Roadha Mihaaru
ރައީސް ކާމިޔާބުކުރާނީ 56 ޕަސެންޓަށް ވުރެން މަތިން

ޑޭޓާ ބަލަހައްޓަނީ އަޅުގަނޑު، ރައީސް ކާމިޔާބުކުރާނީ 56 ޕަސެންޓަށް ވުރެން މަތިން: ފައްޔާޒް

02 ސެޕްޓެމްބަރ 2023

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރު ކާމިޔާބު ކުރައްވާނީ 56 ޕަސެންޓަށް ވުރެން މަތިން ކަމަށް އެމްޑީޕީގެ ޗެއާޕާސަން, އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރު ކާމިޔާބު ކުރައްވާނީ 56 ޕަސެންޓަށް ވުރެން މަތިން ކަމަށް އެމްޑީޕީގެ ޗެއާޕާސަން, އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ކާނިވަލުގައި މިރޭ ބޭއްވި "އުފާވެރި މާލެ" ޖަލްސާގައި ފައްޔާޒް ވިދާޅުވީ މި ކެމްޕޭންގައި އޭނާ ބަލަހައްޓަވާ ޑޭޓާތަކުން ނަތީޖާ ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއް ބުރުން އިންތިހާބު ކާމިޔާބު ކުރައްވާނީ ބޮޑު އަޣުލަބިއްޔަތަކުން ކަމަށް ވިދާޅުވި އެވެ.

"މި ކެމްޕޭނުގައި އެ ބުނާ ޑޭޓާ ބަލަހައްޓާ ކުއްޖަކީ އަޅުގަނޑު. ތި ބޭފުޅުންނަށް ޔަގީންކަމާއި ކަށަވަރުކަމާ އެކީގައި މި ދަންނަވަނީ 56 ޕަސެންޓަށް ވުރެން އެންމެ ވޯޓަކުން ވެސް އަޅުގަނޑުމެން ތިރިއެއް ނުވާނެކަން," ފައްޔާޒް ވިދާޅުވި އެވެ.

"އުފާވެރި މާލެ" ޖަލްސާއަށް ދިޔަ ސަޕޯޓަރުން: މި ޖަލްސާއިން ވޯޓުގެ ނަތީޖާ ފެނިއްޖެ ކަމަށް ފައްޔާޒް ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އުފާވެރި މާލެ" ޖަލްސާއަށް ދިޔަ ސަޕޯޓަރުން: މި ޖަލްސާއިން ވޯޓުގެ ނަތީޖާ ފެނިއްޖެ ކަމަށް ފައްޔާޒް ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ލަފާކުރައްވާ ޕަސެންޓޭޖް ވިދާޅުވެ ކާނިވަލުގައި ތިބި އެންމެންނާ އެކު ފޯރީގައި އެއްބުރުން ތަކުރާރުކުރައްވައި ފައްޔާޒް ވިދާޅުވީ "އަޅުގަނޑު ހޮވީ މި ޕާޓީ ހިންގާލަން" ކަމަށެވެ.

"ރައީސް ވިދާޅުވި ގޮތަށް އިތުރުވާ ކޮންމެ ދުވަހަކީ އެ 56 ޕަސެންޓް އިތުރުވާނެ ދުވަސް. އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. ސެޕްޓެމްބަރު 9 ގައި އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބުކުރާނީ ބޮޑުކޮށް," އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމުގެ ކެމްޕޭނަށް މާލޭގައި މިރޭ ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ފަޒްނާ އަހްމަދާއި ދަރިކަލުންނާއި ދަރިކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ފައްޔާޒް ވިދާޅުވި ގޮތުގައި އައްޑު އާއި ފުވައްމުލަކުގެ މެޖޯރިޓީ ވެސް ލިބޭނެ އެވެ.

އެމްޑީޕީން ވަކިވި މީހުން ބޭނުންވަނީ އަނިޔާ އިޔާދަކުރަން، ދާނީ ހަތަރަކަށް

ފައްޔާޒް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފައްދައި އިންތިހާބަށް ނުކުމެވަޑައިގެން ކުރައްވާ މަސައްކަތަށް ބަހުގެ ހަމަލާތަކެއް މިރޭ ދެއްވައިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިސްޓަރު ވިދާޅުވި ގޮތުގައި އަމިއްލަ އެދުމުގައި ނުކުމެ ބޭނުން ވަނީ އަނިޔާވެރިކަން އިޔާދަކުރުމެވެ.

"ވެރިކަން ނުލިބުނީމާ ނޫނީ ވެރިކަމުގެ ބޭނުމުގައި ނޫނީ ސަރުކާރުގައި ބޭނުންވާ ވަރަށް ސަރުކާރުގައި ބައިވެރިނުވެވުނީމާ އެއީ ދެން ތިބި ރައްޔިތުންނަށް އޭގެ ހަސްކާ ދޭން ޖެހޭ ކަމެއް ނޫން," ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އަށް ލިބިވަޑައިގަންނަވާނީ މި އިންތިހާބުގައި ހަތަރު ވަނަ ކަމަށެވެ.

"ޑިމޮކްރެޓްސްގައި ތިބި އާއްމު މެމްބަރުންނަށް އަޅުގަނޑު ދަންނަވާނީ ތި ބޭފުޅުންގެ ވޯޓު ބޭކާރު ނުކުރައްވައި އަޅުގަނޑުމެންނާ ގުޅިވަޑައިގެން ޕަސެންޓޭޖް 60 އިން މައްޗަށް ގެންގޮސްދެއްވާށޭ،"

"އުފާވެރި މާލެ" ޖަލްސާގައި އެމްޑީޕީގެ މެމްބަރުންތަކެއް ފޯރި ނަގަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އުފާވެރި މާލެ" ޖަލްސާގައި އެމްޑީޕީގެ މެމްބަރުންތަކެއް ފޯރި ނަގަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސްއާ ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ފައްޔާޒް ވިދާޅުވީ ރާއްޖޭގެ އަންހެނުންނާއި އަންހެން ކުދިން ގެއަށް ވައްދައި ފޮރުވައި މުޖުތަމައުން އެކަހެރިކުރާ ހާލަތު މި ގައުމުގައި މެދުވެރިވާން ބޭނުން ނުވާ ކަމަށެވެ. އަފްޣާނިސްތާނުގެ ހާލަތު ވެސް މި ގައުމަށް މެދުވެރިވާން ނޭދޭ ކަމަށާއި މިއީ ވިސްނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

މި ފަސް އަހަރު ހޭދަކުރީ, ފައްޔާޒް ވިދާޅުވި ގޮތުގައި, އަނިޔާނުކޮށް ބިރުވެރި ހާލަތަށް ނުވައްޓައި އެންމެންނަށް ޖާގަދީގެން އަމާންކަމުގަ އެވެ. އެކަމަކު އޭގެ ކުރީގެ ވެރިކަންތަކުގައި ގާޒީން ހައްޔަރުކޮށްފައިވާ ކަމަށާއި އެފަދަ ބިރުވެރި ހާލަތެއް މިހާރު ނެތް ކަމަށް ވިދާޅުވި އެވެ.