Roadha Mihaaru
ރިޔާސީ ބަޔާނަށް ހުރަސްއެޅުމުން ޖަލްސާ މެދުކަނޑާލައިފި

ރިޔާސީ ބަޔާނަށް ހުރަސް އެޅުމުން އިދިކޮޅު މެންބަރުން ތަޅުމުން ނެރެ، މަޖިލިސް މެދު ކަނޑާލައިފި

06 ފެބުރުއަރީ 2023

ރައްޔިތުންގެ މަޖިލީހުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާ އެކު އިދިކޮޅު ފަރާތްތަކުން އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފެށުމުން ޕީޕީއެމް/ޕީއެންސީގެ ތިން މެންބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަށް ވަޑައިގެން ރައީސް ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ރައީސް ތަގުރީރު ކުރައްވާ ޕޯޑިއަމް ކުރިމައްޗަށް ވަޑައިގެން އަޑުގަދަ ކުރައްވަން ފަށައިފަ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަށް ރައީސްގެ ދެކަނބަލުން މަޖިލީހަށް މިއަދު ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަށް ރައީސްގެ ދެކަނބަލުން މަޖިލީހަށް މިއަދު ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވައި މަޖިލީހުން ނެރެން އަންގައިފަ އެވެ. އެއާ އެކު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒްއުލް ރަޝީދުގެ ނަން ވެސް އިއްވައި މަޖިލީހުން ނެރެން ނަޝީދު އެންގެވި އެވެ.

ނަޝީދު ވިދާޅުވީ އެ މެންބަރުން މަޖިލީހުގެ ތަޅުމުން ބޭރު ކުރަންދެން ޖަލްސާ މި ވަގުތަށް މެދު ކަނޑާލާނެ ކަމަށެވެ.

އިދިކޮޅުން މިއަދު މުޒާހަރާ ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އިދިކޮޅުން މިއަދު މުޒާހަރާ ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވުމަށް ރައީސް މަޖިލީހަށް ވަޑައިގަތުމުގެ ކުރިން، ރޯޝަނީ މަގުގައި އިދިކޮޅުން އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ. އެ މުޒާހަރާގައި މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.