Roadha Mihaaru
އާނޯލްޑްގެ ހަޔާތަށް ހަދާ ޑޮކިއުގެ ޓްރެއިލާ ނެރެފި

އާނޯލްޑްގެ ހަޔާތަށް ހަދާ ޑޮކިއުމެންޓްރީގެ ޓްރެއިލާ ނެރެފި

12 މެއި 2023

އެމެރިކާގެ މަޝްހޫރު އެކްޓަރު އާނޯލްޑް ޝްވޮޓްސަނޭގާގެ ދިރިއުޅުމާއި އޭނާގެ ކެރިއަރުގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސް އިން އުފައްދާފައިވާ ޑޮކިއުމެންޓްރީގެ ޓްރެއިލާ އިއްޔެ ދައްކާލައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އެމެރިކާގެ މަޝްހޫރު އެކްޓަރު އާނޯލްޑް ޝްވޮޓްސަނޭގާގެ ދިރިއުޅުމާއި އޭނާގެ ކެރިއަރުގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސް އިން އުފައްދާފައިވާ ޑޮކިއުމެންޓްރީގެ ޓްރެއިލާ އިއްޔެ ދައްކާލައިފި އެވެ.

"އާނޯލްޑް"ގެ ނަން ދީފައިވާ ތިން އެޕިސޯޑުގެ މި ޑޮކިއުމެންޓްރީގައި ކިޔައިދެނީ ބޮޑީ ބިލްޑިންގެ ދާއިރާ އާއި ހޮލީވުޑްގައި އޭނާއަށް ލިބުނު ކާމިޔާބީ އެވެ. އަދި އެމެރިކާގެ ކެލިފޯނިއާގެ ގަވަރުނަރު ކަމުގެ މަގާމުގައި މިހާރު ހުރި އާނޯލްޑްގެ ސިޔާސީ ދާއިރާގެ ވާހަކަތައް ވެސް ގެނެސްދޭނެ އެވެ.

މި ޑޮކިއުމެންޓްރީގައި އާނޯލްޑްގެ އިތުރުން އޭނާގެ ރައްޓެހިންނާއި ކޯ-ސްޓާރުންގެ އިތުރުން ގުޅުންހުރި އެހެން މީހުންގެ އިންޓަވިއުތަކުން އޭނާގެ ހަޔާތުގެ ވާހަކަތައް ގެނެސްދޭނެ އެވެ.

މި ޑޮކިއުމެންޓްރީ ސްޓްރީމިންނަށް ދޫކޮށްލާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ.

އޭގެ ކުރިން، މި މަހު 25 ގައި އާނޯލްޑްގެ ފުރަތަމަ ޓީވީ ސީރީޒް ވެސް ސްޓްރީމް ކުރާނެ އެވެ. "ފޫބަރު"ގެ ނަން ދީފައިވާ އެ ސީރީޒަކީ އެކްޝަން/ކޮމެޑީއެކެވެ. އޭގައި އާނޯލްޑު ކުޅެނީ ލޫކް ބްރުނާ ކިޔާ ސީއައިއޭ އޮޕެރޭޓިވެއްގެ ރޯލެވެ.