި މިއަށް ވުރެ ގަދަ ވާނެ އެވެ.