Roadha Mihaaru
ބީއެމްއެލްގެ މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހަޅައިފި

ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ އެސްއޯއީ ކޮމިޓީ އަށް ހުށަހަޅައިފި

22 ފެބުރުއަރީ 2023

ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ ކަމަށް ބުނާ މައްސަލައެއް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ ކަމަށް ބުނާ މައްސަލައެއް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ އަށެވެ.

އެ މައްސަލާގައި ބުނާ ގޮތުން ބީއެމްއެލްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ގެއްލުން ނަމަވެސް އެ ކުންފުންޏާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ މައްސަލަ އާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

އެ ކަންބޮޑުވުންތައް ހައްލު ކޮށްދިނުމަށްޓަކައި މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެ މައްސަލަ ބަލަން އެ މައްސަލާގައި ވަނީ އެދިފަ އެވެ.

ސްކޭމް ކޮށްގެން މީހުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގާ ކަމުގެ ޝަކުވާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފަ އެވެ.

ދާދި ފަހުން ވެސް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ މީހެއްގެ އެކައުންޓުން ބޭނުން ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އެކަމާ ގުޅިގެން ބީއެމްއެލް އިން މިފަހުން ވެސް ވަނީ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ބައެއް ފިޔަވަޅުތައް އަޅައިފަ އެވެ.