Roadha Mihaaru
ނަޝީދާ ނުލައި އެމްޑީޕީ ދެމިއެއް ނޯންނާނެ: ގާސިމް

ނަޝީދާ ނުލައި އެމްޑީޕީ ދެމިއެއް ނޯންނާނެ: ގާސިމް

27 ފެބުރުއަރީ 2023

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ނުލައި އެ ޕާޓީ ދެމިއޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ނަޝީދަށް ރޭ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ނުލައި އެ ޕާޓީ ދެމިއޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ނަޝީދަށް ރޭ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ޖޭޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވެސް ނަޝީދުގެ ކުރިފުޅުމަތީގައި އެ މަނިކުފާނަށް ތައުރީފު އޮއްސަވާލެއްވިއިރު ކޮންގްރެސް ނިންމުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ގާސިމް ކަންތައް ކުރެއްވީ އެ ބީދައިންނެވެ. ނަޝީދުގެ ވެރިކަމުގައި ގާސިމަށް ފަހިވި ބައެއް ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ނަޝީދަށް ތައުރީފު ކުރެއްވި އެވެ.

އޭގެ ތެރެއިން އެއް ކަމަކީ ނަޝީދުގެ ވެރިކަމުގައި ގާސިމްގެ ވިލާ ކޮލެޖަށް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ދިން ހުއްދަ އެވެ. އެ ކޮލެޖު އުފެދުމުގެ މެދުވެރިއަކަށް ވީ ނަޝީދު ކަން ގާސިމް ރޭ ފާހަގަކުރެއްވި އެވެ.

ގާސިމް ވިދާޅުވީ، ވިލާ ކޮލެޖަށް ސަރުކާރުން ހުއްދަ ދިނީ 35 އަހަރަށް ކަމަށާއި އެތައް ހާސް ރުފިޔާއެއް ހަރަދުކޮށް، ޕީއެޗްޑީއާ ހަމައަށް ކިޔަވައިދޭން ތައްޔާރު ވަމުން އަންނައިރު "ވާ ކަމެއް ހަރާން" ކަމަށެވެ.

"މުއްދަތު ވެސް އިތުރެއް ނުވި. ކަމެއް ކުރެވޭނެ ގޮތެއް ވެސް ނެތް. އިތުރަށް ހިނގައި ގަނެވޭނެ ގޮތެއް ވެސް ނެތިފައި މި ތިބީ. މަނިކުފާނު އަޅުއްވައި ދެއްވި ބިންގަލަށްޓަކައި މަނިކުފާނަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ނަޝީދަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ވިލާ ކޮލެޖުން އޭނާ އަށް "އެންމެ ބޮޑު ލާރިއެއް" ވެސް ނުލިބޭ ކަމަށާއި އޭގެ ބަދަލުގައި "މެކްސިމަމް ސަޕޯޓް" ދީގެން އެ ކޮލެޖު ކުރިއަރުވަނީ ކަމަށެވެ.

ވިލާ ކޮލެޖުން މަސައްކަތް ކުރަނީ އެ ތަން ޔުނިވާސިޓީއަކަށް ބަދަލުކުރަން ކަމަށް ވާއިރު، އެ ކަމުގައި މިހާތަނަށް ކުރިއެރުމެއް ނުލިބެ އެވެ.

ޖޭޕީގެ ކޮންގްރެސް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޖޭޕީގެ ކޮންގްރެސް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރޭގެ ޖަލްސާގައި އިންނެވި މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއީލަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، އޭނާ ވެސް ޖެހިފައި ވަނީ "ދަންތުރަ" އެއްގައި ކަމަށެވެ. ގާސިމް ވިދާޅުވީ، އިބްރާހިމް އިސްމާއިލަށް ކުރިމަތިވެފައިވާ ކަންތައްތަކާ މެދު "ވަރަށް ދެރަވޭ، ވަރަށް އަސަރު ކުރޭ" ކަމަށާއި ތައުލީމީ ދާއިރާއަށްޓަކައި ބަޔަކު ގުރުބާން ވަނީ މާދަމާގެ މުސްތަގުބަލަށްޓަކައި ކަމަށެވެ.

"އެ ކަމަށްޓަކައި ދިވެހި ސަރުކާރުން ސަޕޯޓް ނުދެވޭ ކަމަށް ވަންޏާ ކީކޭތޯ އަޅުގަނޑު ދަންނަވާނީ؟ އަޅުގަނޑު މި މަސައްކަތް ހުއްޓާލަންވީތޯ؟ ކިހިނެއްތޯ އަޅުގަނޑު މި މަސައްކަތް ހުއްޓާލާނީ؟ މީހުންގެ ހައްގުތައް އަތުން ބީވެގެން ދާއިރުގައި ސަރުކާރަށް ޑިސިޝަން ނުނެގޭ ކަަމަށް ވަންޏާ އެ ކަންކަން ފުއްދައި ނުދެވޭ ކަމަށް ވަންޏާ އެ ކޯޓުން މި ކޯޓުން އައްތަވަޅިން ގާ ނަގާހެން މިއީ ކުރަން ޖެހޭ ކަމެއްތޯ،" ސަރުކާރަށް އަމާޒު ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

"ނޯ. އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. ސަރުކާރަށް ސާބިތުވާ ކަމަށް ވަންޏާ ރަނގަޅަށް ބަލާފައި އެ ކަން ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށާއި ގާނޫނުގައި ދީފައި ވާނެ. އެހެންވީމާ ކެރިގެން ޑިޓާމިނޭޝަނާއެކު މަސައްކަތް ކުރުމުގެ ގޮތް ބާވަތް ކޮންމެ ވެރިކަމެއްގައި ވެސް ހުންނަން ޖެހޭނެ."

އެ މޭރުމުން ވާހަކަ ދައްކަވަމުން ނަޝީދަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވިގޮތުގައި އެއީ އޭނާ ނަޝީދަށް ސަޕޯޓްކުރާ އެއް ސަބަބެވެ.

މުއްދަތު ވެސް އިތުރެއް ނުވި. ކަމެއް ކުރެވޭނެ ގޮތެއް ވެސް ނެތް. އިތުރަށް ހިނގައި ގަނެވޭނެ ގޮތެއް ވެސް ނެތިފައި މި ތިބީ. މަނިކުފާނު އަޅުއްވައި ދެއްވި ބިންގަލަށްޓަކައި މަނިކުފާނަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،"--- ގާސިމް

ނަމަވެސް ގާސިމް ވިދާޅުވީ، ނަޝީދުގެ ވެރިކަމުގައި ދިމާވި ކަމަކީ ދުނިޔޭގެ ތަޖުރިބާ ލިބިވަޑައިގަންނަވަން ޖެހޭ ވަރަށް ނަޝީދުގެ ނެތުމެވެ. ނަޝީދުގެ ވެރިކަމަށް ތިން އަހަރު ވީ ތަނާ ކުރިމަތިވި ކަންތައްތަކުގެ ތެރެއިން އިސްތިއުފާ ދެއްވި ދެއްވުމަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވީ އެއީ "މިސްޓޭކެއް" ހެއްދެވިގެން ވީ ކަމެއް ކަމަށެވެ.

"އެ ކަން މިހާރު ރަނގަޅުވެފައި އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވިގޮތުގައި އެމްޑީޕީ އުފެއްދުމަށްޓަކައި އެންމެ ބޮޑު ރިސްކް ނެންގެވި އެއްބޭފުޅަކީ އޭނާ އެވެ. އެކަމަކު، އޭނާ އެހެން ޕާޓީއެއް އުފައްދައިގެން އުޅުއްވާ ސަބަބާ މެދު މީހުން ސުވާލު އުފައްދަފާނެތީ ވިދާޅުވީ، އެކަން ނުކުރެއްވި ނަމަ "ހެލްތީ ސިޓުއޭޝަން" ނާންނާނެ ކަމަށެވެ.

"އަޅުގަނޑާއި މަނިކުފާނާ ދެ މީހުން އެއްކޮޅަށް އަރައި މި ހުރިހާ ކަމެއް ކުރި ނަމަ މި ހުރިހާ ކަމެއް ނިމި ގޮސްފައި އޮތީ. ދިސް ނޯ އިންޓަރެސްޓް. ވަޓް އިސް ދިސް،" ނަޝީދާއި ގާސިމް އެއް ޕާޓީއެއްގައި ތިއްބެވި ނަމަ ސިޔާސީ ކަންކަމުގެ ޝައުގު ގެއްލޭނެ ކަމަށް ބާރު ދެއްވަމުން ގާސިމް ވިދާޅުވި އެވެ.