Roadha Mihaaru
ނިއުޒީލެންޑްގެ ބޮޑުވަޒީރަކަށް ކުރީގެ ކޮވިޑް މިނިސްޓަރު

ކޮވިޑް މިނިސްޓަރަކަށް ކުރެއްވި ހިޕްކިންސް ނިއު ޒީލެންޑްގެ ބޮޑު ވަޒީރު ކަމަށް

21 ޖެނުއަރީ 2023

ވެލިންޓަން (ޖެނުއަރީ 21) - ނިއު ޒީލޭންޑްގެ އާ ބޮޑު ވަޒީރު ކަމަށް ކުރިން ކޮވިޑް މިނިސްޓަރުކަން ކުރެއްވި ކްރިސް ހިޕްކިންސް އިންތިހާބު ކުރަން ތައްޔާރުވެއްޖެ އެވެ.

ވެލިންޓަން (ޖެނުއަރީ 21) - ނިއު ޒީލޭންޑްގެ އާ ބޮޑު ވަޒީރު ކަމަށް ކުރިން ކޮވިޑް މިނިސްޓަރުކަން ކުރެއްވި ކްރިސް ހިޕްކިންސް އިންތިހާބު ކުރަން ތައްޔާރުވެއްޖެ އެވެ.

ނިއު ޒީލޭންޑްގެ ބޮޑު ވަޒީރުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޖެސިންޑާ އާޑަން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

ހިޕްކިންސް މިހާރު އަދާ ކުރައްވަމުން ގެންދަވަނީ އެޑިއުކޭޝަނާއި ޕޮލިސް އަދި ޕަބްލިކް ސާވިސް މިނިސްޓަރުގެ ކަމުގެ މަގާމެވެ. އެކަމަކު އޭނާ އަށް ދުނިޔޭގެ ސަމާލުކަން ލިބުނީ ނޮވެމްބަރު 2020 ގައި ކޮވިޑް-19 އާ ގުޅޭ ވުޒާރާއެއް އުފައްދަވައި އެ މިނިސްޓްރީގެ މިނިސްޓަރަކަށް އޭނާ އައްޔަން ކުރެއްވުމުންނެވެ.

ބޮޑު ވަޒީރުކަން އޭނާ އަށް ލިބިވަޑައިގަންނަވާނީ މާދަމާ ބާއްވާ ހައުސް އޮފް ރެޕްރެޒެންޓޭޓވް ޖަލްސާގައި އޭނާގެ ނަން ފާސް ވުމުންނެވެ. ބޮޑު ވަޒީރުކަށް ވުމަށް ނަން ހުށަހެޅީ ވެސް އޭނާ އެކަންޏެވެ. މި އަހަރު އޮކްޓޯބަރު މަހާ ހަމައަށް އޭނާ މަގާމުގައި ދެމިހުންނަވާނެ އެވެ.

ބަރުލަމާނީ ނިޒާމަށް އަމަލު ކުރާ ނިއު ޒީލޭންޑްގެ މަޖިލިސްގެ އިންތިހާބު އޮކްޓީބަރު މަހު އޮންނާނެ އެވެ.