Roadha Mihaaru
ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު ކުރީކޮޅު ބާއްވަނީ

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހު، ތާރީޚު މިމަހު އިއުލާން ކުރަނީ

05 ޖެނުއަރީ 2023

މިއަހަރުގެ ރިޔާސީ އިންތިޚާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބާއްވާނެ ކަމަށާއި އަދި ރަސްމީ ތާރީޚު މިމަހު 15 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިއަހަރުގެ ރިޔާސީ އިންތިޚާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބާއްވާނެ ކަމަށާއި އަދި ރަސްމީ ތާރީޚު މިމަހު 15 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބު މިއަހަރުގެ ސެޕްޓެމްބަރު ކުރީކޮޅު ބޭއްވުމަށް މަސައްކަތް ކުރަމުން ދިޔަޔަސް، ރަސްމީ ތާރީޚު އިއުލާން ކުރާނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ފުރަތަމަ ބުރު ބޭއްވޭތޯ. ތާރީޚު އިއުލާން ކުރާނީ މިމަހުގެ 15 ވަނަ ދުވަހު ބާއްވާ ނޫސް ކޮންފަރެންސެއްގައި." ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި އިންތިޚާބުގެ ރަސްމީ ތާރީޚު ކަނޑައަޅާނީ ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ، ދެވަނަ ބުރަކަށް ވެސް ވަގުތު ލިބޭ ގޮތަށެވެ. އަދި ކެންޑިޑޭޓުން ކުރިމަތިލާން ހުޅުވާލާނެ ތާރީޚާއި ވޯޓުލާން ރަޖިސްޓްރީ ކުރުމަށް ދެވޭނެ މުއްދަތުތައް މިމަހުގެ 15 ދުވަހު އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނު އަސާސީ ބުނާގޮތުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓާއި އިތުރު އެއް ވޯޓު ނުލިބޭނަމަ، ދެވަނަ ބުރަކަށް ދާން ޖެހޭނެ އެވެ.

އެންމެ ފަހުން ރިޔާސީ އިންތިޚާބު ބޭއްވީ ސެޕްޓެމްބަރު 23 ގަ އެވެ. އެފަހަރު ދެ ކެންޑިޑޭޓުން ތިއްބެވުމުން ދެވަނަ ބުރަކަށް ދާކަށް ނުޖެހުނެވެ. އެކަމަކު 2013 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ދެވަނަ ބުރަކަށް ދާން ޖެހުނެވެ.