ލަންޑަން (ޖެނުއަރީ 17) - ޓޮޓެންހަމް ހޮޓްސްޕާސް އަށް މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދޭނެ ކަމަށް އެ ޓީމުގެ ފޯވާޑް ހެރީ ކޭން ބުނެފި އެވެ.
17 ޖެނުއަރީ 2017
ލަންޑަން (ޖެނުއަރީ 17) - ޓޮޓެންހަމް ހޮޓްސްޕާސް އަށް މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދޭނެ ކަމަށް އެ ޓީމުގެ ފޯވާޑް ހެރީ ކޭން ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަަނައިގައި މި ވަގުތު ޗެލްސީ އޮތީ 21 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައިވަނީ 21 މެޗުން 45 ޕޮއިންޓެވެ.
ޗެލްސީން ލީގުގައި ހުރިހާ މެޗަކުން މޮޅުވަމުން އައި ސިލްސިލާ އަށް ނިމުމެއް ގެނައީ ޓޮޓެންހަމުންނެވެ. ލީގުގެ މި ވަގުތުގެ ފޯމަށް ބަލާއިރު އެންމެ ކުރީގައި އޮތީ ޓޮޓެންހަމް އެވެ. އެ ޓީމުގެ ފޯވާޑް ކޭން ބުނީ މިއީ ކާމިޔާބު އަހަރަކަށް ހެދުމަށް އެ ޓީމުގެ ހުރިހާ ކުޅުންތެރިން ތިބީ އަޒުމް ކަނޑައަޅައިގެން ކަމަށެވެ.
"މިދިޔަ އަހަރު ވެސް އަހަރެމެން ވަރަށް ގާތުން ލީގާ ވާދަކުރި. މި ފަހަރު ފެށުން ދިޔައީ އެންމެ ރަނގަޅަކަށް ނޫން. އެކަމަކު އަހަރެމެން އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު މި ޓީމު ކާމިޔާބީ އަކަށް ކެތްމަދުވެފައި ތިބި މިންވަރު ވަރަށް ރަނގަޅަށް ފެނިއްޖެ،" ކޭން ބުންޏެވެ. "ޓޮޓެންހަމަށް މި ފަހަރު ލީގު ކާމިޔާބު ކުރެވިދާނެ."
އިނގިރޭސި ލީގު ޓޮޓެންހަމް އެންމެ ފަހުން އުފުލާލީ 1961 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން އެ ޓީމަށް ލީގުގައި މާ ބޮޑު ކާމިޔާބީއެއް ލިބިފައިނުވެ އެވެ.
"ތެދެއް ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ޓޮޓެންހަމަށް ލީގު ކާމިޔާބު ނުކުރެވޭތާ. އެކަމަކު މިހާރު އޮތީ ޒުވާން ޓީމެއް. މޮޅުވާން އެނގޭ ޓީމެއް. ތަޖުރިބާގެ ގޮތުން ބެލިޔަސް ހުނަރަށް ބެލިޔަސް މި ޓީމުގައި ބޮޑެތި ކާމިޔާބީ ހޯދޭނެ ކުޅުންތެރިން އެބަތިބި،" ކޭން ބުންޏެވެ.
ލީގުގައި އެންމެ ފަހުން ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް ވަނީ ފަސޭހަކަމާ އެކު މޮޅުވެފަ އެވެ. އެ މެޗުގައި ކޭން ވަނީ ހެޓްރިކެއް ހަދައިފަ އެވެ.
"އަހަރެންގެ އަމިއްލަ ފޯމަށް ބެލިޔަސް މިހާރު ކުރިޔަށް ފިޔަވަޅެއް އެޅިއްޖެ. ބޭނުންވަނީ ސީޒަންގެ ބާކީބައިގައި އިތުރު ލަނޑު ޖަހައި ތަށްޓަކާ އެކު ސީޒަން ނިންމާލަން،" ކޭން ބުންޏެވެ.
ލީގުގައި ދެން ޓޮޓެންހަމް ކުޅޭނީ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީއާ އެވެ.
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
ނިއުކާސަލް އަށް ހުއްޓުމެއް ނައި، ޓޮޓެންހަމް އެއްވަރު
ކޭންގެ ދެ ލަނޑާ އެކު ޓޮޓެންހަމް ކުރިއަށް
ޕްރިމިއާ ލީގުގައި 270 މެޗުން، ކޭން 176 ލަނޑު
ކޭން އަށް އަނިޔާގެ މައްސަލައެއް
ކޭން އަށް އަނެއްކާ ވެސް ރެކޯޑެއް
ކޭން ނެތި ޔުނައިޓެޑް ބަލިކުރެވިދާނެ: ޕޮޗެޓީނޯ
ކޭންގެ މޮޅު ވާހަކަ ނުދައްކަނީ ތަށި ނުހޯދާތީ: ޕޮޗެޓީނޯ
ކޭން އަކީ ވިއްކާ ކުޅުންތެރިއެއް ނޫން: ޕޮޗެޓީނޯ
އާސެނަލް އަނެއްކާ ވެސް ޗެމްޕިއަނުންގެ ރޭހަށް