Roadha Mihaaru
ބައިޑެން ޔޫކްރޭނަށް ކުރެއްވި ސިއްރު ދަތުރު

ބައިޑެން ޔޫކްރޭނަށް ކުރެއްވި ސިއްރު ދަތުރު

21 ފެބުރުއަރީ 2023

އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ ހަފުތާ ބަންދުގައި އެންމެ ފަހުން އާންމުންނަށް ފެނުނީ، ވެލަންޓައިން ހަފުތާ ފާހަގަކުރެއްވުމުގެ ގޮތުން، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިރާކޮޅު ވޮޝިންޓަންގެ ރެސްޓޮރަންޓަކަށް ވަޑައިގެން އުޅުއްވަނިކޮށެވެ. ރޭގަނޑުގެ ފަރިއްކޮޅަށް ފަހު އެނބުރި ވަޑައިގަތީ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އަށެވެ.

އާދީއްތަ ދުވަހު ވެސް، ރައީސް ބައިޑެން އެމެރިކާގައި ވަޑައިގެން ނެތް ކަމެއް، ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި ތިބޭ ނޫސްވެރިންގެ ޕޫލްގެ މެމްބަރުންނަކަށް، އާންމު އުސޫލުން ނާންގަ އެވެ. އާދީއްތަ ދުވަހު ހަވީރު ނޫސްވެރިންނާ ހިއްސާ ކުރި، ރައީސް ބައިޑެންގެ ޝެޑިއުލްގައި ވެސް އޮތީ، ހޯމަ ދުވަހުގެ ރޭ 7:00 ގައި ޕޮލެންޑަށް ފުރާވަޑައިގަންނަވާ ކަމަށެވެ.

އާދީއްތަ ދުވަހު ހެނދުނު އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކިރްބީ ދެއްވި އިންޓަވިއުގައި ވެސް ވިދާޅުވީ، ރައީސް ބައިޑެން، ޔޫކްރޭނަށް ވަޑައިގަތުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. ނަމަވެސް އޭނާ އެ މޭރުމުން ވާހަކަ ދެއްކެވި އިރު، އެރޭ ފަތިހު 4:15 ހާއިރު، ރައީސް ބައިޑެން އެމެރިކާގެ އެންޑްރޫސް ވައިގެ ބަނދަރުން ފުރާވަޑައިގެންފި އެވެ.

އެ ޝެޑިއުލަށް ނޫސްވެރިން ބަރޯސާވެގެން ތިއްބައި ރައީސް ބައިޑެން އާންމުންނަށް ކުއްލި ގޮތަކަށް ފެނުނީ، ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް ވަޑައިގެން، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލު ކުރައްވަނިކޮށެވެ. އެ މަންޒަރުތައް ޓީވީން ދައްކަމުން ދިޔައިރު ވެސް، ރަޝިޔާގެ ވައިގެ ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރުގެ ބަރުގޮނުގެ އަޑު މުޅި ކިޔޭވްގައި ގުގުމާފައި ހުއްޓެވެ.

ފެބްރުއަރީ 20، 2023؛ އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) ޔޫކްރޭނަށް ކުރެއްވި ސިއްރު ދަތުރުފުޅުގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވަށް ވަޑައިގެން އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވަނީ. --އޭއެފްޕީ

ކުއްލި ގޮތަކަށް ބައިޑެން ކިޔޭވް އަށް ވަޑައިގެންނެވި ނަމަވެސް، މިއީ އެތައް މަހެއް ވަންދެން ދުރާލައި ރާވައިގެން، އެތައް ތައްޔާރީތަކެއް ހަމަޖެއްސެއްވުމަށް ފަހު ކުރެއްވި ސިއްރު ދަތުރެކެވެ. ނަމަވެސް ދަތުރު ކުރެއްވުމަށް ނިންމުވުމާ ހަމައިން، ކިޔޭވް އަށް ވަޑައިގަތުމާ ހަމައަށް ވެސް، ރައީސް ބައިޑެންގެ ވަރަށް އަރިސް ބޭފުޅުންނަށާއި، ހަށިފާރަވެރިންގެ ތެރެއިން ވެސް ވަރަށް މަދު މީހަކަށް ނޫނީ، މި ދަތުރުގެ އެއްވެސް މައުލޫމާތެއް ނޭނގެ އެވެ.

މި ދަތުރުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، ރައީސް ބައިޑެން ވަޑައިގަތުމަށް ނިންމެވި ޔޫކްރޭނަކީ، ހަނގުރާމަ ހިނގަމުންދާ ސަރަހައްދަކަށް ވުމުގެ އިތުރުން، އެ ގައުމުގެ ވައިގެ ސަރަހައްދަށް އެމެރިކާގެ އެއްވެސް ބާރެއް ނުހިންގޭނެ ތަނަކަށް ވުމެވެ.

ފެބްރުއަރީ 20، 2023؛ އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) ޔޫކްރޭނަށް ކުރެއްވި ސިއްރު ދަތުރުފުޅުގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވަށް ވަޑައިގެން އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވަނީ. --އޭއެފްޕީ

ފެބްރުއަރީ 20، 2023؛ އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) ޔޫކްރޭނަށް ކުރެއްވި ސިއްރު ދަތުރުފުޅުގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވަށް ވަޑައިގެން އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވަނީ. --އޭއެފްޕީ

އެމެރިކާގެ ރައީސް ދަތުރުކުރެއްވުމަށް ޚާއްސަ މަތިންދާބޯޓުގެ ބަދަލުގައި، މި ދަތުރުގައި ބައިޑެން ފުރާވަޑައިގަތީ، ނައިބު ރައީސް، ރައީސްގެ އަނބިކަނބަލުން އަދި ޚާރިޖީ ވަޒީރުގެ ދަތުރުތަކަށް ޚާއްސަ އުޅަނދެއް ކަމަށްވާ، ބޮއިން ސީ-32ގެ މަތިންދާބޯޓެއްގަ އެވެ.

އެ ބޯޓުގައި ދަތުރުކުރެއްވީ ރައީސް ބައިޑެންގެ އިތުރުން، އޭނާގެ އިސް މުޝީރުންގެ ތެރެއިން މަދު ބަޔަކާއި، ސިއްހީ އެހީތެރިންގެ ޓީމަކާއި ހަށިފާރަވެރިންގެ އިތުރުން، އެންމެ ފޮޓޯގްރާފަރަކާއި އެންމެ ނޫސްވެރިއެކެވެ. ރިޕޯޓަރާއި ނޫސްވެރިޔާގެ މޮބައިލް ފޯނާއި ލެޕްޓޮޕާއި އައިޕެޑް ފަދަ ހުރިހާ އިލެކްޓްރޯނިކް އާލާތްތަކެއް ވަނީ، ފުރުމުގެ ކުރިން އެމީހުންގެ އަތުން އަތުލައިފަ އެވެ. އަދި އެ ދަތުރުގެ ސިއްރު ހިފެހެއްޓުމަށް އެމީހުން ލައްވައި ހުވައި ކުރުވުމަށް ފަހު، ބައިޑެން ކިޔޭވް އަށް ވަޑައިގަތުމުގެ ކުރިން، އެ ދަތުރުގެ އެއްވެސް ވާހަކައެއް މީޑިއާއާ ހިއްސާ ކުރުން މުޅިން މަނާކުރި އެވެ.

ފެބްރުއަރީ 20، 2023؛ އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) ޔޫކްރޭނަށް ކުރެއްވި ސިއްރު ދަތުރުފުޅުގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވްގައި ހުންނަ މަރިންސްކީ ގަނޑުވަރަށް ވަޑައިގެން، އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާ އިރު، އަރިހުގައި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ. --އޭއެފްޕީ

ރައީސް ބައިޑެން ގޮވައިގެން އެންޑްރޫސް ވައިގެ މަރުކަޒުން ފުރި މަތިންދާބޯޓު، ތެޔޮ އެޅުމަށްޓަކައި ޖަރުމަން ވިލާތުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ތިރިކުރި އެވެ. އެއަށް ފަހު، އެ މަރުކަޒުން ފުރައިގެން ދަތުރުކޮށް އެ ބޯޓު ދެން ޖެއްސީ ޕޮލެންޑްގެ އިރުމަތީ ސަހަރެއް ކަމަށްވާ ޖެޝޯފް އަށެވެ.

ބައިޑެންގެ ޔޫކްރޭން ދަތުރު ފެށެނީ މިހާ ހިސާބުންނެވެ. ޖެޝޯފްގެ ވައިގެ ބަނދަރުން ރައީސް ބައިޑެން ދެން ވަޑައިގަތީ އެ ސަހަރުގެ ރޭލް ސްޓޭޝަނަށެވެ. އެ ދަތުރަށް ޚާއްސަ ރޭލެއްގައި ރައީސް ބައިޑެން އާއި އޭނާގެ ޓީމު 10 ގަޑިއިރުގެ ދަތުރު ފެއްޓެވި އިރު ވެސް، ރަޝިޔާގެ މިސައިލް ހަމަލާތަކާއި ބޮޑުބަޑީގެ ހަމަލާތައް ޔޫކްރޭންގެ އެކި ސަރަހައްދުތަކަށް ދިޔައީ އަމާޒުވަމުންނެވެ.

ފެބްރުއަރީ 20، 2023؛ އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) ޔޫކްރޭންގެ ވެރިރަށް ކިޔޭވަށް ކުރެއްވި ސިއްރު ދަތުރުފުޅަށް ފަހު އެ ގައުމުން ފުރާވަޑައިގަތުމަށްޓަކައި، ރޭލަށް އަރާވަޑައިގަންނަވަނީ. --އޭއެފްޕީ

ފެބްރުއަރީ 20، 2023؛ އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) ޔޫކްރޭންގެ ވެރިރަށް ކިޔޭވަށް ކުރެއްވި ސިއްރު ދަތުރުފުޅަށް ފަހު އެ ގައުމުން ފުރާވަޑައިގަތުމަށްޓަކައި، ރޭލަށް އަރާވަޑައިގަންނަވަނީ. --އޭއެފްޕީ

ކިތަންމެ ސިއްރުން އެ ދަތުރު ކުރެއްވި ނަމަވެސް، އުފެދިދާނެ ބޮޑު މައްސަލައަކުން ސަލާމަތްވުމުގެ ގޮތުން، އެމެރިކާ ސަރުކާރުން އޮތީ ރައީސް ބައިޑެންގެ އެ ދަތުރު، ރަޝިޔާ ސަރުކާރަށް އަންގައިފަ އެވެ. ރައީސް ބައިޑެން އެމެރިކާ އިން ފުރާވަޑައިގަތުމުގެ ގަޑިއިރުތަކެއް ކުރިން، ވައިޓް ހައުސް އިން ކްރެމްލިން އަށް ވަނީ، ރަސްމީ ޗެނަލްގެ ތެރެއިން އެ ދަތުރުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

އެކަން ރަޝިޔާ އަށް އެންގުމުގެ މައިގަނޑު ބޭނުމަކީ، ރަޝިޔާގެ ހަމަލާއަކުން ރައީސް ބައިޑެން އަށް ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުމެވެ. އެކަން ނާންގައި އޮއްވައި، ބައިޑެން އަށް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، އެމެރިކާ އާއި ރަޝިޔާއާ ދެމެދު ސީދާ ހަނގުރާމައެއް ފެށުމުގެ ފުރުސަތު ނުދިނުމެވެ.

ފެބްރުއަރީ 20، 2023؛ އެމެރިކާގެ ރައީސް ޖޯ ބައިޑެން (ޚ) ޔޫކްރޭންގެ ވެރިރަށް ކިޔޭވަށް ކުރެއްވި ސިއްރު ދަތުރުފުޅަށް ފަހު ރޭލުގައި އެނބުރި ޕޮލެންޑަށް ވަޑައިގަންނަވަނީ. އަރިހުގައި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލިވާން--އޭއެފްޕީ

އަނެއް ބޭނުމަކީ، އެކަން ނާންގައި އޮއްވައި ރަޝިޔާ އިން ދޭ ހަމަލާއެއްގައި ރައީސް ބައިޑެން އަށް ނުރައްކަލެއް ކުރިމަތިވިޔަސް، އެއީ ގަސްދުގައި ކުރި ކަމެއް ނޫނޭ ބުނުމުގެ ފުރުސަތު ރަޝިޔާ އަށް ނުދިނުމެވެ.

މި ދަތުރު ރޭވި އިރު، ޔޫކްރޭނަށް ވަޑައިގެންނެވޭނެ ކިތަންމެ ސަރަހައްދެއް، ވައިޓް ހައުސްގެ މުޝީރުން ރައީސް ބައިޑެން އަށް ދެންނެވި އެވެ. އަދި ނުރައްކާ ކުޑަ ކުރުމުގެ ގޮތުން، ވެރިރަށް ކިޔޭވްއާ ދުރު ސަހަރަކަށް ވަޑައިގަތުމަށް ވެސް ލަފާ އެރުވި އެވެ.

ފެބްރުއަރީ 20، 2023؛ އެމެރިކާގެ ރައީސް ޖޯ ބައިޑެން (ކ) ޔޫކްރޭނަށް ކުރެއްވި ސިއްރު ދަތުރުފުޅުގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވަށް ވަޑައިގެން އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވަނީ. --އޭއެފްޕީ

ނަމަވެސް ބައިޑެން ބޭނުންފުޅުވީ، އެ ގޮންޖެހުންތަކާ ކުރިމަތިލައްވައި ސީދާ ވެރިރަށް ކިޔޭވް އަށް ވަޑައިގެން ރައީސް ޒެލެންސްކީއާ ބައްދަލުކުރެއްވުމަށެވެ. މަގްސަދަކީ، ރަޝިޔާގެ ނުރައްކާ ކިތަންމެ ބޮޑު ނަމަވެސް، އަދި ގޮންޖެހުންތައް ކިތަންމެ ގިނަ ނަމަވެސް، އެމެރިކާ އޮތީ ޔޫކްރޭންގެ ދިފާއުކޮށްދިނުމަށް ކަން ދުނިޔެ އަށް ދައްކައިދިނުމެވެ.

"މިއީ ހަމައެކަނި ޔޫކްރޭނާ ހަމައިން ނިމޭ ވަރަށް ވުރެ ބޮޑު ކަމެއް. މިއީ ޔޫރަޕްގެ ޑިމޮކްރެސީގެ މިނިވަންކަމާ ގުޅިފައިވާ ކަމެއް. މިއީ މުޅި ދުނިޔޭގެ ޑިމޮކްރެސީގެ މިނިވަންކަމާ ގުޅިފައިވާ ކަމެއް،" ޔޫކްރޭންގެ ވެރިރަށް ކިޔޭވްގައި ހުންނަ އެ ގައުމުގެ ރިއާސީ ގަނޑުވަރުގައި، ރައީސް ޒެލެންސްކީގެ އަރިހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ރައީސް ބައިޑެން ވިދާޅުވި އެވެ.

ފެބްރުއަރީ 20، 2023؛ އެމެރިކާގެ ރައީސް ޖޯ ބައިޑެން (މ) ޔޫކްރޭނަށް ކުރެއްވި ސިއްރު ދަތުރުފުޅުގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވަށް ވަޑައިގެން އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާއި އަނބިކަނބަލުން އޮލޭނާއާ އެކުގައި ފޮޓޯއެއް ނަންގަވަނީ. --އޭއެފްޕީ

މީގެ އަހަރެއްހާ ދުވަސް ކުރިން ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި އިރު، ޔޫކްރޭންގެ ވެރިންގެ ހިތްތަކުގައި އުފެދުނު އެންމެ ބޮޑު ބިރަކީ، ބައިޑެން ވިދާޅުވި ގޮތުގައި، ވެރިރަށް ކިޔޭވް، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ހިނގައިދާނެ ކަމުގެ ބިރެވެ. އެހެންކަމުން ދުނިޔޭގެ ހުރިހާ ގައުމުތައް އެއްކުރައްވައި، ޔޫކްރޭނަށް އެހީވުމަށް، ރައީސް ޒެލެންސްކީ އެދިވަޑައިގެންނެވި ކަމަށް ބައިޑެން ވިދާޅުވި އެވެ.

"އޭގެ އެއް އަހަރު ފަހުން މިއަދުވެސް ކިޔޭވް ހަމަ އެ ގޮތުގައި، ރަޝިޔާގެ އަތްދަށް ނުގޮސް އެބަ އޮތް. އަދި ޔޫކްރޭން ވެސް ހަމަ އެ ގޮތުގައި ރަޝިޔާގެ އަތްދަށް ނުގޮސް އެބަ އޮތް. ޑިމޮކްރެސީ ވެސް ހަމަ އެގޮތުގައި އެބަ އޮތް. އެމެރިކާ އޮތީ ކަލޭމެންނާ އެކުގައި، އަދި ދުނިޔެ ވެސް އޮތީ ކަލޭމެންނާ އެކުގައި،" ބައިޑެން ވިދާޅުވި އެވެ.

"އަހަރެން މިއަދު ބުނަން ޖެހެނީ ކިޔޭވް ވަނީ އަހަރެންގެ ހިތުން ޖާގައެއް އަތުލައިފަޔޭ. އަހަރެން ނައިބު ރައީސް ކަމުގައި ހުރި އިރު މި ގައުމަށް ހަ ފަހަރު އައިން. އަދި ރައީސް ކަމުގެ މަގާމުގައި އެއް ފަހަރު އާދެވިއްޖެ."