ތިލަމާލެ ބްރިޖުގެ މަސައްކަތަށް ގެނައި ބޮޑު ބޯޓު، ރުމޭލާ ފޮނުވާލީ މި ވަގުތަށް ކުރަންޖެހޭ މަސައްކަތްތައް ނިންމުމަށް ފަހު ކަމަށް ބްރިޖު އޮފީހުން މިއަދު ބުނެފި އެވެ.
28 މާޗް 2023
ތިލަމާލެ ބްރިޖުގެ މަސައްކަތަށް ގެނައި ބޮޑު ބޯޓު، ރުމޭލާ ފޮނުވާލީ މި ވަގުތަށް ކުރަންޖެހޭ މަސައްކަތްތައް ނިންމުމަށް ފަހު ކަމަށް ބްރިޖު އޮފީހުން މިއަދު ބުނެފި އެވެ.
ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، ރުމޭލާ މިދިޔަ އާދިއްތަ ދުވަހު ފޮނުވާލީ މި ވަގުތަށް އެ އިން ކުރަންޖެހޭ މަސައްކަތެއް ނެތުމުން ކަމަށެވެ. ބޯޓު ފޮނުވާލުމުގައި އިތުރު ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރުމޭލާ އަކީ ޖިއޯ ޕައިލް ލައިން އެޅުން ފަދަ މަސައްކަތްތަކަށް، ބްރިޖު އަޅަން ހަވާލު ކޮށްފައިވާ އެފްކޮންސް އިން މިދިޔަ އަހަރު ގެނައި ބޯޓެކެވެ.
"ބްރިޖު ހެދުމަށް ބޭނުންވާ ވަސީލަތްތައް އެބަހުރި ރާއްޖޭގައި. ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭ އެބަ،" ޖިނާން ވިދާޅުވި އެވެ.
މާލޭގައި ކަނޑުގައި ޖަހާ ދެ ތަނބުގެ ޕައިލިންގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، ވިލިމާލެ ކައިރިން ކަނޑުގައި ޖަހާ ހަ ތަނބެއްގެ ޕައިލިން މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ އަންނަ ޑިސެމްބަރު މަހު ބްރިޖުގެ މަސައްކަތް މާލެއިން ވިލިމާލެއަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި އަންނަ އަހަރު މުޅި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް ބުންޏެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ގައުމުން ދޭ އެހީން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ އޮގަސްޓް 26، 2021 ގަ އެވެ. އެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ފަހުން ދިން ތާރީހަށް ވެސް ބްރިޖު ފެނުންމައްޗަށް ނޭރި
އަސްލަމް ވިދާޅުވީ، ބްރިޖުގެ މަސައްކަތް ލަސްކަމަށް!
ޑިސެމްބަރުގައި ބްރިޖުމަތިން ވިލިމާލެއަށް ދެވޭނެ
މާލެއިން އެއްގަމުގައި ޖަހާ ތަނބުގެ މަސައްކަތް ނިމިއްޖެ
މާލެ އިން ގުޅިފަޅަށް އަންނަ އަހަރު ބްރިޖް ނިމޭނެ
ވިލިމާލޭގެ ބްރިޖު މަޝްރޫއުގައި ބުރާސްފަތީގައި ސޮއިކުރަނީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް އާބަން ސެންޓަރުތަކެއް!
އިންޑިއާގެ މަޝްރޫއުތައް ކުރިއަށްދޭ: ޖައިޝަންކަރު
ތިލަމާލެ ބްރިޖުގެ 33 ޕަސެންޓް މަސައްކަތް ނިމިއްޖެ
ރައީސް ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓަށް