02 އެޕްރީލް 2023
ރޮބަޓް ލެވޮންޑޮސްކީގެ ދެ ލަނޑާ އެކު، އެލްޗޭ އަތުން 4-0 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި 15 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ރޮބަޓް ލެވޮންޑޮސްކީގެ ދެ ލަނޑާ އެކު، އެލްޗޭ އަތުން 4-0 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި 15 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ބާސެލޯނާ އެއް ވަނައިގައި އޮތީ އިތުރަށް އެއް މެޗު ކުޅެގެން 71 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. އެ ޓީމުން މިރޭ ވަޔަޑޮލިޑް އަތުން މޮޅުވެއްޖެ ނަމަ، ބާސެލޯނާއާ 12 ޕޮއިންޓަށް ފަރަގު ކުޑަކުރެވޭނެ އެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ 51 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑެވެ.
ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ 20 ވަނަ މިނެޓުގައި ލެވޮންޑޮސްކީ އެވެ. ދެ ވަނަ ގޯލް ދެ ވަނަ ހާފުގެ ކުރީގެ ޖަހައިދިނީ އުއްމީދީ ފޯވާޑް އަންސޫ ފާޓީ އެވެ. އޭގެ 10 މިނެޓު ފަހުން ލެވޮންޑޮސްކީ ވަނީ ބާސެލޯނާގެ ތިން ވަނަ ގޯލް ޖަހައިދީފަ އެވެ. ބާސެލޯނާގެ ފަހު ގޯލް 70 ވަނަ މިނެޓުގައި ޖެހީ ފެރަން ޓޮރޭޒް އެވެ.
މި މެޗުގައި ފާޓީ ގޯލް މި ޖެހީ، ބާސެލޯނާ އިން އޭނާ އަށް ލިބޭ ފުރުސަތުތައް މަދުވާތީ އޭނާގެ ބައްޕަ އެކަމާ މި ހަފުތާގައި ޝަކުވާކޮށްފައިވަނިކޮށެވެ. ފުރަތަމަ އެގާރައިން ރޭ ލިބުނު ފުރުސަތުގެ ބޭނުން ފާޓީ ހިފި ހިފުމާ މެދު ކޯޗު ޒަވީ ހެނާންޑޭޒް ހުރީ ހިތްހަމަޖެހިފަ އެވެ.
"ގޯލް ޖެހުމަކީ ފޯވާޑުންނަށް އަބަދުވެސް އިތުބާރު ލިބޭ ކަމެއް. މިއަދު އެކަން ދިޔައީ ފުރިހަމަކޮށް،" ޒަވީ ބުންޏެވެ.
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
އެއްވަނައިގައި ރެއާލް އާއި ބާސާ އެއް ނޫން، ޖިރޯނާ
ބާސެލޯނާ އެއް ވަނައިގައި ލީޑު ފުޅާކޮށްފި
ޑެމްބެލޭގެ މޮޅު ކުޅުން ބާސާ އިން ބިލްބާއޯ ބަލިކޮށްފި
ބާސެލޯނާ ބަލިކޮށް ރެއާލް ކުރީގައި ލީޑުފުޅާކޮށްފި
އެތުލެޓިކޯ ލީޑު ދެމެހެއްޓިއިރު، ބާސެލޯނާ ދެ ވަނަ އަށް
ލީގުގެ ރޭހުގައި ބާސެލޯނާ އަށް ބޮޑު މޮޅެއް
ބާސެލޯނާ އިން ދެ ޕޮއިންޓަށް ފަރަގުކުޑަކޮށްފި