Roadha Mihaaru
ދެކުނު އިންޑިއާ ފިލްމެއްގެ މުހިންމު ބައެއް ރާއްޖޭގައި

ދެކުނު އިންޑިއާ ފިލްމެއްގެ މުހިންމު ބައެއް ރާއްޖޭގައި

16 މާޗް 2023

މިދިޔަ ފެބްރުއަރީ މަހު ނެރުނު މަލަޔާލަމް ފިލްމު "ކްރިސްޓީ" އަކީ އިންޑިއާގެ އަވަށެއްގައި ގްރޭޑް 12 ގައި އުޅުނު ދަރިވަރަކު ޓިއުޝަނަށް ދިޔަ ޓީޗަރާ ހިތާވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މިދިޔަ ފެބްރުއަރީ މަހު ނެރުނު މަލަޔާލަމް ފިލްމު "ކްރިސްޓީ" އަކީ އިންޑިއާގެ އަވަށެއްގައި ގްރޭޑް 12 ގައި އުޅުނު ދަރިވަރަކު ޓިއުޝަނަށް ދިޔަ ޓީޗަރާ ހިތާވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ޓިއުޝަނަށް ގޮސް އެ ދެ މީހުންގެ ގުޅުން އެކުވެރިކަމުން ފެށި ނަމަވެސް، ފިލްމުގެ މެދެއްހާ ހިސާބުން ރޯއީ (މެތިއު ތޯމަސް) އޭނާގެ ޓީޗަރު ކްރިސްޓީ ޖޯސެފް (މަލަވިކާ މޮހަނަން) ލޯބި ހުށަހަޅަން ދާއިރު އެނގެނީ ކްރިސްޓީއަށް ރާއްޖެއިން ވަޒީފާއެއް ލިބިގެން ފުރަން އުޅޭ ކަމެވެ. އެއީ އދ. ދަނގެތި ސްކޫލުގެ ޓީޗަރަކަށެވެ.

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: ކްރިސްޓީ ރާއްޖެ އައިސް، ދަނގެތީ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: ކްރިސްޓީ ރާއްޖެ އައިސް، ދަނގެތީ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ

ފިލްމުގައި ގެނެސްދިން "މާލި ޕައްޓު" ލަވައިގާ ކްރިސްޓީ ރާއްޖެއައިސް، ދަނގެތި ސްކޫލުގައި އުޅޭ މަންޒަރުތައް ދައްކާލި އެވެ. އަދި އެ ރަށުގެ ކުދިބޮޑު ގިނަބަޔަކާއި، ހިތްގައިމު ގޮނޑުދޮށާއި، މަގުތައް ވެސް އެ ލަވައިގެ މަންޒަރުތަކުގައި ގެނެސްދެ އެވެ.

ދަނގެތި ސްކޫލުގެ ދަރިވަރުންތަކެއް ވެސް ފެންނަ އެ މަންޒަރުތަކުގައި، ދިވެހިވަންތަ ހެދުމުގައި ފަންގެވިންނަން އިން އަންހެނެއް ވެސް ދައްކާލަ އެވެ.

އެ ލަވަފެށުނީ، ރޯއީ އަށް ކްރިސްޓީއަށް ނުގުޅިގެން، ގެއަށް އައިސް ކޮމްޕިއުޓަރު ދަށުގައި އިނދެ ގޫގުލް މެޕުން ދަނގެތި ހޯދައި، އެތަނުގެ ފޮޓޯތައް ބަލަން ފަށާ ހިސާބުންނެވެ.

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: ދަނގެތި ސްކޫލުގެ ކްލާސްރޫމެއްގައި ދިވެހިން ލިޔެފަ ހުރި ބަސްތަކެއް، ކްރިސްޓީ ފުހެލަނީ

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: ދަނގެތި ސްކޫލުގެ ކްލާސްރޫމެއްގައި ދިވެހިން ލިޔެފަ ހުރި ބަސްތަކެއް، ކްރިސްޓީ ފުހެލަނީ

އޭގެ ފަހުން ރޯއީގެ އުފަންދުވަހާ ދިމާކޮށް، ކްރިސްޓީ އެނބުރި އިންޑިއާ އަށް ދެ އެވެ. އަދި ދެމީހުންގެ ދެމެދު ވަރަށް ގާތްގުޅުމެއް ވެސް އުފެދުނެވެ.

ފިލްމުގެ ނިމޭ ހިސާބުގައި، ރޯއީ ކްރިސްޓީއާ އެކު ރާއްޖެ އަންނަން އެއާޕޯޓަށް ދެ އެވެ. އަދި އެތަނުން ޖެހޭ މައްސަލައަކުން ކްރިސްޓީ، ރޯއީ ދެކެ ރުޅިއާދެ އެވެ.

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: ފްލައިމީގައި ކްރިސްޓީ އަދި ރޯއީ ރާއްޖެ އަންނަނީ

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: ފްލައިމީގައި ކްރިސްޓީ އަދި ރޯއީ ރާއްޖެ އަންނަނީ

ދެމީހުން ވެސް ވިލާއެއާގެ "ފްލައިމީ" މަތިންދާބޯޓެއްގައި ރާއްޖެ އައިސް، އދ. މާމިގިލި އެއާޕޯޓުތެރޭގައި އުޅޭ މަންޒަރުތަކުގައި، ރޯއީ ދަންނަމީހެއް ކަމަށް ވެސް ކްރިސްޓީ ނުހެދުމުން އޭނާ އެކަނިވި އެވެ.

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: މާމިގިލި އެއާޕޯޓުތެރޭގައި ރޯއީ ރޯން އިންދާ، އެތަނުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންތަކެއް އޭނާއަށް ވީ ގޮތެއް ބަލަނީ

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: މާމިގިލި އެއާޕޯޓުތެރޭގައި ރޯއީ ރޯން އިންދާ، އެތަނުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންތަކެއް އޭނާއަށް ވީ ގޮތެއް ބަލަނީ

މާމިގިލި އެއާޕޯޓުތެރޭގައި ރޯއީ ރޯން އިންދާ، އެތަނުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންތަކެއް އޭނާއަށް ވީ ގޮތެއް ބަލަން އުޅޭ މަންޒަރު އެ ފިލްމުގައި ދައްކަ އެވެ. ރޯއީ ވީގޮތް ކިޔައިދިނުމުން، އެތަނުން މުވައްޒަފަކު ގޮސް ކްރިސްޓީއަށް ގޮވައި، ރޯއީ ދެއްކުމަށް ފަހު ދަންނަމީހެއްތޯ އަހަ އެވެ. ނަމަވެސް، ހިތާ ދެކޮޅަށް ކްރިސްޓީ ބުނީ ނުދަންނަ ކަމަށެވެ.

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: އެއާޕޯޓު ސްޓާފަކު، ކްރިސްޓީއަށް ރޯއީ ދައްކައި، އޭނާ ދަންނަންތޯ ސުވާލުކުރަނީ

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: އެއާޕޯޓު ސްޓާފަކު، ކްރިސްޓީއަށް ރޯއީ ދައްކައި، އޭނާ ދަންނަންތޯ ސުވާލުކުރަނީ

އޭގެ ފަހުން، އެކަމުގެ ހިތާމައިގާ ރޯއީ އިންދާ، އެއާޕޯޓު ސްޓާފެއްގެ ކެރެކްޓާއެއް ފިލްމުގައި އެއާޕޯޓުތެރެއިން އޭނައަށް އެހީވެ އެވެ.

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: ރޯއީ އަށް އެހީވި ހުދާ

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: ރޯއީ އަށް އެހީވި ހުދާ

އެކަމަކު، ކްރިސްޓީއާއެކު ދާނެގޮތެއް ނެތި އަދި އެނބުރި އިންޑިއާއަށް ވެސް ދެވޭނެ ގޮތެއް ރޯއީއަކަށް ނެތެވެ. ފިލްމު ނިމުނީ، ރޯއީ އުޅުނު ހާލަށް ކެތް ނުވެގެން، ކްރިސްޓީ އެ އެއާޕޯޓުގެ މެނޭޖްމަންޓާ ވާހަކަ ދައްކައިގެން، ރޯއީ އަށް އެނބުރި އިންޑިއާ އަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދީފަ އެވެ.

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: އިމިގްރޭޝަންގެ އިސްއޮފިސަރަކާ ވާހަކަ ދެއްކުމަށް ފަހު، ރޯއީ އަށް އެނބުރި އިންޑިއާއަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދީ، އެތަނުން ކްރިސްޓީ ނިކުންނަނީ

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: އިމިގްރޭޝަންގެ އިސްއޮފިސަރަކާ ވާހަކަ ދެއްކުމަށް ފަހު، ރޯއީ އަށް އެނބުރި އިންޑިއާއަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދީ، އެތަނުން ކްރިސްޓީ ނިކުންނަނީ

ރޯއީ އާއި ކްރިސްޓީ ވަކިވާންޖެހުމުން ދެމީހުން ހިތާމަ ކުރާ މަންޒަރު ފެނެ އެވެ. ކްރިސްޓީ މާމަގިލިން ދަނގެއްޗަށް ދާން ދިޔަ ފެރީ މަތީގަ އެވެ. އަދި ރޯއީ އެނބުރި ގައުމަށް ދިޔަ ފްލައިޓު މަތީގަ އެވެ.

މި ފިލްމަކީ އިންޑިއާގެ ޑައިރެކްޓަރު އެލްވިން ހެރީ ފުރަތަމަ ފަހަރަށް ޑައިރެކްޓުކުރި ފިލްމެވެ. އަދި މިއީ 2007 ވަނަ އަހަރު ހިނގާދިޔަ ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މިދިޔަ ފެބްރުއަރީމަހުގެ 17 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމު، އިންޑިއާގެ އޯޓީޓީ ޕްލެޓްފޯމް "ސޮނީލިވް" އިން ބެލޭނެ އެވެ.