Roadha Mihaaru
ހަނގުރާމައިގައި ހާލުގައިޖެހުނު 21 ދިވެއްސަކު ގެނެސްފި

ސީރިއާ ހަނގުރާމައިގައި ހާލުގައި ޖެހުނު 21 ދިވެއްސަކު ރާއްޖެ ގެނެސްފި

16 ޖެނުއަރީ 2024

ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމަ އަށް ދިޔަ ފަސް އާއިލާއެއްގައި ހިމެނޭ ހަ މީހަކާއި 15 ކުޑަކުއްޖަކު މިއަދު ފަތިހު ޗާޓަރު ފްލައިޓެއްގައި ރާއްޖެ ގެނެސްފި އެވެ.

ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމަ އަށް ދިޔަ ފަސް އާއިލާއެއްގައި ހިމެނޭ ހަ މީހަކާއި 15 ކުޑަކުއްޖަކު މިއަދު ފަތިހު ޗާޓަރު ފްލައިޓެއްގައި ރާއްޖެ ގެނެސްފި އެވެ.

މިހާރު ހިނގަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ މީހުން ރާއްޖެ ގެނައުމަށް ފަހު ހިންމަފުށީގައި ހަދާފައިވާ ރިހިބިލިޓޭޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.

އިހުސާން ވިދާޅުވީ ރާއްޖެ އަށް ނިސްބަތްވާ 100 އަށް ވުރެ ގިނަ ދިވެހިން ހަނގުރާމައިގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 90 އަށް ވުރެ ގިނަ މީހުންނާ ކަމާ ގުޅޭ ފަރާތްތަކަށް ކޮމިއުނިކޭޓްކޮށްފައިވާ ކަމަށެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އެ 90 މީހުން އެނބުރި ރާއްޖެ އަށް އެނބުރި އަންނަން ބޭނުންވޭ،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަށް އަނބުރާ ގެނައި، ފަސް އާއިލާއަކަށް ނިސްބަތްވާ މީހުންގެ ތެރޭގައި ހިމެނޭ 15 ކުޑަކުދިންނަކީ ފަސް އަންހެނަކަށް ލިބިފައިވާ ދަރިން ކަމަށާއި އެ ފަސް އަންހެނުންނާއި ދިވެހި ފިރިހެނަކު ވެސް އަނބުރާ ގެނައި ކަމަށެވެ.

"އޭގެ ތެރޭގައި އުމުރުން ތިން އަހަރުގެ ކުއްޖަކު ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

އެ މީހުން ރާއްޖެ ގެނައީ ތުރުކީ/ ސީރިއާ ބޯޑަރުގައި ހާލުގައި ޖެހިފައިވާ ކަމުގެ ރިޕޯޓް ސަރުކާރަށް ލިބިގެން ކަމަށާއި 2022ގެ ޖޫން މަހުން ފެށިގެން ސަރުކާރުން ދިޔައީ އެ މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އޭގެ ފަހުން ފުލުހުން އެކި ފަހަރުމަތިން އެ މީހުންނާ ބައްދަލުކޮށްފައިވާ ކަމަށާއި އެ މީހުން އަނބުރާ ރާއްޖެ ގެނައުމުގެ ކުރިން ދިވެހިންކަން ޔަގީން ކުރަން ޑީއެންއޭ ޓެސްޓް ވެސް ހަދާފައިވާ ކަމަށެވެ.