Roadha Mihaaru
ތުރުކީ އާއި ސީރިއާ އަށް އެހީވާން ފަންޑުފޮށި ބަހައްޓަނީ

ތުރުކީ-ސީރިއާ އަށް އެހީވާން މިސްކިތްތަކުގައި ފަންޑުފޮށި ބަހައްޓަނީ

15 ފެބުރުއަރީ 2023

ތުރުކީގެ އިރުމަތީ ސަރަހައްދަށާއި ސީރިއާ އަށް މިދިޔަ ހަފުތާގައި އައި ބާރު ގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ފައިސާ ހޯދުމުގެ މަސައްކަތް ރާއްޖޭގެ ބައެއް ޖަމިއްޔާ/ޖަމާއަތްތަކުން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ތުރުކީގެ އިރުމަތީ ސަރަހައްދަށާއި ސީރިއާ އަށް މިދިޔަ ހަފުތާގައި އައި ބާރު ގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ފައިސާ ހޯދުމުގެ މަސައްކަތް ރާއްޖޭގެ ބައެއް ޖަމިއްޔާ/ޖަމާއަތްތަކުން ފަށައިފި އެވެ.

"އެއް އުންމަތެކޭ މިއީ" ގެ ނަމުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އިސްނަގައިގެން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާއި ޖަމިއްޔާ/ ޖަމާއަތްތައް ގުޅިގެން ހިންގާ އެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ބޭނުމަކީ ހާލުގައި ޖެހިފައިވާ މީހުންނަށް ހިތްވަރު ދިނުން ކަމަށެވެ.

މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގަ އާއި ރަށްރަށުގައި ހުންނަ ބޮޑެތި މިސްކިތްތަކުގަައި އަންނަ ހުކުރު ދުވަހުން ފެށިގެން ފަންޑް ފޮށި ބަހައްޓާނެ އެވެ. ޝަހީމް ވިދާޅުވިގޮތުގައި، އެ ބޭފުޅުން މަސައްކަތް ކުރައްވަނީ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ފަނޑު ފޮށި ބެހެއްޓުމަށެވެ.

މިއަދުގެ ނިއުސް ކޮންފަރެންސްގައި ޑރ. ޝަހީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މިއަދުގެ ނިއުސް ކޮންފަރެންސްގައި ޑރ. ޝަހީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ދިވެހި ވިޔަފާރިވެރިންނާއި އެކި ޖަމިއްޔާތަކުންނާއި މަދަނީ އަދި ދީނީ ހިދުމަތުގެ ޖަމިއްޔާތަކުން، ހުރިހާ ޖަމިއްޔާތަކުން، ރަށްރަށުގައި ތިބި ޖަމިއްޔާތަކުން ވެސް މި ކަމުގައި އިސް ނަގައިގެން ހަރަކާތްތެރިވާން އަޅުގަނޑުމެން ގޮވާލަން،" ޝަހީމް ވިދާޅުވި އެވެ.

ތުރުކީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އައިއޭސީން އަންނަނީ އެހީވަމުންނެވެ. ތުރުކީގައި ހާލުގައި ޖެހިފައިވާ މީހުންނަށް، ކޮންމެ ދުވަހަކު އަންނަނީ ޕާރުސަލާއި އަންނައުނު ބަހަމުންނެވެ.

ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިން ހެލުމުގައި މިހާތަނަށް 41،000 މީހުން ވަނީ މަރުވެފަ އެވެ. އަދި ލައްކައަކާ ގާތްކުރާ އަދަދަކަށް މީހުންނަށް އަނިޔާވެ، އަންނަނީ ފަރުވާ ދެމުންނެވެ.