Roadha Mihaaru
ނަޝީދާއި މައުމޫން އަދި ގާސިމަށް އިމްރާންގެ ނަސޭހަތެއް!

ނަޝީދާއި މައުމޫން އަދި ގާސިމަށް އިމްރާންގެ ނަސޭހަތެއް!

27 ސެޕްޓެމްބަރ 2023

އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލަށް ލި ބޭފުޅުން އެމްޑީޕީއާ އެކު މަސައްކަތް ފައްޓަވައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް = އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ އެދިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލަށް ލި ބޭފުޅުން އެމްޑީޕީއާ އެކު މަސައްކަތް ފައްޓަވައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް = އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ އެދިއްޖެ އެވެ.

ޗާންދަނީ މަގުގައި ބޭއްވި ކަންމަތީ ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވަނީ ޔާމީންގެ ވެރިކަމުގައި ޖަލަށް ލި ބޭފުޅުންނާއި ކޯޓުތަކުގައި އޭރު ކަންކަން ހިނގަމުންދިޔަ ގޮތް ވިދާޅުވެފަ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް އަލުން އެނބުރި ޖަލަށް ވަޑައިގަންނަވަން ބޭނުންވެވަޑއިނުގަންނަވާނެ ކަމަށެވެ.

"އެހެން ކަމަށް ވެއްޖެއްޔާ ވަގުތު ފާއިތުވުމުގެ ކުރިން ނިކުމެވަޑައިގެން އަޅުގަނޑުމެންނާ އެކު މަސައްކަތް ފައްޓަވައި ދެއްވާ. އެ ބޭފުޅުން [ނަޝީދު، މައުމޫން އަދި ގާސިމް] އާ އެކު ތިއްބެވި ހުރިހާ ބޭފުޅުން ވެސް ނުކުމެ އަޅުގަނޑުމެންނާ އެކު މަސައްކަތް ފައްޓަވައި ދެއްވާ. އެހެން ނޫނީ އަޅުގަނޑުމެންނަށް ވުރެ ކުރިން އެ ބޭފުޅުން ޖަލަށް ލާނެ،" އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ޖަލްސާފައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ޖަލްސާފައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

އިމްރާން ވަނީ އެމްޑީޕީ ބައިބައި ނުވެ އޮތްއިރު އިންތިހާބުތައް ކާމިޔާބު ކުރި ގޮތާއި އޭރުއްސުރެ އެމްޑީޕީގައި އުޅެ، މިހާރު އެ ޕާޓީން ވަކިވެފައިވާ މެމްބަރުންނަށް އަދި އެއް ފަހަރު ވިސްނަވަން ނަސޭހަތް ދެއްވައިފަ އެވެ.

"1 މޭ އަށް ނިކުތްއިރު، އެ ތަނަށް ނުކުމެ، ގެއަށް އަނބުރާ ނާދެވޭނެ ކަމުގެ ބިރު އޮތް އެތައް ސަތޭކަ މީހުން. އެތަނުގައި ތައްޔާރުވެފައި އޮތް އަޅުގަނޑުމެންގެ މީހުންނަށް، ހަމަލާ ދޭން. އެ ތަނުގައި ތައްޔާރުވެފައި އޮތް ތަކެތި ގޮއްވާލަން. އެ ތަނުގައި ތައްޔާރުވެފައި އޮތް ބައެއް މީހުންގެ ގަޔަށް ވަޒަން ޖަހަން. މި ހިސާބުގައި އޭރު ކަންތައް ހުރީ،" އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ 2008 ގައި އުފެއްދި އެމްޑީޕީގެ ވެރިކަން ތިން އަހަރުގެ ތެރޭގައި ވެއްޓި، އޭގެ ފަހުން 2013 ގައި ކުރިމަތިލާން ޖެހުނީ ދަތި އުނދަގޫތަކާ ކަމަށެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބާ ހަމައަށް ޖަލުގައި ތިބެން ޖެހުމާއި އެމްޑީޕީ އަށް ޕީޕީއެމުން ކުރި އުނދަގުލާއި ފިއްތުންތަކުގެ ވާހަކަ ވެސް އިމްރާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ނިންމުންތައް އެނގޭ ކަމަށާއި އެ އިން އެއްވެސް ނިންމުމެއްގައި ރައްޔިތަކަށް ހެޔޮހިތުން އިހުލާސްތެރިކަމާ އެކު ބޭނުންވާތަން ނުފެންނަ ކަމަށާއި ފެންނަނީ ހަމައެކަނި ބަދަލު ހިފުމަށް މަސައްކަތް ކުރާ ތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިސްލާހަށްޓަކައި ނުކުތް އެއްވެސް ރައްޔިތަކަށް ހަމަޖެހިލައިގެން ގެއަކު ނީނދެވޭނެ. އެންމެން ތިބޭނީ ޖަލުގައި،"

މީގެ ކުރިން އިމްރާން ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ، އޭނާގެ ވެރިކަމުގައި ޖަލަށް ލާނެ މީހުންގެ ލިސްޓެއް ތައްޔާރު ކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރައްވައިފަ އެވެ.