09 މާޗް 2023
ނ. މަނަދޫގެ މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމަށް، 75 މިލިއަން ރުފިޔާ އަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ނ. މަނަދޫގެ މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމަށް، 75 މިލިއަން ރުފިޔާ އަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން މަނަދޫގެ މަގުތައް ހެދުމަށް އާރުޑީސީއާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 75.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދު އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު އަހުމަދު ޝާހިދު އެވެ.
• 4.2 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން.
• މަގުތަކުގައި ފެން ހިންދާ ނިޒާމު ހެދުން.
• މަގުތަކުގައި ބައްތި ޖެހުން.
އާރުޑީސީން އަންނަނީ މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ކުންފުންޏަށް މިހާރު ވެސް ވަރަށް ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަޝްރޫއުތައް ހަވާލުކޮށްފައިވެ އެވެ. ނަމަވެސް، އެ މަޝްރޫއުތައް ހަވާލުކުރި މުއްދަތު ފަހަނައަޅައި ގޮސްފައިވާއިރު އަދިވެސް އެއްވެސް ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ނުނިމެ އެވެ.
ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައިފި
އަމީނީމަގުގެ އެންމެ ބާރުބޮޑު ސަރަހައްދު ބަންދުކޮށްފި
އިހަވަންދޫގެ މަގުތައް ހަދަން 102 މިލިއަނަށް އާރުޑީސީއަށް
ތާރުއެޅި ސަރަހައްދުގައި ފެންބޮޑުވީ މަސައްކަތް ނުނިމޭތީ
ކަނޑައެޅި ތާރީހަށް އަމީނީމަގުގެ މަސައްކަތް ނުނިމޭނެ
އަމީނީމަގު ހަދަން އިތުރު ސަރަހައްދެއް ބަންދުކޮށްފި
އަމީނީމަގުގައި ތާރު އަޅަނީ ދެ ބަޔަކަށް ބަހާލައިގެން
އަމީނީމަގު ތާރު އެޅުން: 3 މަސް ވީ، ކުރިއަކަށް ނުދޭ
މާލޭގެ މަގު ހެދުމުގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ
މަޝްރޫއު އަތުލީ ސަރުކާރުން ބުނިގޮތަށް އެއްބަސްނުވެގެން