Roadha Mihaaru
ޑެޕާއި ހާޑްގެ ޑޮކިއުމެންޓްރީ ނެޓްލްފިކްސްއަށް

ޖޯނީ ޑެޕާއި އެމްބާ ހާޑްގެ ކޯޓު ކޭސްގެ ޑޮކިއުމެންޓްރީ ނެޓްލްފިކްސްއަށް

31 ޖުލައި 2023

ހޮލީވުޑްގެ ތަރި ޖޯނީ ޑެޕް، އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްއާ ދެކޮޅަށް އުފުލި އަބުރުގެ ދައުވާގެ ޝަރީއަތް ކުރިއަށް ދިޔަގޮތް ދައްކާ ޑޮކިއުމެންޓްރީ އަންނަ މަހު ނެޓްފްލިކްސްއަށް ގެންނަން ނިންމައިފި އެވެ.

ހޮލީވުޑްގެ ތަރި ޖޯނީ ޑެޕް، އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްއާ ދެކޮޅަށް އުފުލި އަބުރުގެ ދައުވާގެ ޝަރީއަތް ކުރިއަށް ދިޔަގޮތް ދައްކާ ޑޮކިއުމެންޓްރީ އަންނަ މަހު ނެޓްފްލިކްސްއަށް ގެންނަން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ނެޓްފްލިކްސް އިން ވަނީ އެ ޑޮކިއުމެންޓްރީގެ ރައިޓްސް ހޯދައިފަ އެވެ. އަންނަ މަހު 16 ގައި އެ ޑޮކިއުމެންޓްރީ އެމެރިކާގައި ސްޓްރީމް ކުރަން ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު އެމްބާ އަށް ގެވެށި އަނިޔާކުރި ކަމަށް ބުނެ އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ޖޯނީއަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް މިދިޔަ އަހަރު އޭނާ އުފުލި އަބުރުގެ ދައުވާއާ މެދު ގޮތެއް ނުނިންމަނީސް، ދެ ފަރާތުގެ ގާނޫނީ ވަކީލުން މަޝްވަރާއަށް ފަހު ނިންމީ އެއް މިލިއަން ޑޮލަރު ދިނުމަށެވެ.

އެ ފައިސާ ލިބުމުން ޑެޕް ވަނީ އެ ފައިސާ ޗެރިޓީއަށް ދީފަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އެ މައްސަލައިގެ އަޑުއެހުމުގައި ކޯޓުން ނިންމާ ގޮތެއް ބަލަން މަޑުކުރި ނަމަވެސް، ފަހުން ޑިސެމްބަރު މަހު ވަނީ ދެ ފަރާތުން އެއް މިލިއަން ޑޮލަރުން މައްސަލަ ނިންމާލަން އެއްބަސްވެފަ އެވެ. އެމްބާ ބުނި ގޮތުގައި، އެއީ އޭނާ އެކަމަށް އެއްބަސްވުން ނޫން ކަމަށާއި މައްސަލަ ނިންމާލަން އެއްބަސްވީ މުޅި ދުނިޔެއަށް ފެންނަހެން ބޭއްވި އެ އަޑުއެހުންތަކުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރާތީ ކަމަށެވެ.

އެ ޝަރީއަތަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.