Roadha Mihaaru
"ސިޓަޑޭލް" ގައި ޕްރިޔަންކާގެ އެކްޝަން މަންޒަރު ގިނަ

"ސިޓަޑޭލް" ސީރީޒްގައި ޕްރިޔަންކާގެ ގިނަ އެކްޝަން ސީންތަކެއް!

01 މާޗް 2023

ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ، ޕްރިޔަންކާ ޗޯޕްރާގެ އާ ސްޕައި-ސީރީޒް "ސިޓަޑޭލް" ގެ ފޮޓޯތަކެއް ޓީޒްކޮށްލައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ، ޕްރިޔަންކާ ޗޯޕްރާގެ އާ ސްޕައި-ސީރީޒް "ސިޓަޑޭލް" ގެ ފޮޓޯތަކެއް ޓީޒްކޮށްލައިފި އެވެ.

ޕްރިޔަންކާގެ އިންސްޓަގްރާމުގައި ޝެއާކުރި އެ ސީރީޒްގެ ފޮޓޯތަކުގައި އޭނާގެ ގިނަ އެކްޝަން ސީންތަކެއް ފެނެ އެވެ. އޭނާއާ އެކު ލީޑުން ދެން ފެންނަނީ މަޝްހޫރު ސްކޮޓިޝް އެކްޓަރު ރިޗާޑް މޭޑަން އެވެ.

"ޕްރައިމް ވީޑިއޯ" އާ ގުޅިގެން ރޫސޯ ބްރަދާސް އުފައްދާ އެ ތްރިލާގައި ޕްރިޔަންކާ ކުޅޭނީ ނާޑިއާ ސިންހް ކިޔާ ސްޕައި އޭޖެންޓެއްގެ ރޯލެވެ. ފައިލްތަކާއި ރެކޯޑުތަކުގައި އޭނާ އަކީ މަރުވެފައިވާ މީހެކެވެ.

އެ ސީރީޒްގެ ހިންދީ އެޑަޕްޓޭޝަނެއް ވެސް ނެރެން "ފެމިލީ މޭން" އުފެއްދި ބޮލީވުޑްގެ ޑައިރެކްޓަރުން ކަމަށްވާ ރާޖް ނިދިމޮރޫ އަދި ކްރިޝްނާ ޑީކޭ އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ސިޓަޑޭލް" ގެ ހިންދީ ސީރީޒްގައި ލީޑް ރޯލުން ފެންނާނީ ވަރުން ދަވާން އަދި ސަމާންތާ ރޫތް ޕަރަބޫ އެވެ.

މި މަހުގެ ކުރީ ކޮޅު "ޕްރައިމް ވީޑިއޯ އިންޑިއާ"ގެ އިންސްޓަގްރާމުގައި ޝެއާ ކުރި ފޮޓޯއެއްގައި ވަނީ ސަމާންތާގެ ކެރެކްޓާގެ ފޮޓޯއެއް ދައްކާލައިފަ އެވެ. އަދި އެ ޕޯސްޓުގައި "ސިޓިޑޭލް" ގެ އިންޑިއާ ވާޝަންގެ މަސައްކަތް ފެށި ވާހަކަ ފާހަގަކުރި އެވެ.