Roadha Mihaaru
މަގުމަތީ ކުނި ބެހެއްޓުން ގިނަވާތީ އީޕީއޭގެ ކަންބޮޑުވުން

ރޯދައާ ދިމާކޮށް މާލޭ މަގުތަކުގައި ކުނި ބެހެއްޓުން ގިނަވާތީ އީޕީއޭގެ ކަންބޮޑުވުން

19 މާޗް 2023

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ އާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި އުފެދޭ ކުނި މާލޭގެ މަގުތައް މަތީގައި ބަހައްޓާ މައްސަލަ ބޮޑުވެ، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ އާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި އުފެދޭ ކުނި މާލޭގެ މަގުތައް މަތީގައި ބަހައްޓާ މައްސަލަ ބޮޑުވެ، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އީޕީއޭގެ ނޫސްބަޔާނެއްގައި ބުނީ މާލޭގައި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ އާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދޭ ކަމަށާއި އެގޮތަށް އުފެދޭ ކުނި މަގުމައްޗަށާއި ދުވާރު މައްޗަށް ނެރެ ބަހައްޓާކަން އެ އެޖެންސީ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން މާލޭގެ މަގުތައް ނުސާފުވެ، މަގުތައް ބޭނުންކުރާ މީހުންނަށް އުނދަގޫވާ ކަމަށް އީޕީއޭ އިން ބުނެ އެވެ. އަދި ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ވެސް ބޮޑުވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

މާލޭގެ މަގެއް މަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް :ރޯދައާ ދިމާކޮށް މާލޭ މަގުތަކުގައި ކުނި ބެހެއްޓުން ގިނަވާތީ އީޕީއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ މަގެއް މަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް :ރޯދައާ ދިމާކޮށް މާލޭ މަގުތަކުގައި ކުނި ބެހެއްޓުން ގިނަވާތީ އީޕީއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ތަންތަނަށް ކުނިބުނި ނޭޅުމަށް އީޕީއޭއިން އިލްތިމާސްކުރި އެވެ.

"... ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ކުރީބާގައި ކުނި އުކާލެވޭނެ އިންތިޒާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ގުޅުއްވައިގެން ހަމަޖެއްސެވުމަށް ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.

އީޕީއޭގެ ހުއްދަ ނެތި އެއްވެސް ތަނަކަށް ކުނި އެޅުމާއި އުކުމަކީ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދުގެ ދަށުން މަނާކަމެކެވެ.