Roadha Mihaaru
ޔާމީނާ އެކު ސިޔާސީ މަސައްކަތެއް ނުކުރާނަން: ރައީސް

ޔާމީނާ އެކު ސިޔާސީ މަސައްކަތެއް ނުކުރާނަން: ރައީސް

20 ޖެނުއަރީ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސްގެ ކެމްޕެއިން ނިންމުމަށް މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީ ހިމާޔަތް ކުރުމަށްޓަކައި ދުވަހަކު ވެސް ނުކުރެވޭނެ ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ކުރި އަނިޔާގެ ފަހަތުގައި ތިއްބެވި ސިޔާސީ ބޭފުންނާއެކު އެމަނިކުފާނު ކުރައްވާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، ޔާމީނާ އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ މީހުންނާ އެކު ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ. ރައީސް ޔާމީން އޯކޭއެއް ނޫން. އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެ،" ޔާމީނަށް ތާއީދު ކުރައްވާ ނަޝީދު ވާހަކަފުޅު ދެއްކެވުމުން އޭގެ ރައްދުގައި ރައީސް މިރޭ ވިދާޅުވި އެވެ.

އެންމެ ގިނަ ތަފާތު މަޝްރޫއުތައް ފަސް އަހަރުގެ ތެރޭގައި ހިންގީ މި ސަރުކާރުން ކަމަށާއި އެހެންވެ، އެ މަޝްރޫއު ކުރިއަށް ގެންދާނީތޯ ނުވަތަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން އެމްޑީޕީގެ މަގުމަތީގެ ހަރަކާތްތަކަށް ނިކުންނާނީތޯ އެމްޑީޕީގެ މެމްބަރުން ނިންމަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

މިރޭގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

ރައީސް ވިދާޅުވީ ރާއްޖެއަށް ގެނައި ހުރިހާ ތަރައްގީ އާއި ހެޔޮ ބަދަލުތަކަކީ އެމްޑީޕީގެ މެމްބަރުން މަސައްކަތުން ގެނައި ބަދަލުތައް ކަމަށެވެ. އަދި މިފަހަރުގެ ޕްރައިމަރީއަކީ އެ ބަދަލުތައް ދަމަހައްޓަން އެމްޑީޕީއަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދަން ލިބޭ ފުރަތަމަ ފުރުސަތު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ތި ބޭފުޅުން އަޅުގަނޑާ އެކު މި ފުރުސަތުގެ ބޭނުން ހިއްޕަވާ. އަޅުގަނޑު މިހިރީ ތައްޔާރަށް. ތަފާތު ބޮޑު ތާއީދާ އެކު އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ޕްރައިމަރީ ކާމިޔާބު ކުރާނަން. އޭގައި އެއްވެސް ޝައްކެއް ނެތް. މިތަނުން މި އޮތީ އެކަން ނިންމާފައި. ނިމިއްޖެ، ނިމިއްޖެ،" ރައީސް ވިދާޅުވި އެވެ.

ވެރިކަމުގެ ދައުރެއްގެ ތެރޭގައި މާލޭގައި އިމާރާތްކުރަން ފެށި ފްލެޓްތަކުގެ މަސައްކަތް ނިންމައި، އެ ފްލެޓްތައް ހަވާލު ކުރާނެ ފުރަތަމަ ސަރުކާރަކީ މި ސަރުކާރު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެތައް އެއާޕޯޓެއްގެ މަސައްކަތް ނިމިފައި ވާއިރު އައްޑޫގެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް މި ސަރުކާރުން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.