Roadha Mihaaru
"ހިޔާގައި ކުއްޖާ މަރުވި މައްސަލަ ތަހުގީގުކޮށް ނުނިމޭ"

ހިޔާގައި ކުއްޖާ މަރުވި މައްސަލަ ތަހުގީގުކޮށް އަދި ނުނިމޭ: މިނިސްޓްރީ

17 ޖެނުއަރީ 2017

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މިދިޔަ އަހަރު މަރުވި ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ތަހުގީގުކޮށް އަދިވެސް ނުނިމޭ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.،

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މިދިޔަ އަހަރު މަރުވި ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ތަހުގީގުކޮށް އަދިވެސް ނުނިމޭ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.،

ފިޔަވަތީގައި ބަލަަހައްޓަމުން ދިޔަ ފަސް މަހުގެ ތުއްތު ފިރިހެން ކުއްޖަކު ވަނީ މިދިޔަ އޮކްޓޫބަރު 17 ވަނަ ދުވަހު މަރުވެފަ އެވެ. އެ ތުއްތުކުއްޖާގެ މަރުގެ މައްސަލަ ތަހުގީގުކުރަން، ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން ވަނީ ފަށައިފަ އެވެ. އަދި ފުލުހުން ވަނީ އެ މަރުގެ މައްސަލައިގެ ޝައްކުތަކެއް ހުރެގެން ޕޯސްޓްމޯޓަމް ވެސް ހަދައިފަ އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ކުއްޖާގެ މަރުގެ މައްސަލާގައި އިންޓާނަލް ރިވިއުއެއް ހަދަމުން އަންނަ ކަމަށާއި އެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ.

އެ މައްސަލައިގެ ރިވިއު ހަދަމުން އަންނަނީ، އެޓާނީ ޖެނެރަލް އޮފީހާއި އައިޖީއެމްއެޗާއި ޕީޖީ އޮފީހުގެ އިިތުރުން ޝީގެ ފަރާތުން މަންދޫބުން ހިމެނޭ ކޮމެޓީއަކުންނެވެ.

"އެ މައްސަލައިގެ އިންޓާނަލް ރިވިއު ހަދަމުން އަންނަނީ ކަމާގުޅޭ ދާއިރާތަކާ އެކު ހަދާފައިވާ ކޮމެޓީން. ވަރަށް ހަލުއިކޮށް އެކަން ކުރިއަށްދޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ފިރިހެން ކުއްޖާގެ މަރަށް މިއަދު ތިން މަސް ވި އިރު ވެސް، ކުއްލިއަކަށް އެ ކުއްޖާ މަރުވީ ކީއްވެގެން ކަމެއް މިނިސްޓްރީ އަދި ފުލުހުންނެއް ވެސް ނުބުނެ އެވެ. ނަމަވެސް އެ ކުއްޖާ މަރުވި ދުވަހު ޝައްކުތަކެއް ހުރެގެން ވަނީ އަތުގެ ސީޓީ ސްކޭނެއް ހަދައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޯސްޓްމޯޓަމްގެ އިނީޝިއަލް ރިޕޯޓު ލިބިފައިވާ ކަމަށާއި އަދި އެ ރިޕޯޓުގައި ހިމަނާފައިވާ ކަންތައްތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ ފިރިހެން ކުއްޖާ އަކީ ވިހާފައި ހޮސްޕިޓަލަށް ދޫކޮށްލުމުން ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ކުއްޖެކެވެ. ކުއްޖާ މަރުވި އިރު ވެސް ނަމެއް ކިޔާފައެއްނުވެ އެވެ.