Roadha Mihaaru
މުޒާހަރާތެރެއަށް ވަދެގަތް މީހާގެ ސައިކަލް ޓޯ ކޮށްފި

އިދިކޮޅުގެ މުޒާހަރާގެ ތެރެއަށް ވަދެގަތް މީހާގެ ސައިކަލް ޓޯ ކޮށްފި

03 ފެބުރުއަރީ 2023

ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި މިއަދު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ހިނގާލުމުގެ ތެރެއަށް ސައިކަލެއްގައި ވަދެގަތް މީހަކަށް ފުލުހުން ފިޔަވަޅު އަޅައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި މިއަދު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ހިނގާލުމުގެ ތެރެއަށް ސައިކަލެއްގައި ވަދެގަތް މީހަކަށް ފުލުހުން ފިޔަވަޅު އަޅައިފި އެވެ.

އެނގިފައިވާ ގޮތުގައި، މިއަދު ހަވީރު އިދިކޮޅުން ބޭއްވި "ބުންވަރު ހިނގާލުމު" ގެ ތެރެއަށް ރީނދޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި އެ މީހާ ވަދެގަތުމުން ބައެއް މީހުންގެ ގައިގައި ޖެހުނެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެކަމާ ހެދި މުޒާހަރާގެ ބައިވެރިންނާ އެ މީހާއާ ދެމެދު ވެސް ހަމަނުޖެހުން ހިނގި އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން މިއަދު ބުނީ، ސިޔާސީ ޕާޓީއަކުން މިއަދު ބޭއްވި ހިނގާލުމުގެ ތެރެއަށް ސައިކަލެއްގައި ވަތް މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު ޓްރެފިކް ގާނޫނުގެ ދަށުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާއަށް އެޅި ފިޔަވަޅަކީ އޭނާގެ ސައިކަލު 15 ދުވަހުގެ މުއްދަތަށް ޓޯ ކުރުމެވެ.

އެ ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުން އެ މީހާ އެތަނުން ދުރަށް ގެންގޮސް ހަމަނުޖެހުން ހުއްޓުވަން މަސައްކަތް ކުރި އެވެ.