ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މާ ގާބިލުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
16 ޖެނުއަރީ 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މާ ގާބިލުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މިއަދު މެންދުރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ. ނަޝީދު ވިދާޅުވީ ޔާމީނަކީ "ކިޔަވައިގެން ހުރި، ތަންދޮރު ދަންނަ" ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި ޔާމީނާ އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކެމްޕެއިން ކަމަށެވެ.
"ރައީސް ޔާމީނަކީ އިންޓަލެކްޗުއަލް ބޭފުޅެއް. އެކަޑެމިކް ބޭފުޅެއް. ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަނެއް ހުރި ބޭފުޅެއް. އަޅުގަނޑު ނުދެކެން އެއީ އެހާ ތަފާތު ބޭފުޅެއްގެ ގޮތުގައެއް،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނުދެންނެވޭނެ މިހާރުގެ ރައީސް އެ ގޮތޭ."
އިންޑިއާއާ ދެކޮޅަށް ހިންގާ މިފަދަ ކަންކަމަކީ ވަރަށް ހުތުރު ކަންކަން. ކިހިނެއްތޯ، ގައުމެއް އައުޓޭ ކިޔައިފައި އެކަހަލަ ޒެނޮފޯބިކް ކަންކަން ކުރަމުން ގެންދިއުމަކީ އެއްގޮތަކަށް ވެސް ތަރައްގީވަމުން އަންނަ ގައުމެއްގެ ވިސްނުމަކަށް ވެގެން ނުވާނެ: ނަޝީދު
"އިންޑިއާ އައުޓް" ގެ މައްސަލާގައި ނަޝީދު ވިދާޅުވީ އެކަން އެގޮތަށް ނުކުރައްވަން ޔާމީނަށް ގުޅުއްވައި ތަކުރާރުކޮށް އެދިވަޑައިގެންފައި ވާނެ ކަމަށެވެ. އެކަމާ މެދު ޔާމީން ވިސްނަވައި، އެ ހިޔާލު ދޫކޮށްލެއްވުމަށް ވެސް ނަޝީދު އެދިވަޑައިގަތެވެ.
"އިންޑިއާއާ ދެކޮޅަށް ހިންގާ މިފަދަ ކަންކަމަކީ ވަރަށް ހުތުރު ކަންކަން. ކިހިނެއްތޯ، ގައުމެއް އައުޓޭ ކިޔައިފައި އެ ކަހަލަ ޒެނޮފޯބިކް ކަންކަން ކުރަމުން ގެންދިއުމަކީ އެއްގޮތަކަށް ވެސް ތަރައްގީވަމުން އަންނަ ގައުމެއްގެ ވިސްނުމަކަށް ވެގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމާއި ޔާމީނާ މެދު އެއްވެސް ރުޅިވެރިކަމެއް އެ މަނިކުފާނުގެ ނެތް ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމްގެ މެންބަރުން ވެސް އެ މަނިކުފާނަށް މަރުހަބާ ދެންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ މި ސަރުކާރުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ފަސް އަހަރު ނިމިގެންދާއިރު، މި ސަރުކާރުގެ ގިނަ މަޝްރޫއުތަށް އަދިވެސް ނުނިމި އެބައޮތް ކަމަށާއި އެއީ ނާގާބިލު ބަޔަކު ގައުމު ހިންގަން ތިބުމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ވޯޓު ފޮށި ފަޅާލައިގެން ހައްޔަރުކުރީ ޕީޕީއެމް މީހެއް!
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
މަޝްވަރާއަށް ޕީޕީއެމް ތައްޔާރު، ޔާމީން ދޫކޮށްލަންޖެހޭ
ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން، ޕީޕީއެމް: ރައީސް
ޖޭޕީން ސިޔާސީ މަސްރަހު އަނބުރާލަފާނެ؟
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން ކޯޓަށް
ގޮތްޕަކުން ރިޔާސީ ކެންޑިޑޭޓް ބަދަލު ނުކުރެވޭނެ: ޝަރީފް
ފެކްޝަންތަކާއެކު މަސައްކަތްކުރުމަށް ނަޝީދު ގޮވާލައްވައިފި
އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުމެއް ނަޝީދުގެ ނެތް