Roadha Mihaaru
ސީރިއާ-ތުރުކީ: ދިވެހިންގެ ފަރާތުން 9 މިލިއަން ރުފިޔާ

ސީރިއާ-ތުރުކީގެ މީހުންނަށް އެހީވާން ދިވެހިންގެ ފަރާތުން 9 މިލިއަން ރުފިޔާ

09 މާޗް 2023

ތުރުކީގެ އިރުމަތީ ސަރަހައްދަށާއި ސީރިއާ އަށް މިދިޔަ މަހު އައި ބާރު ގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ދޭން ދިވެހިންގެ ފަރާތުން ނުވަ މިލިއަނަށް އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ތުރުކީގެ އިރުމަތީ ސަރަހައްދަށާއި ސީރިއާ އަށް މިދިޔަ މަހު އައި ބާރު ގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ދޭން ދިވެހިންގެ ފަރާތުން ނުވަ މިލިއަނަށް އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން މިއަދު ބުނެފި އެވެ.

ފައިސާ ހޯދުމުގެ މަސައްކަތުގައި ރާއްޖޭގެ ޖަމިއްޔާ/ޖަމާއަތްތަކުން ގިނަ މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ. ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި މިދިޔަ މަހު ފަންޑުފޮށި ބެހެއްޓުމާއި އެހީވުމަށް އިތުރު ހަރަކާތްތަައް ވެސް އަންނަނީ ހިންގަމުންނެވެ.

އައިއޭސީގެ ޑިރެކްޓަ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް، އަޒްހަދު އަހްމަދު "މިހާރު" އަށް ވިދާޅުވީ ދިވެހިންގެ ފަރާތުން މިހާތަނަށް ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެހީ ހޯދުމުގެ މަސައްކަތް ހުއްޓާލުމަށް ނިންމާފައި ނުވާ ކަމަށާއި ފަންޑުފޮށިތަކަށް މިހާރު ވެސް ފައިސާ ލެވޭނެ ކަމަށާއި އެކައުންޓަށް ޖަމާކޮށްގެން ވެސް އެހީ ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތުރުކީ-ސީރިއާ ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގައި އައިއޭސީން ހަރަކާތްތެރިވަނީ--

ތުރުކީ-ސީރިއާ ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގައި އައިއޭސީން ހަރަކާތްތެރިވަނީ--

ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގަތަރުން މޮބައިލް ހޯމް ނުވަތަ ކޮންޓެއިނާ ހައުސްތަކެއް ވަނީ އެ ގައުމަށް ފޮނުވައިފަ އެވެ.

އަޒްހަދު ވިދާޅުވިގޮތުގައި، އައިއޭސީން ވެސް މިހާރު މަސައްކަތް ކުރަނީ އޭގެ ގެ ތަކެއް ދިނުމަށެވެ. އެއީ ދެ ކޮޓަރި އާއި ފާހަނާއެއް ހިމެނޭ 30 ގެކަމަށް އޭނާ ވިދާޅުވި އެވެ.

އައިއޭސީން މިހާރު އަންނަނީ ދެ ޓަނުގެ ހަނޑޫ އެ ގައުމަށް ފޮނުމަށް ތައްޔާރުވަމުންނެވެ.

ތުރުކީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އައިއޭސީން އެހީވަމުން އަންނައިރު، ހާލުގައި ޖެހިފައިވާ މީހުންނަށް، ކޮންމެ ދުވަހަކު އަންނަނީ ޕާރުސަލާއި އަންނައުނު ބަހަމުންނެވެ.

ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިން ހެލުމުގައި މިހާތަނަށް 45،000 މީހުންނަށް ވުރެ ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެފަ އެވެ. އަދި ލައްކައަކާ ގާތްކުރާ އަދަދަކަށް މީހުންނަށް އަނިޔާވެ، އަންނަނީ ފަރުވާ ދެމުންނެވެ.