Roadha Mihaaru
މައިދާން ތައްޔާރުވެއްޖެ، ކާމިޔާބުކުރާނަން: ފައްޔާޒް

ކަންކަން ސާފުވެ މައިދާން ތައްޔާރުވެއްޖެ، ކާމިޔާބުކުރާނީ އެމްޑީޕީ: ފައްޔާޒް

30 މާޗް 2023

ސިޔާސީ މައިދާނުގެ އަސްލު މަންޒަރު މަޑުމަޑުން ސާފުވަމުންދާ ކަމަށާއި އެކުގައި ކުރިއަށް ނުދެވުނަސް އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިޔާސީ މައިދާނުގެ އަސްލު މަންޒަރު މަޑުމަޑުން ސާފުވަމުންދާ ކަމަށާއި އެކުގައި ކުރިއަށް ނުދެވުނަސް އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައި ވަނިކޮށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިންތިހާބުގައި ވާދަކުރައްވަން ވަނީ ނިންމަވައިފަ އެވެ. އަދި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީއާ އެކު ވަނީ މަސައްކަތް ފައްޓަވައިފަ އެވެ.

ސަރުކާރު ކޯލިޝަންގައި އޮތް އެމްއާރުއެމް ވަކި ގޮތެއް އަދި ނުނިންމަ އެވެ.

ފައްޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭނގި ހުރި ކަންކަން މަޑުމަޑުން ސާފުވެ މައިދާން ތައްޔާރުވެއްޖެ ކަމަށެވެ. ކުރިއަށް އޮތީ ޝައުގުވެރި ދުވަސްތަކެއް ކަމަށާއި އެކުގައި ކުރިއަށް ނުދެވުމުން ހިތާމަކުރައްވާ ކަމަށެވެ. ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ

ފައްޔާޒް ކުރެއްވި ޓްވީޓް

ރިޔާސީ ޕްރައިމަރީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވަން ނިންމަވައި، "ފިކުރެއްގެ ދިރުން"ގެ ނަމުގައި ވަކި ހަރަކާތެއް ފަށްޓަވައިފަ އެވެ. އަދި ޖުމްހޫރީ ޕާޓީއާ އެކު އެ ފެކްޝަނުން އަންނަނީ މަޝްވަރާތައް ބާއްވަމުންނެވެ.

އެކަމާ ގުޅިގެން، ސަރުކާރުގައި އިސްކޮށް ތިއްބެވި ނަޝީދު ފެކްޝަންގެ ބޭފުޅުންތައް ދަނީ މަގާމުން ވަކި ކުރަމުންނެވެ.

ސަރުކާރު ކޯލިޝަންގެ ތެރެއިން އެމްޑީޕީއާ އެކު ރަސްމީކޮށް ކޯލިޝަން ދަމަހައްޓަން ނިންމީ އަދާލަތު ޕާޓީންނެވެ. ދެން އެ ކޯލިޝަންގައި ބައިވެރިވީ އެމްޑީއޭއިންނެވެ.