Roadha Mihaaru
މި އަހަރުގެ މެޓް ގާލާ އަށް ޕްރިޔަންކާ ނުދާނެ

މި އަހަރުގެ މެޓް ގާލާ އަށް ޕްރިޔަންކާ ނުދާނެ

24 އެޕްރީލް 2024

ހޮލީވުޑް އަދި ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޮޕްރާ މި އަހަރުގެ "މެޓް ގާލާ" އަށް ނުދާނެ ކަމަށް ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ހޮލީވުޑް އަދި ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޮޕްރާ މި އަހަރުގެ "މެޓް ގާލާ" އަށް ނުދާނެ ކަމަށް ބުނެފި އެވެ.

ފެޝަންގެ ދުނިޔޭގެ އެންމެ ބޮޑު އިވެންޓު ކަމަށްވާ މެޓް ގާލާ އަށް ނުދެވޭނެ ކަމަށް ޕްރިޔަންކާ ބުނީ އޭނާ ނެރޭޓްކުރާ ޑޮކިއުމެންޓްރީއެއް ކަމަށްވާ "ޓައިގާ"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި މީހަކު ކުރި ސުވާލަކަށް ދިން ޖަވާބުގަ އެވެ. މެޓް ގާލާ އަށް ނުދެވެނީ އޭނާ ބުނި ގޮތުގައި، ހޮލީވުޑްގެ ފިލްމު "ހެޑް އޮފް ސްޓޭޓް"ގައި މަސައްކަތް ކުރަމުން އަންނާތީ އެވެ.

ޕްރިޔަންކާ އަކީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މެޓް ގާލާގައި ބައިވެރިވެފައިވާ ފަންނާނެކެވެ.

ހޮލީވުޑްގެ ޒުވާން އެކްޓަރު ޒެންޑާޔާ ފިޔަވާ އެހެން އެއްވެސް ފަންނާނަކު އެ އެވެންޓަށް ދާ ކަމަށް އަދި އެނގިފައި ނެތް ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް އެންމެ ފުރަތަމަ އެކުގައި ފެނުނީ 2017 ވަނަ އަހަރު ބޭއްވި މެޓް ގާލާ އިންނެވެ.

މިދިޔަ އަހަރުގެ މެޓް ގާލާގައި ޕްރިޔަންކާ ހުރީ ވެލެންޓީނޯގެ ރިސްކޫ ތައި-ސްލިޓް ގައުންއެއް ލައިގެންނެވެ. އަދި ނިކް ހުރީ އޯވާ ސައިޒް ސޫޓެއްގަ އެވެ.

މި އަހަރުގެ މެޓް ގާލާ އޮތީ އަންނަ މަހުގެ ހަ ވަނަ ދުވަހު ނިއުޔޯކުގެ މެޓްރޯޕޮލިޓަމް މިއުޒިއަމްގަ އެވެ.