Roadha Mihaaru
މިނިސްޓަރު އަސްލަމް ދުވަސްކޮޅަކަށް އައްޑުއަށް ބަދަލުވަނީ

މަގު ހެދުމުގެ މައްސަލަތައް ހައްލުކުރަން އަސްލަމް ދުވަސްކޮޅަކަށް އައްޑުއަށް ބަދަލުވަނީ

08 ފެބުރުއަރީ 2023

އައްޑޫގައި ހިނގާ މަޝްރޫއުތައް ބަލަހައްޓަވައި މަސައްކަތް އަވަސްކުރަން ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ދުވަސްކޮޅަކަށް އައްޑު އަށް ބަދަލުވާން ނިންމަވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އައްޑޫގައި ހިނގާ މަޝްރޫއުތައް ބަލަހައްޓަވައި މަސައްކަތް އަވަސްކުރަން ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ދުވަސްކޮޅަކަށް އައްޑު އަށް ބަދަލުވާން ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ، އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތާ މެދު އެ ސިޓީގެ މީހުންގެ ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށެވެ.

އައްޑޫގެ މަގު ހަދަން އެއްފަހަރާ ހުރިހާ މަގެއް ކޮނެފައި އޮތުމުން މީހުންނަށް ދިމާވާ ދަތިތަކާއި އެތައް މައްސަލަތަކެއް އެބަހުރި ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެ ކަންކަން ހައްލު ކުރުމަށްޓަކައި އަޅުގަނޑު ދުވަސްކޮޅަކަށް އައްޑޫގައި ބޭސްވުމަށް އަޅުގަނޑު އައްޑު އަށް މޫވް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އަސްލަމް އައްޑު އަށް ވަޑައިގަންނަވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަނބުރާ މާލެ ވަޑައިގަންނަވާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގެ ތެރޭގައި އައްޑުއަށް ދެ ފަހަރަށް ވަޑައިގެން ބޮޑެތި ވައުދުތަކެއް ވަނީ ވެފަ އެވެ. އަދި އައްޑުއަށް އިސްކަން ދެއްވައިގެން މަޝްރޫއުތައް ހިންގަވާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ދެއްވި އެވެ.