Roadha Mihaaru
ދިރާގު ޓީވީގެ ލައިސަންސް މައްސަލަ އަނބުރާ ގެންގޮސްފި

ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރި މައްސަލަ އަނބުރާ ގެންގޮސްފި

26 ޖެނުއަރީ 2023

ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި މައްސަލާގައި ދިރާގުން އެ ކޮމިޝަނާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި މައްސަލާގައި ދިރާގުން އެ ކޮމިޝަނާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވާއިދެއްގެ ދަށުން ދިރާގު ޓީވީގެ ރީ ބްރޯޑްކާސްޓިން ލައިސަންސް އާ ނުކުރަން އެ ކޮމިޝަނުން ނިންމީ ދިރާގަކީ ބޭރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާތީ އެވެ. ދިރާގުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ނިންމުން ބާތިލް ކުރުމަށެވެ.

އެ ދައުވާ އަނބުރާ ގެންދަން ދިރާގުން އެދުމުން ކޯޓުން އިއްޔެ ވަނީ ދައުވާ ބާތިލްކޮށްފަ އެވެ.

ދިރާގުން މައްސަލަ އަނބުރާ ގެންދިޔައިރު، އެ މައްސަަލަ ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ. އެކަމަކު މައްސަލަ އަނބުރާ ގެންދިއުމާ އެކު، އެ އަމުރު ނިމުމަކަށް އަންނާނެ އެވެ.

ދިރާގުން ފަހުން ވަނީ މިމަހުގެ 29 އިން ފެށިގެން ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލަން ނިންމައިފަ އެވެ.