Roadha Mihaaru
ދެ ދަރިންނާއި މަންމަ އިމާރާތުގެދަށުގައި 30 ގަޑިއިރު

ބިންހެލުމުގައި ދެ ދަރިންނާއި މަންމަ އިމާރާތުގެ ދަށުގައި 30 ގަޑިއިރު، ދިރިތިއްބާ ސަލާމަތްކޮށްފި

07 ފެބުރުއަރީ 2023

ހަޓައި (ފެބްރުއަރީ 7) - ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް އިއްޔެ އައި ބާރުގަދަ ދެ ބިންހެލުމުގައި ވެއްޓި ފުނޑުފުނޑުވެފައި އޮތް އިމާރާތުގެ ދަށުގައި 30 ގަޑިއިރު ވަންދެން އޮތް މަންމަ އާއި އޭނާގެ އަންހެން ދެ ދަރިން ސަލާމަތްކޮށްފި އެވެ.

ހަޓައި (ފެބްރުއަރީ 7) - ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް އިއްޔެ އައި ބާރުގަދަ ދެ ބިންހެލުމުގައި ވެއްޓި ފުނޑުފުނޑުވެފައި އޮތް އިމާރާތުގެ ދަށުގައި 30 ގަޑިއިރު ވަންދެން އޮތް މަންމަ އާއި އޭނާގެ އަންހެން ދެ ދަރިން ސަލާމަތްކޮށްފި އެވެ.

ބިންހެލުމުގައި ފުނޑުފުނޑު ވެފައިވާ ތުރުކީގެ ދެކުނު ސަރަހައްދުގެ 10 ޕްރޮވިންސުން މިހާތަނަށް މުޅިން ހިތާމަވެރި ހަބަރު ލިބެމުން ގޮސް، ލިބުނު އެންމެ އުފާވެރި ހަބަރަކީ މި އެވެ. އަދި މިހާތަނަށް އިމާރާތްތަކުގެ ދަށުން ސަލާމަތް ކުރި 8000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން، ރެސްކިއު ޓީމުގެ މޫނު މަތިން އެންމެ އުފާވެރިކަން ފެނުނީ މަންމަ އާއި ދެ ދަރިން ސަލާމަތް ކުރެވުމުންނެވެ.

ފުނޑުފުނޑުވެ ކުނޑި އަށް ވެފައިވާ އިމާރާތްތަކުގެ ދަށުން މަންމަ އާއި ދަރިން ދަމާފައި ކަހަލަގޮތަށް ނަގައިގެން ރަޖާ ގަނޑަކަށް ލައިގެން ގެންދިޔައީ އެންބިއުލާންސަށެވެ.

ތުރުކީގެ އަނަޑޮލޫ ނިއުސް އެޖެންސީން ބުނީ އެމްބިއުލާންސްގައި ސިއްހީ ފަރުވާ ދޭ ކޭމްޕަށް ގެންދިޔަ މަގުމަތީގައި އެއް ކުއްޖެއްގެ ނޭވާ ހުއްޓުނު ކަމަށެވެ. އެކަމަކު ކުއްލި ފަރުވާ ދޭ ޓީމުގެ އެހީގައި އެކަން ހަމަޔަކަށް އެޅުނު ކަމަށް އެ އެޖެންސީން ރިޕޯޓް ކޮށްފައި ވެއެވެ. މިހާރު އެ ތިން މައިންނަށް ވެސް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ތުރުކީގެ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތުގެ ދަށުން 30 ގަޑިއރަށް ފަހު ދިރިތިއްބާ ފެނުނު އާއިލާގެ މެންބަރުންގެ ތެރެއިން މަންމަ

ތުރުކީގެ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތުގެ ދަށުން 30 ގަޑިއރަށް ފަހު ދިރިތިއްބާ ފެނުނު އާއިލާގެ މެންބަރުންގެ ތެރެއިން މަންމަ

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ޕްރޮވިންސަކީ ހަޓައި އެވެ. ރެސްކިއު ޓީމުން ދަނީ ގަދަ ފިނީގައި ވެސް މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ތުރުކީ އަށް މި ދުވަސްވަރަކީ ފިނި މޫސުމެވެ. ސްނޯގެ އަސަރު އެ ހިސާބުތަކަށް ދަނީ ކުރަމުންނެވެ.

ބިންހެލުން އައި 10 ޕްރޮވިންސަށް ތުރުކީން ވަނީ ތިން މަސް ދުވަސް ވަންދެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އާންމު ފޯނު ބޭނުން ކުރަން ހުއްޓާލައި ރެސްކިއު ޓީމަށް އެހީ ވުމަށް ތުރުކީގެ ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. އަދި އެމްބިއުލާންސާއި އެހީގެ ސާމާނު ހިފައިގެންދާ ވެހިކަލްތަކަށް ޖާގަ ދިނުމުގެ ގޮތުން އާންމުން މަގުތަކުގައި އެއްޗިހި ނުދުއްވުމަށް ވެސް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.

ބިންހެލުމުގައި ސީރިއާ އާއި ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 5،000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.