Roadha Mihaaru
އަލަށް ޗީފް ވޮރެންޓް އޮފިސަރުން ހަމަޖައްސައިފި

ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗީފް ވޮރެންޓް އޮފިސަރުން ހަމަޖައްސައިފި

27 މާޗް 2023

ސިފައިންގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޗީފް ވޮރެންޓް އޮފިސަރުންގެ މަގާމަށް ބޭފުޅުން މިއަދު ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިފައިންގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޗީފް ވޮރެންޓް އޮފިސަރުންގެ މަގާމަށް ބޭފުޅުން މިއަދު ހަމަޖައްސައިފި އެވެ.

މަގާމުގެ ކުރިއެރުން ލިބުނު ފަސް އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

އެ ފަސް އޮފިސަރުންނަށް ރޭންކް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

ޗީފް ވޮރެންޓް އޮފިސަރުންނަށް ޕްރޮމޯޓުވި ބޭފުޅުންގެ ތެރޭގައި އަންހެން އޮފިސަރަކު ވެސް ހިމެނެ އެވެ.

އެ ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ، ޗީފް ވޮރެންޓް އޮފިސަރުންނަށް ޕްރޮމޯޓްވި އޮފިސަރުން އެހެން ސިފައިންނަށް ނަމޫނާއަކަށް ވާންޖެހޭނެ ކަމަށެވެ.