Roadha Mihaaru
ޕްރައިމަރީ ކާމިޔާބު ނުވާނެކަން ރައީސަށް އެނގޭ: ނަޝީދު

ޕްރައިމަރީ ކާމިޔާބު ނުވާނެކަން ރައީސަށް މިހާރު އެނގޭނެ: ނަޝީދު

12 ޖެނުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ނުވާނެ ކަން އެމަނިކުފާނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ނުވާނެ ކަން އެމަނިކުފާނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ނަޝީދު މިރޭ މާލޭގައި ބޭއްވެވި ޖަލްސާގައި ވިދާޅުވީ އެމަނިކުފާނު ކެމްޕެއިންގައި ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް ފެންނަނީ އެމަނިކުފާނަށް އޮތް ތާއީދު ކަމަށެވެ. އަދި ޕްރައިމަރީގައި ރައީސް ވާދަ ކުރެއްވީ ވަރަށް ފަސޭހައިން ކާމިޔާބުވާނެ ކަމަށް ދެކެވަޑައިގެން ކަމަށް ވިޔަސް، އެކަން ކާމިޔާބު ނުވާނެ ކަން ރައީސާއި ރައީސްގެ ޓީމަށް މިހާރު އެނގޭނެ ކަމަށް ވެސް، ގިނަ ބަޔަކު ބައިވެރިވި އިވެންޓްގައި ނަޝީދު ވިދާޅުވި އެވެ.

"ދެނެއް އަޅުގަނޑުމެން އަތެއް ނުވާނެ. އަޅުގަނޑުމެން މި ތިބީ އެތެރޭ ޓްރެކްގައި. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމަށް މިހާރު މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ދެން އެ ބޭފުޅާ އަށް އަޅުގަނޑުމެން އަތުވާން ނެތްކަން،" ގިނަ ބަޔަކު ބައިވެރިވި އެ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ --- ފޮޓޯ/މިހާރު

މިރޭގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ --- ފޮޓޯ/މިހާރު

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ ސަރުކާރުގެ ކަންކަމާ ބެހުމުގެ ހައިސިއްޔަތެއް މިހާރު އޮތް ބޭފުޅަކަށް ނުވިޔަސް، ކަންކަން ހިނގާ ގޮތް އެމަނިކުފާނު ބައްލަވަ އެވެ. އަދި ސަރުކާރުން ވައުދުވި ކަންކަން ނުފުއްދޭ ކަމަށާއި އަބަދުވެސް އިވެނީ ވަރަށް އަވަހަށް އެކަމެއް ވާނެ ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު ހުރިހާ ރަށެއްގައި ވެސް ފެންނަނީ ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައި ހުރިތަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކުޑަ ޕްރޮޖެކްޓެއް، ބޮޑު ޕްރޮޖެކްޓެއް ނެތް. އަޅުގަނޑަށް ދެންނެވޭނީ ހުރިހާ ޕްރޮޖެކްޓެއް ވެސް އަންނަނީ އަންނަނީއޭ. މިއީ އެމްޑީޕީ މެމްބަރުން ބަލައިގަންނަން ސިޔާސަތެއް ނޫން." ނަޝީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ހޯދި ހެކިތައް 2018 ވަނަ އަހަރުން ފެށިގެން މި ސަރުކާރުގެ އަތުގައި އެބަހުރި ކަމަށާއި އެކަމަކު މިހާތަނަށް އައިއިރު ގެއްލުނު ފައިސާ ދައުލަތަށް ނުހޯދޭތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި އެ ފައިސާ ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ --- ފޮޓޯ/މިހާރު

މިރޭގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ --- ފޮޓޯ/މިހާރު

"އަޅުގަނޑުމެންނަކީ އެއްގޮތަކަށް ވެސް މި ބާވަތުގެ އިންސާފާ ގުޅޭ ކަންކަން ބޭ އިންސާފުން ދާ ތަން ބަލަން ބޭނުންވާ ޕާޓީއެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އިންސާފު. ކުރިއަށް މި އޮތް އިންތިހާބުގައި އިރާދަކުރެއްވިޔާ އެ އިންސާފު އަޅުގަނޑުމެން ހޯދާނަން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ތައާރަފްކުރި ޓެކްސްގެ ނިޒާމުގެ ސަބަބުން ހުރިހާ ރައްޔިތުންނަށް ފައިދާ ލިބެމުން އަންނަ ކަމަށެވެ. އެކަމަކު ތަރައްގީއަކީ ސަރުކާރުގެ ވެރިން ރުއްސައިގެން ލިބޭ އެއްޗެއް ކަމަށް ދެކޭ ބަޔަކު އެބަތިބި ކަމަށް ވިދާޅުވި އެވެ.