09 ފެބުރުއަރީ 2023
ޖާހިލީ ޒަމާނުގަޔާއި ނަބަވީ ޒަމާނުގައިވެސް އަރަބިންގެ ތެރޭގައި މަޝްހޫރު ބާޒާރެއް އޮތް ސަރަހައްދެއް، ސައޫދީ އަރަބިއްޔާގެ ސައެންސްވެރިންގެ ޓީމަކުން ހޯދައިފި އެވެ.
ޖާހިލީ ޒަމާނުގަޔާއި ނަބަވީ ޒަމާނުގައިވެސް އަރަބިންގެ ތެރޭގައި މަޝްހޫރު ބާޒާރެއް އޮތް ސަރަހައްދެއް، ސައޫދީ އަރަބިއްޔާގެ ސައެންސްވެރިންގެ ޓީމަކުން ހޯދައިފި އެވެ.
މި ބާޒާރު ފެނުނީ، ސައޫދީ އަރަބިއްޔާގެ ކިންގް އަބްދުލް އަޒީޒް ފައުންޑޭޝަން ފޯ ރިސާޗް އެންޑް އާކައިވްސް އާއި އެ ގައުމުގެ ސަގަފީ ކަންކަމާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ހެރިޓޭޖް ކޮމިޝަނުން ކުރި ދިރާސީ މަސައްކަތްތަކެއްގެ ތެރެއިންނެވެ. އެ ބާޒާރު ފެނުނީ މައްކާގެ ހަރަމްފުޅުގެ ދެކުނުން ގާތްގަނޑަކަށް 292 ކިލޯމީޓަރު ދެކުނުގައި އޮންނަ ޢަރަޟިއްޔާތު ގަވަރުނަރޭޓުންނެވެ.
ދިރާސާ ޓީމުން ބުނި ގޮތުގައި ސޫގުލް ހަބަޝާ (ހަބުޝްކަރައިގެ ބާޒާރު)ގެ ނަން ދީފައިވާ އެ ބާޒާރު އޮންނަނީ ގަވަރުނަރޭޓުގެ ތެރެއިން ރަތްކަނޑާވީ މިސްރާބަށް ދެވޭ ގޮތަށް އޮންނަ ވާދީއެއްކަމަށްވާ ވާދީ ގަނޫނާގެ ދެކުނު އައްސޭރިފަށުގަ އެވެ. އަރަބި ޖަޒީރާގެ ހުޅަނގު ފަޅީގައި އޮންނަ މި ބާޒާރަކީ، މޫސުމީ ވިޔަފާރިއަށް ހާއްސަ ބާޒާރެއް ކަމަށް ހިޖާޒްކަރައިގެ ތާރީޚު ހެކިދެ އެވެ.
ޖާހިލީ ޒަމާނުގައިވެސް އަދި ނަބަވީ ޒަމާނުގައިވެސް އާންމު ގޮތެއްގައި މިބާޒާރުގައި ގަނެވިއްކުމުގެ ހަރަކާތްތައް ހިނގަނީ، ކޮންމެ އަހަރެއްގެ ރަޖަބު މަހުގެ ފުރަތަމަ އަށް ދުވަހުގެ ތެރޭގަ އެވެ. ހިޖްރައިން 197 ވަނަ އަހަރާ ހަމައަށް މި ބާޒާރުގައި ވިޔަފާރިކޮށް އުޅުނު ކަމަށް، ތާރީޚު އިލްމުވެރިން ބުނެ އެވެ.
ނަބަވީ ސީރަތުގައި ވެސް އަދި ޖާހިލީ ޒަމާނުގެ ތާރީޚުގައި ވެސް ފާހަގަކޮށްފައި އޮންނަ ސޫގުލް ހަބަޝާ އޮތް ސަރަހައްދު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު 40 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ގިނަ އަދަދެއްގެ ތާރީޚު އިލްމުވެރިންނާއި އާސާރީ ތަކެތީގެ ތަޖުރިބާރުންގެ އެތައް އަހަރެއްގެ މަސައްކަތުން، ސޫގުލް ހަބަޝާގެ ސަރަހައްދު މުޅިން ކަށަވަރުކުރެވުނީ މިދިޔަ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ.
އެ ބާޒާރު ދެނެގަތުމުގެ އިތުރުން، ދިރާސާ ޓީމުން ވަނީ އެ ބާޒާރުގެ ވަށައިގެން ދުރުގައިވާ ސަރަހައްދުތަކުން އެ ބާޒާރަށް މީހުން ދަތުރުކޮށް އުޅުނު ކަމަށް ބެލެވޭ މަގުތައް ވެސް ދެނެގެންފަ އެވެ. އޭގެ ތެރޭގައި ރަތްކަނޑުގެ އައްސޭރިއަށް ދެވެން އޮތް މަގުވެސް މިހާރު ވަނީ ހޯދައިފަ އެވެ.
އެ ބާޒާރަށް ހަބުޝްކަރައިގެ ބާޒާރުގެ ނަމުން ނަން ދެވިފައިވަނީ، ހަބުޝްކަރަ (މިހާރުގެ އިތިއޮޕިއާ)ގެ ވިޔަފާރި ނައުޒޯގުތައް ކޮންމެ އަހަރަކު އަރަބި ޖަޒީރާގައި ބަނދަރު ކުރުމަށް ފަހު، އެ މީހުން ގެންނަ މުދާ ވިއްކުމަށް ފައިބައި ތިބެނީ އެ ބާޒާރުގައި ކަމަށްވާތީ އެވެ. ހަބުޝްކަރަ އޮންނަނީ ސައޫދީ އަރަބިއްޔާގެ ހުޅަނގުން އޮންނަ ރަތް ކަނޑުގެ ހުޅަނގު އައްސޭރީގަ އެވެ.
ނަބަވީ ޒަމާނުގެ އާސާރުތައް ރައްކާތެރިކުރަނީ
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
ގުރުއާން އެންދުމުގެ ކަންބޮޑުވުން ޑެންމާކް ސަރުކާރަށް
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް
ޤުރްއާން އެންދުން ހުއްޓުވުމަށް ސައޫދީން ގޮވާލައިފި
ދެ މިލިއަނަށްވުރެ ގިނަ ހައްޖުވެރިން އަރަފާތު ބިމުގައި
ތިން މަސް ކުރިން ފާދިރީއެއް، މިއަދު ހައްޖުވަނީ
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް