Roadha Mihaaru
ސިޓަޑޭލްގެ ގިނަ ސްޓަންޓު ހެދީ އަމިއްލައަށް: ޕްރިޔަންކާ

"ސިޓަޑޭލް"ގެ ގިނަ ސްޓަންޓްތައް ހެދީ އަމިއްލައަށް: ޕްރިޔަންކާ

20 އެޕްރީލް 2023

"ސިޓަޑޭލް" ގެ ގިނަ އެކްޝަން ސީންތަކުގައި ސްޓަންޓްތައް ހެދީ އަމިއްލަ އަށް ކަމަށް، އެ ސީރީޒްގެ ލީޑުރޯލު ކުޅޭ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

"ސިޓަޑޭލް" ގެ ގިނަ އެކްޝަން ސީންތަކުގައި ސްޓަންޓްތައް ހެދީ އަމިއްލަ އަށް ކަމަށް، އެ ސީރީޒްގެ ލީޑުރޯލު ކުޅޭ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.

"ދަ ރޫސޯ ބްރަދާސް" އިން ޑައިރެކްޓުކުރާ މި ސްޕައި ސީރީޒްގައި ޕްރިޔަންކާ ފެންނާނީ އެކްޓަރު ރިޗާޑް މޭޑެންއާ އެކު އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ ސީރީޒްގެ 80 ޕަސެންޓް ސްޓަންޓުތައް ހެދީ އަމިއްލަ އަށް ކަމަށާއި އެކަމުގެ ފަހަތުގައި ވަނީ އޭނާ މީގެ ކުރިން ކުޅެފައިވާ ބޮލީވުޑް އެކްޝަން ފިލްމުތަކުގެ ތަޖުރިބާ ކަމަށެވެ.

"ވަރަށް ގިނަ އެކްޝަން ފިލްމުތައް ކުޅެފިން. ބޮލީވުޑްގައި ވެސް. އެހެންވެ، އަހަރެން އަމިއްލަ ނަފްސަށް ވަރަށް އިތުބާރުކުރަން ރަނގަޅު ސްޓަންޓު ޓީމަކާ ދިމާވެއްޖެ ނަމަ. 'ސިޓަޑޭލް' ގެ ސްޓަންޓު ޓީމު ކައިރިން ވަރަށް ގިނަ ކަންތައްތައް ދަސްވި" ޕްރިޔަންކާ ކިޔައިދިނެވެ.

ޕްރިޔަންކާ ބުނީ "ސިޓަޑޭލް" ގައި ކުޅުނު އެކްޝަން ސީންތަކަކީ މީގެ ކުރިން އޭނާ ކުޅުނު އެކްޝަން ސީންތަކާ ވަރަށް ތަފާތު ސީންތަކެއް ކަމަށެވެ.

"ސިޓަޑޭލް" ސީރީޒަކީ 'އެމަޒޯން ސްޓޫޑީއޯ' އާއި ރޫސޯ ބްރަދާސްގެ "އޭޖީބީއޯ" ގެ އުފެއްދުމެކެވެ. އެ ސީރީޒްގެ އެންމެ ފުރަތަމަ ދެ އެޕިސޯޑު، 'އެމަޒޮން ޕްރައިމް ވީޑިއޯސް' ގައި ރިލީޒްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.