Roadha Mihaaru

މެލޭޝިއާގެ ގެއްލުނު މަތިންދާބޯޓާ ބެހޭ ޑޮކިއުމެންޓްރީއެއް މި މަހު 8 ގައި

01 މާޗް 2023

ވީނުވީއެއް ނޭނގި 2014 ވަނަ އަހަރު ގެއްލުނު މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓު "އެމްއެޗް370" ގެ ހާދިސާ އަށް ބިނާކޮށް، ނެޓްފްލިކްްސް އިން ޑޮކިއުމެންޓަރީ ސީރީޒެއް މި މަހު ނެރެން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ވީނުވީއެއް ނޭނގި 2014 ވަނަ އަހަރު ގެއްލުނު މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓު "އެމްއެޗް370" ގެ ހާދިސާ އަށް ބިނާކޮށް، ނެޓްފްލިކްްސް އިން ޑޮކިއުމެންޓަރީ ސީރީޒެއް މި މަހު ނެރެން ތައްޔާރުވެއްޖެ އެވެ.

ތިން ބަޔަކަށް ބަހާލައިގެން ތައްޔާރުކޮށްފައިވާ އެ ސީރީޒްގައި، އެ ހާދިސާ ހިނގި ގޮތް ކަމަށް މީހުން ގެންގުޅޭ ތިން ތިއަރީއެއް ވަކިން ގެނެސްދޭނެ އެވެ.

"އެމްއެޗް370: ދަ ފްލައިޓް ދެޓް ޑިސަޕިއާޑް" ގެ ނަންދީފައިވާ އެ ސީރީޒް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އެ ހާދިސާ އަށް ނުވަ އަހަރު ފުރޭ ދުވަހާ ދިމާކޮށް، މި މަހު އަށް ވަނަ ދުވަހު އެވެ.

މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓެއް

މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓެއް

މެލޭޝިއަން އެއާލަައިންސްގެ އެ މަތިންދާބޯޓު ގެއްލުނުއިރު، 239 މީހުން އޭގައި ތިއްބެވެ. އޭގެ ތެރޭގައި، 227 ފަސިންޖަރުން ހިމެނެ އެވެ.

އެތައް މަސްދުވަހެއްގެ މަސައްކަތުން ވެސް އެ މީހުންނާއި ބޯޓު ނުފެނުމުން، މެލޭޝިއާގެ ސަރުކާރުން 2015 އަހަރު ވަނީ އެ ހުރިހާ އެންމެން މަރުވެފައިވާ ކަމަށް ނިންމައިފަ އެވެ. މިއީ އޭވިއޭޝަންގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ އާދަޔާ ހިލާފް ހާދިސާ އެވެ.

ނެޓްފްލިކްސްގެ މި ސީރީޒްގައި، ގެއްލުނު މީހުންގެ އާއިލާގެ ބައެއް މީހުންނާއި، މެލޭޝިއާ ސަރުކާރުގެ ބައެއް އޮފިޝަލުންގެ ތަޖުރިބާއާ އެކު، ހާދިސާ ހިނގައިދިޔަ ގޮތް ވަރަށް ފުންކޮށް ގެނެސްދޭނެ އެވެ.