Roadha Mihaaru
ކިމްގެ "މިނިމަލިސްޓިކް" ބަދިގެ ދުށިންތަ؟

ކިމްގެ "މިނިމަލިސްޓިކް" ބަދިގެ ދުށިންތަ؟

16 އެޕްރީލް 2022

އެމެރިކާގެ ސޯޝަލް މީޑިއާގެ ރާނީ ކިމް ކާޑޭޝިއަން އަކީ މިނިމަލިޒަމަށް ވަރަށް ލޯބިކުރާ މީހެކެވެ. ވޯގް މެގަޒިން އިން އޭނާގެ ގޯތި ތެރެ ދައްކާލުމުން ފޭނުން ތިބީ ބަސް ހުއްޓިފަ އެވެ. މިނިމަލް ކަމުން ގޭތެރެ ވަރަށް ހުސްކަމުގެ އިހުސާސް ކުރެވޭ ކަމަށް ފޭނުން ބުންޏެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެމެރިކާގެ ސޯޝަލް މީޑިއާގެ ރާނީ ކިމް ކާޑޭޝިއަން އަކީ މިނިމަލިޒަމަށް ވަރަށް ލޯބިކުރާ މީހެކެވެ. ވޯގް މެގަޒިން އިން އޭނާގެ ގޯތި ތެރެ ދައްކާލުމުން ފޭނުން ތިބީ ބަސް ހުއްޓިފަ އެވެ. މިނިމަލް ކަމުން ގޭތެރެ ވަރަށް ހުސްކަމުގެ އިހުސާސް ކުރެވޭ ކަމަށް ފޭނުން ބުންޏެވެ.

ކިމް ވަނީ ވަރަށް ފަހުން އޭނާގެ ބަދިގެ އާއި ކާއެއްޗެހި ބަހައްޓާ ޕޭންޓްރީ އަލުން ރީޑިޒައިން ކޮށްފަ އެވެ. ކިމް ބުނި ގޮތުގައި މިހާރު ބަދިގެ ހުންނާނީ "މިނިމަލިސްޓިކް އަދި ޒެން" ކޮށް ކަމަށެވެ.

ރީޑިޒައިންގެ ފޮޓޯތައް ވެސް އޭނާ އާންމުކުރި އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި، ބޮޑު ކޮޓަރިއެއް އެއްކޮށް ހުރީ ޕޭންޓްރީ އަށް ހާއްސަކޮށްފަ އެވެ. އެތަނުގައި އެއްކޮށް ނިއުޓްރަލް ޓޯން ކުލަ ލާފައި ހުރި އިރު، ހަރުތައް ވެސް ހުރީ އެއް ކުލައެއްގަ އެވެ. ހަރުތަކުގެ ދުރުމިން ބޮޑުއިރު އެ ހަރުތަކުގައި ވެސް ދުރުދުރުގައި އަތުރާލާފައި ހުރީ ނިއުޓްރަލް ކުލަތަކުގެ ތަށިތަކާއި ތެލިތަކެވެ.

ހަރުތަކުގެ އެހެން ހިސާބުގައި ހުރީ ގެއަށް ބޭނުންވާ އެކި ކަހަލަ ކާއެއްޗެހި ސްޓޮކް ކޮށްފަ އެވެ. އެ ހުރިހާ އެއްޗެއް ވެސް ހުރީ ވަރަށް ތަރުތީބުން ރާވައިފަ އެވެ. ޕޭންޓްރީގެ އައިސްއަލަމާރި ވެސް ފުރާލައިފައި ވަނީ ތަފާތު އެކި ކަހަލަ ކާ އެއްޗެހިންނެވެ.

އެ ޑިޒައިން ކަމުނުދާ ކަމަށް ބުނެ ވެސް ބައެއް މީހުން ކޮމެންޓްކުރި އެވެ.